Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

މިދިއަ އަހަރު އެފަދަ 23 މައްސަލަ ހުށަހަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ފެބުރުއަރީ 2017 | އަންގާރަ 13:44
ޚިޔާނާތުގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގައި ބޭނުންކުރުމަށް ނަގާފައިވާ ފޮޓޯއެއް--

ޚިޔާނާތުގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގައި ބޭނުންކުރުމަށް ނަގާފައިވާ ފޮޓޯއެއް--

އެޕާޓްމަންޓު ކުއްޔަށް ދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން އެޑްވާންސްއަށް ފައިސާ އަތުލުމަށްފަހު ތަން ހަވާލުނުކޮށް ފިލާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެކަންކަމުން ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2014 ވަނަ އަހަރު މިފަދަ ތިން މައްސަލައަކާއި 2015 ވަނަ އަހަރު 15 މައްސަލަ އަދި 2016 ވަނަ އަހަރު 23 މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކޮށްފައިވެ އެވެ.

Advertisement - newsAdvertisement

މިފަދަ މައްސަލަތައް ހިނގާފައި ހުންނަ ގޮތަށް ބަލާއިރު ކުއްޔަށް ދޭ ފަރާތުން ޖެހިގެން އަންނަ މަހު ތަން ހުސްވުމުން ތަން ހަވާލުކޮށްދޭނެ ކަމަށާއި އެޑްވާންސްކޮށް ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލި ދެއްކުމަށް އެދޭކަން ފާހަގަކުރެވެއެވެ. އަދި ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުމާއި، ކުއްޔަށް ހިފާ ފަރާތަށް ތަން ހަވާލުނުކޮށް އެކި ބަހަނާ ދައްކާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޮޅިވާލައިގެން މަކަރާ ހީލަތުން ނުވަތަ ޓެކުމުން ފައިސާ ހޯދާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރައްޔިތުން ސަމާލު ވުމަށް އެދޭ ކަމަށާއި އެފަދަ މުއާމަލާތެއް ކުރާނަމަ އެ މުއާމަލާތް ކުރާ މީހާއާއި ތަނުގެ މައުލޫމާތު ކޮންމެހެން އެނގެން ޖެހޭ ކަމަށާއި އަދި މާލީގޮތުން މީސްމީހުންނާއެކު އެއްބަސްވުންތައް އެކުލަވާލާއިރު ފުރަތަމަ މަރުހަލާގައި ވެސް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އޮޅުވާލައިގެން ފައިސާ އަތުލުމުގެ ތަފާތު ކަންތައްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާއާއި ރީލޯޑާއި ރާސްޓަސް ޖަމާކުރުމާއި އޮޅުވާލައިގެން ކޭޝްކާރޑާއި ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ހޯދުމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު