Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މައްސަލަ

ގާސިމްގެ ގެ އާއި ދެ އޮފީހެއް ބަލައި ފާސްކޮށްފި

16 އެޕްރީލު 2017 | އާދީއްތަ 14:37

ބަަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އެޕްރީލު 2017 | އާދީއްތަ 14:37
ގާސިމް ދިރިއުޅުއްވާ މާފަންނު ވިލާ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ

ގާސިމް ދިރިއުޅުއްވާ މާފަންނު ވިލާ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅުކަމުގައިވާ މ. މާފަންނުވިލާ އާއި ގާސިމްގެ ދެ އޮފީހެއް ބަލައި ފާސްކޮށްފި އެވެ.

މާފަންނު ވިލާގެ އިތުރުން ފުލުހުން ވަދެފައިވަނީ ވިލާ ބިލްޑިން އާއި ވިލާ ހައުސް އަށެވެ. އެ ހުރިހާ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މި އިމާރާތްތަކަށް ވަދެފައިވަނީ މެންދުރު 2:00 ހާއިރު އެވެ. އަދި މާފަންނު ވިލާ ބަލައި ފާސްކުރުމަށް ފަހު ފުލުހުން ދިޔައީ 3:30 ހާއިރު އެވެ. ވިލާ ބިލްޑިންގައި މިހާރު ވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވާ ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާ ލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހްމަތު ކުރެވޭތީ އާއި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރަމުންދާ ކަމަށް ތުހްމަތު ކުރެވޭތީ އާއި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ގައުމުގެ ސުލުހަ މަސަަލަސްކަމާއި އަމާން އަމާންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް، ތުހްމަތު ކުރެވޭ މައްސަލައިގައި ވިލާ ބިލްޑިން އާއި މައްސަލަ އާއި ގުޅުންހުރި ތަކެތި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭތީ މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ.

މި ކޯޓްގެ އަމުރުގެ ބާރު 48 ގަޑިއިރަށް ދެމިގެންދާއިރު، ބަލައި ފާސްކުރަން ކަނޑައަޅާފައިވަނީ 24 ގަޑިއިރެވެ.

މާފަންނުވިލާއަށް ފުލުހުން ވަދެފައި މިވަނީ "މެމްބަރުންގެ އަދަދު ހަމަވެފައިވާ ކަމަށް" ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނިކޮށެވެ.

މި މަހުގެ6 ވަނަ ދުވަހު ގާސިމް ހައްޔަރު ކުރީ ވެސް މިއަދު ފުލުހުން ކުރި ތުހްމަތުއެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ގާސިމް ދޫކޮށްލީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މިއީ ޖަރީމާއެއް ކަމަށް ޖުމްހޫރީ ޕާޓިން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް