Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުގެ ގާނޫނު

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

ގާނޫނު އަސާސީއާ ޚިލާފު ގާނޫނެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 13:32
ހައިކޯޓް: މައްސަލަ ބަލައިގަނެފައި މިވަނީ ހުށަހެޅިތާ ފަސް މަސް ފަހުން

ހައިކޯޓް: މައްސަލަ ބަލައިގަނެފައި މިވަނީ ހުށަހެޅިތާ ފަސް މަސް ފަހުން

"އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށް، ތަސްދީގުކޮށްފައިވާ ގާނޫނުގެ ބައެއް މާއްދާތަށް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފި އެވެ.

ދުސްތޫރީ މައްސަަލައެއްގެ ގޮތުގައި ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލު ހުށަހެޅުއްވި އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި މި ވަނީ، މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.

Advertisement - newsAdvertisement

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި އެދިފައިވަނީ އަބުރުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) (ނ) (ރ) އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ނ) (ރ) އާއި 18 ވަނަ މާއްދާގެ (ނ) (ރ) އާއި 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އާއި 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އާއި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި ހަމަ އެ މާއްދާގެ (ށ) ބާތިލްކޮށްދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ، ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް މިވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެ އެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާ އަށް ވަނީ ދީފަ އެވެ.

ވަކިވަކި ނޫސްވެރިންގެ މައްޗަށް ވެސް ދައުވާކުރެވޭ އިރު، 50،000ރ. އިން ފެށިގެން 150،000ރ. އާހަމައަށް ޖޫރިމަނާ ކުރެވެއެވެ. އަދި އާންމުން 25،000 ރުފިޔާ އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ.

އެ ގާނޫނަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާ ޚިލާފަށް ފާސްކޮށް، އަދި ތަސްދީގުކޮށްފައިވާ ގާނޫނެއް ކަމަށް ގާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު