Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އަށް ފަރުވާދިނުން

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 8 މީހުން އައިސީޔޫގައި، 3 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

2 ސެޕްޓެމްބަރު 2020 | ބުދަ 19:09

އަތޮޅުތަކުގެ ދެ ފެސިލިޓީއެއްގައި މީހުންނަށް އަންނަނީ ފަރުވާ ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2020 | ބުދަ 19:09
ކޮވިޑް ފެސިލިޓީއެއް

ކޮވިޑް ފެސިލިޓީއެއް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔުގައި ފަރުވާ ދެމުންދާ ކަމަށާއި 3 މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރަށް ލައިގެން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ޑރ ނަޒްލާ ވިދާޅުވީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 4 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި މީގެތެރެއިން 2 މީހުންނަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރަށް ލައިގެން ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑްގައި 5 މީހުން އެޑްމިޓް ކޮށްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑްގައި ފަރުވާ ދެމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޯޑްގައި 149 މީހަކަށް ފަރުވާދެމުންދާއިރު އައިސީޔުގައި 4 މީހަކު އަދި އެކަކު ވެންޓިލޭޓަރުގައި އެބައޮތް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން އަތޮޅު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ބ އޭދަފުށި ކޮވިޑް ފެސިލިޓީގައި އެކަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އަދި ގއ ވިލިގިނލި ކޮވިޑް ފެސިލިޓީގައި 2 މީހުންނަށް ފަރުވާދެމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1365 މީހުން ތިބިއިރު 81 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމް ކޮށްފައިވާ ފެސިލިޓީތަކުގެ ކެޕޭސިޓީ އަށް ބަލާއިރު، ހއ. އިހަވަންދޫ ޓްރާންސިޓް ފެސިލިޓީގައި ތިން އައިސީޔޫ އެނދު ހުރެއެވެ. ށ. ފުނަދޫ ކޮވިޑް ފެސިލިޓީ ގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުރި އިރު، ބ. އޭދަފުށި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ގައި 20 އައިސީޔޫ އެނދާއި 25 އައިސޮލޭޝަން އެނދު ހުރެއެވެ.

މީގެ އިތުރުން، ލ. ގަމުގައި ގާއިމުކުރި ފެސިލިޓީގައި ހުރީ 15 އައިސީޔޫ އެނދު އަދި 13 އައިސޮލޭޝަން އެނދެވެ. ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 18 އައިސީޔޫ އެނދާއި ފަސް އައިސޮލޭޝަން އެނދު ހުރިއިރު، އައްޑޫގައި 23 އައިސީޔޫ ބެޑް އާއި 20 އައިސޮލޭޝަން އެނދު ހުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް