Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަފާޒުގެ މަރު

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަރުގެ ތުހުމަތު ތިން މީހުންނަށް ނުކުރޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ފެބުރުއަރީ 2017 | ބުރާސްފަތި 15:35
މަފާޒު: މަރުގެ ތުހުމަތު ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ނުކުރޭ

މަފާޒު: މަރުގެ ތުހުމަތު ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ނުކުރޭ

ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމުގެ ދައުވާކޮށްފައިވާ ތިން މީހުންގެ މައްޗަށް ހުކުމްކުރުން އަންނަ މާޗް މަހަށް ތާވަލުކޮށްފި އެވެ.

މަފާޒުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވަނީ މާލެ ދަފްތަރު 1475 އަހުމަދު ރިޒާމާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތުގެ އިތުރުން ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ މައްޗަށެވެ.

Advertisement - newsAdvertisement

އެ ތިން މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިތުރު ބަޔަކާ އެކު މަސް އޮޑިގެ ކައިރިއަށް ގޮސް ދިގުމިނުގައި ތިން ފޫޓު ހުންނަވަރުގެ ކޮޅަށް ތޫނުކޮށްފައި ހުރި ކަނޑިއެއް ފާޑު އެއްޗެއް ހިފައިގެން މަސްއޮޑިގޭ ކުރިމަތީގައި ތިބި މީހުން ފަހައި ދުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަހްމަދު ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ ހަމަނުޖެހުން ހިންގި މީހުންނާއެކު އޭނާ އުޅެފައިވާތީ އެވެ. އަދި ދައުވާ އުފުލާފައިވާ ރިޒާމަކީ ވެސް އެ ހަމަނުޖެހުންތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ގ. މަސްއޮޑިގޭ ކައިރިން މަފާޒަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހުގެ ރޭ އެވެ. މަފާޒަށް ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ. ނަމަވެސް، މަފާޒަށް ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށް ދެކޮޅު ހަދާފަ އެވެ.

އެހެންކަމުން ދައުވާ އުފުލާފައިވާ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތެއް ނުކުރެ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެމީހުންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކި ބަހުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ މިންވަރަށް މައްސަލަ ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ ވާހަކަ ވަރަށް ތަފްސީލުކޮށް ހެކިވެރިން ކިޔާދީފައި އޮތް ނަމަވެސް ކޯޓަށް ގޮސް ސިއްރުން ދިން ހެކިބަހުގައި ތަހުގީގަށް ދިން ބަޔާނާ ބޮޑެތި ފުށުއެރުންތަކެއް ހުއްޓެވެ. އެހެންކަމުން ދައުލަތުގެ ވަކީލުގެ ޚުލާސާ ބަޔާނުގައި ހަމައެކަނި ވިދާޅުވީ ހެއްކާއި ގަރީނާތަކުން މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު