Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްތައް ވިއްކުން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޖެނުއަރީ 2017 | ބުރާސްފަތި 03:55
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

މާލޭ ސިޓީ ހިމެނޭ ސަރަހައްދަށް މުޅި ރާއްޖޭގެ އާބަދީ ޖަމާކޮށްފަ، ރާއްޖޭގެ ރަށްތައް ޗައިނާއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކެމްޕެއިން ކުރައްވާ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ސިޓީއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހާއްސަކޮށް އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ އާ ގާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު އެކުލަވާލުމުގެ ކުރިން ވެސް، އެމްޑީޕީގެ ވިސްނުން ހުރީ ލާމަރުކަޒީ ނިޒާމަށް ކަމަށެވެ. އެއީ އެ ޕާޓީން ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށްގެން ރައްޔިތުންނާ ގާތުން، ފާސޭހައިން ހިދްމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރަން ކަމަށް ވާތީ ކަމުގައި ހަސަން ލަތީފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެފޮނި އުއްމީދުގައި ރައްޔިތުންގެ މަޖިލީހުގައި އޭރު މަސައްކަތް ކުރެއްވި މެމްބަރުން ވުޖޫދަށް ގެނައި ލާމަރުކަޒީ ގާނޫނު މިސަރުކާރުން ކޮށާމަށައި މުޅި ނިޒާމު ނައްތާލާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ ރައީސް ނަޝީދު އެވިދާޅުވާ ގޮތަށް، ތިމާކުރާ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން އަނބިދަރީންނާއެކު ތިމާގެ ރަށުގައި ވަޒީފާއެއް އަދާކޮށްގެން އުޅެވޭނެ ތާހިރު ރީތި އަބުރުވެރި ދިރިއުޅުމެއް ހޯދުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

މިރާއްޖެ ސިންގަޕޫރަށް ހަދަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވިޔަސް އެކަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި އެ ވިސްނުމުގައި މިރާއްޖެ ތަރައްގީ ކުރަށް ދޫކޮށްލަން އެމްޑީޕީން ބޭނުން ނުވާކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ އަދި ތަރައްގީ ކުރާނީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ނަމަވެސް އެމްޑީޕީން އެކަން ކުރާނީ ކޮންމެހެން ރާއްޖެ ސިންގަޕޫރަށް ހަދަން ނޫން ކަމަށެވެ.

ސިންގަޕޫރަކީ ކުޑަކުޑަ އެންމެ ރަށެއްކަން ފާހަގަ ކުރައްވައި، ހަސަން ލަތީފު ވިދާޅުވީ މި ޖަޒީރާ ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން ސިންގަޕޫރުގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ގެންގުޅެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިރާއްޖެ ދޫކޮށެއް ނުލެވޭނެ، މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭ ސަރަހައްދުގައި ދިވެހިން އާބާދު ކޮށްގެން، އެހެން ހުރިހާ ރަށްރަށް އެއީ ޗައިނާ މީހުންނަށް ވިއްކާލާ ގައުމެއްގެ ގޮތުގައި ދޫކޮށްލައިގެން ތިބެވޭކަށް،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ބައެއް އަތޮޅުތައް ބޭރުގެ ބައެއް ގައުމުތަކަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ރައީސް ޔާމީން ވަނީ މިހަފްތާގައި، ފ. އަތޮޅު މަގޫދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވާފަ އެވެ. ފ. އަތޮޅު ވަނީ ސައުދީއަރަބިއްޔާގެ ސަރުކާރުގެ އިސްފަރާތްތަކަށް ވިއްކާލާފައިވާ ކަމުގެ އިޝާރާތެއް އެ ޖަލްސާގައި ރައީސް ޔާމިން ވަނީ ދެއްވާފަ އެވެ. އަދި މިސަރުކާރުން ވަނީ ޗައިނާގެ ބައެއް ފަރާތްތަކަށް ބައެއް ފަޅު ރަށްރަށް ވެސް ވިއްކާފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު