Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުކުޅަސް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

8 ފެބުރުއަރީ 2017 | ބުދަ 20:24

ހައްޔަރުކުރި މީހުން ތިބީ ދޫނިދޫގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 8 ފެބުރުއަރީ 2017 | ބުދަ 20:24
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން

އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން

އއ. އުކުޅަހު މަގުމަތީ މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫނިދޫގައި ތިބީ އަންނައުނު ބަދަލުކުރާނެ ގޮތެއް ނެތިފައި ކަމަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ސިހުރާއި ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި އުކުޅަހުން ހައްޔަރު ކުރި ހަ މީހުންނަން ކުރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

Advertisement - newsAdvertisement

ހައްޔަރުގައި ތިބި މީހުންނާއި ބައްދަލުކުރުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ، އަންނައުނު ބަދަލުކުރެވޭނެ ގޮތެއް ނެތިފައި ކަމަށެވެ.

"އެމީހުން ރަށުން އައީ ހެދުން ހިފައިގެން، އަތޮޅުވެހީގައި ބައިތިއްބުމަށް ފަހު، ދޫނިދޫއަށް ބަދަލުކުރީ، މީހާރު އަންނައުނެއް ނުލިބޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދެއެވެ.

ނާޒިމް ވިދާޅުވީ ބުދަ ދުވަހު (މިއަދު) ފުލުހުންގެ ތަޙްގީގަށް އެމީހުން ބަޔާން ދީފި ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހުން ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއިކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއް ހެދި މައްސަލައާ ގުޅިގެނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށުގެ މެޖޯރޓީ ވެރިކަން ކުރާ ޕީޕީއެމުން ހޯދުމަށްޓަކައި ރައްޔިތުންނަން ބިރުދައްކަމުން އަންނަ ކަމަށެވެ. އެރަށު އެމްޑީޕީގެ ހަ މެމްބަރުން ފުލުހުން ހައްޔަރުކުރީ ސީދާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށްޓަކައި އިތުރު ގޮތެއް ނެތުމުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް