Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖިންސީ ކުށް

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީ ފޯރުކޮށްދެވޭނީ 17 ކުށަކަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 18:36
ޖިންސީ ޝިކާރަ އަށް ހޭލުންތެރި ކުރުވުމުގެ ޕޯސްޓަރެއް

ޖިންސީ ޝިކާރަ އަށް ހޭލުންތެރި ކުރުވުމުގެ ޕޯސްޓަރެއް

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލައިފިއެވެ.

މި އުސޫލްގެ ދަށުން ނަފްސާނީ އެހީހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ ކަންތައްތައް ކަމުގައި ގަވާއިދުގައި ބުނެފައި ވަނީ ޖިންސީ ކުށުގެ ޝިކާރައަކަށްވީ މީހާ އަށް ލިބިފައިވާ އަނިޔާގެ ކުޑަބޮޑުމިން، ޖިންސީ ކުށުގެ ޝިކާރައަކަށް ވީ މީހާ މިހާރު ހުރި ހާލަތު ވަޒަން ކުރިން، މީގެއިތުރުން ޖިންސީ ކުށުގެ ޝިކާރައަކަށް ވީ މީހާގެ މާލީ ހާލަތު، ބެލޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ފެމެލީ ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލި އުސޫލުގައި ބުނެފައިވާ ގޮތުގައި ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީ ފޯރުކޮށްދެވޭނީ 17 ކުށަކަށެވެ. އެއީ

1 ރޭޕްކުރުމުގެ ކުށް

2 ރޭޕްކުރަން އުޅުމުގެ ކުށް

3 ޖިންސީ އަނިޔާގެ ކުށް

4 ޖިންސީ އަނިޔާކުރަން އުޅުމުގެ ކުށް

5 ޖިންސީ ގޯނާގެ ކުށް

6 މަޙްރަމަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް

7 އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމުގެ ކުށް

8 ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް

9 ހަށިވިއްކުމުގެ ކުށް

10 ހަށިވިއްކުމަށް މީހަކު ގެންގުޅުމުގެ ކުށް

11 ހަށިވިއްކުމަށް ރާއްޖެ ގެނައުމާއި، ގެންދިއުމުގެ ކުށް

12 ބްލެކްމެއިލްކުރުމުގެ ކުށް

13 ޖިންސީ ޢަމަލެއް ހިންގުމަށްޓަކައި މަސްތުކުރުވުމުގެ ކުށް

14 ވެރިވެގަތުމުގެ ކުށް

15 ވެށިން ނިގުޅައިގަތުމުގެ ކުށް

16 އޮރިޔާންކާޑު ހެދުމުގެ ކުށް

17 މަޖުބޫރުން އޮރިޔާންކާޑު ހެއްދުވުމުގެ ކުށް ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ޖިންސީ ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތަށް ނުވަތަ އެފަރާތެއްގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށެވެ. އަދި މި އުސޫލްގެ ދަށުން ނަފްސާނީ އެހީ ހޯދުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ދިގު މައްދަތަކީ ހަ މަސް ދުވަސް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ،

މި އުސޫލްގައި ބުނެފައިވާ ގޮތުގައި ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށް ދެވޭނީ 65 ޕޮއިންޓް މާކްސް ލިބޭ މީހުންނަށެވެ. އަދި މި އެހީތެރިކަން ފޯރުކޮށްދެވޭނީ ފެމެލީ ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ މަރުކަޒަކުންނެވެ.

ފެމެލީ ޕްރޮޓެކްޝަން އެޖެބްސީން އެކޔުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި އުސޫލަށް އަމަލު ކުރަން ފަށާނީ އުސޫލް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު