Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާކިސްތާން-ރާއްޖެ

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

24 އޮކްޓޯބަރު 2026 | ހޮނިހިރު 07:56

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިފާއީ ދާއިރާ ހިމެނޭހެން ސޮއިކުރި 20 އެއްބަސްވުމާ ގުޅިގެން، ސަރަހައްދީ މަސްލަހަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އިންޑިއާއިން ބުނެފި. މި ދަތުރުފުޅުގައި ކަޝްމީރު މައްސަލައާއި ސިންދު ކޯރުގެ މުއާހަދާއާ ގުޅޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި ބަޔާންތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދަނީ ވަރަށް ގާތުން ފާރަވެރިވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޮކްޓޯބަރު 2026 | ހޮނިހިރު 07:56
ރައީސް މުއިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވުން

ރައީސް މުއިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވުން | ރައީސް އޮފީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާތީ، އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިކަން ހާމަކުރީ އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާގެ ނޫސްވެރިން ވަނީ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއަށް ސުވާލު އަމާޒުކޮށްފަ އެވެ.

މީގެ ތެރޭގައި ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހިމެނޭތީ، އެކަމުގައި އިންޑިއާގެ ދިފާއީ އަދި ޚާރިޖީ މަސްލަހަތުތަކާ ގުޅޭގޮތުން ސުވާލުކޮށްފައިވެ އެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއް ގާއިމުކޮށްފައިވާކަން އިންޑިއާ ސަރުކާރަށް އެނގިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އިންޑިއާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން، ވަރަށް ގާތުން ބަލަމުންދާ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޖައިސްވާލް ވިދާޅުވީ، މި ސަރަހައްދުގެ މަސްލަހަތާއި އިންޑިއާގެ ސަލާމަތަށް ބަލައި، މިފަދަ ކަންކަމުގައި އަޅަންޖެހޭ އެކަށީގެންވާ ކޮންމެ ފިޔަވަޅެއް އިންޑިއާ ސަރުކާރުން އަޅަމުންދާނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ތަފްސީލެއް ނުކުރައްވަ އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި އިގްތިސާދީ، ތައުލީމީ އަދި ސަގާފީ ދާއިރާގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

އިންޑިއާއިން މިހެން ބުނެފައިމިވަނީ ރައީސް މުއިއްޒުއާ އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަ ކުރެވެ އެވެ.

ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒުއާ އެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ބޮޑުވަޒީރު ޝެހްބާޒް އިތުރަށް ވިދާޅުވީ، އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އަދި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ އުސޫލީ ސިޔާސަތު ރައީސް މުއިއްޒު އަށް ތަފްސީލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިސްލާމްއާބާދުން މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 'އިންޑަސް ވޯޓާސް ޓްރީޓީ' (އައިޑަބްލިއުޓީ) ނުވަތަ ސިންދު ކޯރުގެ ފެނާ ގުޅޭ މުއާހަދާއަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިއާއިން ނިންމި ނިންމުމާމެދު ޕާކިސްތާނުން އިންތިހާއަށް ކަންބޮޑުވާކަން ބޮޑުވަޒީރު ހާމަކުރެއްވި އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން އަމަލުކުރަން ލާޒިމުކުރާ މުއާހަދާއަކާ ޚިލާފު އަމަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންކަމުން، މި މުއާހަދާއާ ޚިލާފަށް ކުރާ ކޮންމެ އަމަލަކީ ޕާކިސްތާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބަލާނެކަން އެންމެހާ ފަރާތްތަކަށް އެނގެންޖެހޭނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެ-ޕާކިސްތާންޑރ. މުހައްމަދު މުއިއްޒުޝެހްބާޒް ޝަރީފް ރާއްޖެ-އިންޑިއާ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟
23 އޮކްޓޯބަރު 2026

ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2026
ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން: ރައީސް ނަޝީދު
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
22 އޮކްޓޯބަރު 2026

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026
މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް
22 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

22 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
21 އޮކްޓޯބަރު 2026

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް