Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

މި ސަރުކާރަށް ސަރުކާރެކޭ ކިޔާހިތެއްވެސް ނުވާ ކަމަށް އަރީފް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ފެބުރުއަރީ 2017 | އަންގާރަ 15:01
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް--

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް--

ދިވެހި ދައުލަތުގެ ފައިސާ ދިވެހި ދިދަ ހުރި ޖުމްހޫރީ މައިދާނުގައި ބިއްލޫރި ކޮށްޓަކަށް އަޅާފައި، އެފައިސާއަށް ވާނުވާ ރައްޔިތުންނަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ގޮވާލައްވައިފިއެވެ.

އަރީފް އެގޮތަށް ގޮވާލެއްވީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

"މިސަރުކާރު އޮތްހާ ދުވަހު ދައުލަތުގެ މާލިއްޔާއަށް ފައިސާ ވަންނަން އަޅުގަނޑު ބިރުގަނެ. އަޅުގަނޑު ގޮވާލަން ދައުލަތުގެ ހަޒާނާ ބޮޑު ދިދަ ކައިރީ ޖުމްހޫރީ މައިދާނުގައި ބިއްލޫރި ކޮށްޓަކަށް އެފައިސާތައް އަޅާފަ ބަހައްޓަން، ރައްޔިތުންނަށް ފެންނާނެ ގޮތަށް، އެ ފައިސާ ނަގާ މީހާ ރައްޔިތުންނަށް އެނގޭނޭ ގޮތަށް. އެދަރަޖައަށް މިގައުމުގެ ކަންތައްތައް މިވަނީ ގޮސްފަ. އަޅުގަނޑަކަށް މިހާރު މިދައުލަތުގެ ކަންތައްތައް ހިނގާގޮތުން މިއަކަށް ސަރުކާރެކޭ ވެސް ކިޔާހިތެއް ނުވޭ. އަޅުގަނޑަށް ވައްތަރީ ބާބޭރިއަނުންތަކެއް މިގައުމު ހިންގަން ތިބިތަން،" އަރީފް ވިދާޅުވި އެވެ.

އަރީފް ވިދާޅުވީ މި ސަރުކާރު އައުމަށްފަހުގަ ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރައްޔިތުންގެ އަތުން ޓެކްސްތަކައި ޑިއުޓީތައް ނަގާ މިންވަރު ބޮޑު ކޮށްފައިވާ ކަމަށެވެ. މިހާރު ވެސް މިފެންނަނީ މަޖިލީހަށް ބިލެއް ވައްދައިފި ނަމަ އެބިލުގެ ސަބަބުން ރައްޔިތުން ނިކަމެތިކޮށްލާ މަންޒަރު ކަމަށް އަރީފް ވިދާޅުވިއެވެ

"މާ މޮޅު އިކޮނޮމިސްޓެކޭ ވިދާޅުވެ ދައުލަތް ހިންގުމާ ހަވާލުވެވަޑައިގެންނެވުމަށްފަހުގާ އަޅުގަނޑަކަށް ހަމަޔަގީނުންވެސް ނުފެނުނު އިކޮނޮމިސްޓްގެ ވަސްވެސް. ދައުލަތުގެ މާލިއްޔަތަށް ފައިސާ ފޮއްޗެއް ވައްނާނެ އެއްވެސް އިތުރު މަގެއް ތަނަވަސް ކޮށްނުދެވި، ހައްތަހާ ފެންނަމުން މިދަނީ ކެހިވެރިކަމެއްގެ މަޅިތަކެއްގެ ގޮތުގައި ގާނޫނުތައް ހަދާ ރައްޔިތުންގެ ޖީބުގައި އޮތް ފައިސާ ފޮތި ފޭރިގަނެގެން ގެންދާ މަންޒަރު،" އަރީފް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު