Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ފެބުރުއަރީ 2017 | އާދީއްތަ 09:37
އއ. ތޮއްޑޫ

އއ. ތޮއްޑޫ

އއ. ތޮއްޑޫގައި އެއް ސައިކަލުގައި ތިން މީހުން ދަނިކޮށް އެކްސިޑެންޓެއް ހިނގާ އެކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އެބަދެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު ވިދާޅުވީ ތޮއްޑޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ 34 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ޓެސްޓްތައް ހަދާ ފައިވާ ކަމަށެވެ. އަދި އެ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން އިތުރު ފަރުވާ ދިނުމުގައި އަމަލު ކުރާނެ ގޮތް އެނގިގެންދާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

Advertisement - newsAdvertisement

އެ މީހާގެ ހާލު ސީރިޔަސް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތޮއްޑޫ ކައުންސިލްގެ މެމްބަރަކު ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ހުކުރު ދުވަހު މެންދުރު ފަހު 13:30 އެހާކަންހާއިރު، މޫދަށް އެރުމަށްޓަކައި އެރަށު އާއިލާއެއް ތިން މީހުން އެއް ސައިކަލެއްގައި ދަނިކޮށް މަގުގެ އަޑިގުޑަންގަނޑަކަށް ޖެހި، ސައިކަލް ގޮސް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހުމާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސައިކަލްގައި ތިބީ ސްކޫލް ކުއްޖަކާއި އެކުއްޖާގެ ދެ ބޭބެ ކަމަށެވެ. އެތަނުން ސައިކަލް ދުއްވަން އިން މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. އަދި ދެ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އއ. ރަސްދޫއަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްގަމުގައި ވެހިކަލް ދުއްވުމުގެ ގަވާއިދުގެ ދަށުން ސައިކަލެއްގައި ތިން މީހުން ދުއްވަކީ ރާއްޖޭގައި މަނާ ކަމެކެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު