Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފްރާންސްގެ ހާލަތު

ލޮކްޑައުން އަކަށް ނުގޮސްވާނެ ހުރިހާ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށް ފްރާންސްގެ ރައީސް ވިދާޅުވެއްޖެ

ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވައިރަސް ޖެހޭ މިންވަރު ވަނީ އިތުރުވާން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޯގަސްޓު 2020 | ހޮނިހިރު 04:03
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން

ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ފްރާންސްގައި އިތުރުވާން ފަށާފައިވާއިރު ދެ ވަނަ ފަހަރަށް ލޮކްޑައުން އަކަށް ނުގޮސްވާނެ ހުރިހާ ކަމެއް ކުރައްވާ ކަމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެހެންނަމަވެސް ހާލަތަށް ބަލާ ލޮކްޑައުންކަަށް ދާންޖެހިއްޖެނަމަ އެކަން ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވާނެކަމަށް މެކްރޮން ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ ލޮކްޑައުން އަކަށް ވަކިން ޚާއްސަކޮށް މުޅި ފްރާންސް ލޮކްޑައުންކޮށްފައި ބޭއްވުން ނޫން ގޮތެއް ހޯދުމަށް ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތިއްޖެނަމަ ލޮކްޑައުން ކުރުން ނޫންގޮތެއް ނޯންނާނެކަން އެނގިގެންގޮސްފި ކަމަށް މެކްރޮން ވިދާޅުވިއެވެ.

ފްރާންސްގައި ފާއިތުވި ހަފްތާތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވައިރަސް ޖެހޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެހެންނަމަވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދުތައް މަދުވެ އެމީހުންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ފްރާންސްގެ އިގްތިޞާދަށް އެކަމުގެ އަސަރުކުރަމުންދާކަން ފާހަގަކުރައްވާ މެކްރޮން ވިދާޅުވީ ހާލަތު ބަދަލުވާނެ ގޮތެއް ނޭންގޭތީ ގިނަބަޔަކު ޚަރަދު ކުރުމުގައި ވަރަށް ބޮޑަށް ބަލަމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް ވަޒީފާ ގެއްލުމުގެ ބިރާއި ޓެކްސް މައްޗަށް ދިޔުން ފަދަ ކަންކަމުގެ ސަބަބުން ތަކެތި ގަތުމަށް މީހުން ފަސްޖެހެމުންދާކަމަށް މެކްރޮން ވިދާޅުވި އެވެ. އެހެންކަމުން ކުރަން އޮތް ކަމަކީ މީހުން މަސައްކަތަށް ނެރުން ކަމަށް މެކްރޮން ވިދާޅުވި އެވެ.

ލޮކްޑައުންއަށް ފަހު ފްރާންސްގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެއީ 7379 މީހުންނެވެ. އަނެއްކޮޅުން މާރޗް މަހަށް ފަހު ފްރާންސްގެ ސްކޫލްތައް އަލުން ހުޅުވާލާ ކުދިން ކިޔެވުމަށް ސްކޫލްތަކަށް ދިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ބާރަ މިލިއަނަށް ވުރެ ކުދިން ސްކޫލްތަކަށް އަންގާރަ ދުވަހު ނިކުންނައިރު މިއީ ފްރާންސް އާންމު ހާލަތަށް ރުޖޫޢުވުމަށް އަޅާ އެންމެ ބޮޑު ފިޔަވަޅުކަންވެސް ފާހަގަކޮށްލެވެ އެވެ. ފްރާންސްގައި އޮގަސްޓްމަހުގެ 28 ގެ ކުރިން އެންމެ މަތިން އެއްދުވަހާ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ 7578 މީހުންނެވެ.

ކޮންމެ ހަފްތާއަކު އެއް ފަހަރު ފްރާންސްގެ ހެލްތު މިނިސްޓްރީން އެގައުމުގެ ކޮވިޑް-19 ގެ ހާލަތު ހާމަކުރަމުންދާއިރު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފްރާންސްގައި މިހާރު ވައިރަސް ވަރަށް ބޮޑަށް ފެތުރެމުން އަންނަކަމަށެވެ.

ފްރާންސްގައި އެންމެ ފުރަތަމަ ކޮވިޑް-19 ޖެހޭ މީހުން އިތުރުވާން ފެށުމާއެކު އެގައުމު ލޮކްޑައުން ކުރީ މާރޗް މަހުގެ ތެރޭގައެވެ. އަދި މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. ލޮކްޑައުން އަށް ލުއިތައް ދިންއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ މިންވަރު ވަނީ 272 ގައި ހިފަހައްޓާފައެވެ. ނަމަވެސް ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާލާ އާންމު ހާލަތަށް ރުޖޫޢުވުމަށް ފެށުމާއެކު ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށިއެވެ. އެގޮތުން ޖޫން މަސް ނިމުނުއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 500ށް އެރިއެވެ.

އޭގެފަހުން ޖުލައި މަސް ނިމުނުއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 1000ށް އެރިއެވެ. އަދި އޮގަސްޓް މަހުގެ މެދުތެރޭ އެއަދަދު 2000ށް އެރިއެވެ. އަދި ސަރޖެއް އައިސް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 5000ށް ވުރެ މަތިވާން މިހާރު ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި

18 ޖުލައި 2017
ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި
07 ޖުލައި 2017

ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ

07 ޖުލައި 2017
ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ
24 މެއި 2017

ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި

24 މެއި 2017
ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު