Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑަބްލިޔުއެޗްއޯ

ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި

24 މެއި 2017 | ބުދަ 03:02

އިތިއޯޕިއާގެ ހެލްތު މިނިސްޓަރ ކަމާއި ފޮރިން މިނިސްޓަރކަން ކުރައްވާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 މެއި 2017 | ބުދަ 03:02
ޑރ ޓެޑްރޯސް: ޑަބްލިޔު އެޗް އޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ހަމަ ޖައްސައިފި

ޑރ ޓެޑްރޯސް: ޑަބްލިޔު އެޗް އޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ހަމަ ޖައްސައިފި

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔު އެޗްއޯ)ގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް އަދަނޮމް ގެބްރޭސަސް ހަމަ ޖައްސައިފިއެވެ.

ޑަބްލިޔު އެޗްއޯގެ މެންބަރު ޤައުމުތަކުން މިގޮތަށް ކަނޑައެޅިއިރު އޭނާގެ ނަން ހުށަހެޅީ އިތިއޯޕިއާ ސަރުކާރުންނެވެ. ޑރ ޓެޑްރޯސްގެ 5 އަހަރުގެ ދައުރު ފެށޭނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޑރ ޓެޑްރޯސް ވަނީ 2012 އިން 2016 އަށް އިތިއޯޕިއާގެ ފޮރިން މިނިސްޓަރކަން އަދި 2005 އިން 2012 އަށް އެޤައުމުގެ ހެލްތް މިނިސްޓަރކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެއިޑްސްއާއި ޓީބީ އަދި މެލޭރިއާ ދެކޮޅަށް މަސައްކަތް ކުރާ ގްލޯބަލް ފަންޑުގެ ބޯޑްގެ ޗެއަރމަން ކަމާއި ރޮލް ބެކް މެލޭރިއާ (އާރބީއެމް) ޕާޓްނަރޝިޕް ބޯޑުގެ ޗެއަރމަން ކަމުގެ އިތުރުން މާބަނޑު މީހުންނާއި އަލަށް އުފަންވާ ކުދިންނާ ކުޑަކުދިންގެ ސިއްހަތައް މަސައްކަތް ކުރާ ޕާޓްނަޝިޕް ބޯޑުގެ ކޯ ޗެއަރކަންވެސް ކުރައްވާފައެވެ.

އޭނާގެ ހެލްތު މިނިސްޓަރ ކަމުގެ ދަށުން އެޤައުމުގެ ސިއްޙީ ނިޒާމަށް ވަނީ ފާހަގަ ކޮށްލެވޭވަރުގެ ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެޤައުމުގެ ސިއްހަތާ ބެހޭ އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށް ކުރާ ހޭދަ ބޮޑު ކުރުމާއި 3500 ސިއްހީ މަރުކަޒު ޤާއިމް ކުރުމާއި 16000 ހެލްތު ޕޯސްޓް ޤާއިމް ކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދު 38000 އަށް އިތުރުކުރުމާއި އެޤައުމުގެ ހެލްތު އިންޝުއަރެންސް ކަވަރޭޖް އިތުރަށް ފުޅާކުރުން ފާހަގަ ކޮށްލެވެއެވެ.

ފޮރިން މިނިސްޓަރ ކަމުގައި ކުރެއްވި ކަންތައްތަކުގެ ތެރެއިން 193 ގައުމަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއެއް ހާސިލް ކުރުމަށް ފައިސާ ހޭދަކުރުން މުހިއްމު ކަމުގެ މައްޗަށް މަސައްކަތް ކުރުމަށް ނިންމި ނިންމުން ކަމުގައިވާ އެޑިސް އަބާބާ އެކްޝަން އެޖެންޑާ ކާމިޔާބު ކުރުމުގެ މަޝްވަރާތައް ބޭއްވުމުގައި ވަރަށް ހިތްވަރުގަދަ ދައުރެއް އަދާކުރެއްވުން ފާހަގަ ކޮށްލެވެއެވެ.

ގްލޯބަލް ފަންޑް އެންޑް އާރބީއެމްގެ ޗެއަރގެ ހައިސިއްޔަތުން އޭނާ ވަނީ ދެ ޖަމްއިއްޔާއަށް އެންމެގިނަ ފައިސާ ހޯދައިދިން މީހާއަށް ވުމުގެ އިތުރުން އެފްރިކާގެ ޤައުމުތަކުގެ އިތުރުން އޭޝިޢާއާއި ލެޓިން އެމެރިކާއާ ހަމައަށް ގްލޯބަލް މެލޭރިއާ އެކްޝަން ޕްލޭން ފުޅާކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2019

ފަލަސްތީނަށް ޑަބްލިޔުއެފްޕީ އިން ވަމުން އައި އެހީ މެދުކަނޑާލައިފި

14 ޖެނުއަރީ 2019
ފަލަސްތީނަށް ޑަބްލިޔުއެފްޕީ އިން ވަމުން އައި އެހީ މެދުކަނޑާލައިފި
18 އެޕްރީލު 2018

ސީއައިއޭގެ ޑިރެކްޓަރ އުތުރު ކޮރެއާގެ ރައީސްއާ ބައްދަލުކުރައްވަނީ

18 އެޕްރީލު 2018
ސީއައިއޭގެ ޑިރެކްޓަރ އުތުރު ކޮރެއާގެ ރައީސްއާ ބައްދަލުކުރައްވަނީ
30 ޖެނުއަރީ 2018

ޓްރަމްޕް ފާޑުވިދާޅުވުމުން އެފްބީއައިގެ ޑެޕއުޓީ ޑިރެކްޓަރ އިސްތިއުފާދެއްވައިފި

30 ޖެނުއަރީ 2018
ޓްރަމްޕް ފާޑުވިދާޅުވުމުން އެފްބީއައިގެ ޑެޕއުޓީ ޑިރެކްޓަރ އިސްތިއުފާދެއްވައިފި
29 ޖެނުއަރީ 2018

ޔޫއެންއާރުޑަބްލިޔުއޭއަށް ދޭ އެހީ ކަނޑާލުމާ ގުޅިގެން އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

29 ޖެނުއަރީ 2018
ޔޫއެންއާރުޑަބްލިޔުއޭއަށް ދޭ އެހީ ކަނޑާލުމާ ގުޅިގެން އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
24 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު
22 އޮކްޓޯބަރު 2017

ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި

22 އޮކްޓޯބަރު 2017
ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި
21 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި

21 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
20 މެއި 2017

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

20 މެއި 2017
އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް