Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ސަބަބުން ސީރިޔާގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 އެޕްރީލު 2017 | އަންގާރަ 12:49
ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

މިހިނގާ އޭޕްރީލް މަހު ސީރިޔާ އަށް ދެވުނު ކެމިކަލް ހަމަލާ އާއި ގުޅިގެން ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ކެމިކަލް ހަމަލާއާއި ގުޅިގެން އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އެޅީ ކެމިކަަލް ހަތިޔާރާއި އަދި ބެލިސްޓިކް މިސައިލް އުފައްދާ އެޖެންސީއަކަށްވާއިރު، އެ އެޖެންސީ އަކީ ސީރިޔަން ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓާ (އެސްއެސްއާރްސީ) އެވެ.

އެސްއެސްއާރްސީ ގެ 271 މުވައްޒަފުންގެ އެސެޓްތައް އެމެރިކާ އިން ފްރީޒް ކުރިއިރު، އެެމެރިކާ އިން ގަބޫލުކުރާ ގޮތުން މިމަހު ކުރީކޮޅު ސީރިޔާގައި ދިން ކެމިކަލް ހަަމަލާ ގައި ބޭނުން ކުރި "ނާވް އެޖެންޓް" އުފައްދާފައި ވަނީ އެސްއެސްއާރްސީ އިންނެވެ.

އެމެރިކާ އިން އެސްއެސްއާރްސީ ގެ 271 މުވައްޒަފެއްގެ އެސެޓްތައް ތައް ފްރީޒް ކުރުމުގެ ސަބަބުން އެ މުވައްޒަފުންނާ އެމެރިކާގެ އެއްވެސް ރައްޔިތަކަށް މުއާމަލާތު ކުރުންެވެސް މަނާވާނެއެވެ.

ސީރިޔާގެ އިދްލީބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު