Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސްގެ އިންތިޚާބު

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

8 މެއި 2017 | ހޯމަ 10:46

ލެޕެން ވަނީ މެކްރޮންއަށް ގުޅުއްވައި ބަލި ގަބޫލުކުރައްވައި މަރުހަބާ ވިދާޅުވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 މެއި 2017 | ހޯމަ 10:46
އުމުރުފުޅުން 39 އަހަރުފުޅުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެއް

އުމުރުފުޅުން 39 އަހަރުފުޅުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެއް

އާދީއްތަ ދުވަހު ފަރަންސޭސި ވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކަނާތުފިޔައިގެ ކެނޑިޑޭޓް މެރިން ލެޕެންގެ މައްޗަށް ކުރި ހޯއްދަވައި މެދުމިނުގެ ސިޔާސަތަށް ތާއީދުކުރައްވާ އެމެނުއެލް މެކްރޮން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

އިންވެސްޓްމެންޓް ބޭންކް ހިންގެވުމުގައި ކުރިން އުޅުއްވާފައިވާ އުމުރުފުޅުން 39 އަހަރުފުޅުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވެގެންދާނީ ނަޕޯލިއަންއަށްފަހު އެގައުމުގައި ވެރިކަންކުރައްވާ އެންމެ ޒުވާން ރައީސަށެވެ.

މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ޔޫރަޕްގެ ލީޑަރުންނަށް ފިނިކަމެއް ލިބިވަޑައިގެންނެވި ކަމަކަށް ވެގެންދާނެއެވެ.

އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ކަނާތު ފިޔައިގެ ލީޑަރު ލެޕެން ގެންދެވީ އިނގިރޭސި ވިލާތެކޭ އެއްގޮތަށް ފްރާންސުންވެސް ޔޫރަޕްގެ އިއްތިހާދުން ވަކިވާން ޖެހިދާނެކަމުގެ އިޝާރާތްތައް ކުރައްވަމުންނެވެ.

އިންތިޚާބުގެ ނަތީޖާ މިހާރު ދައްކާގޮތުން ލެޕެންއަށް 35އިންސައްތަ ލިބިވަޑައިގެންނެވިއިރު މެކްރޮންއަށް 65 އިންސައްތަ ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެންގެ ތާރީޚުގެ އާ ސަފްހާއެއް މިރޭ މިދަނީ ހުޅުވިގެން"ނަތީޖާ އިއުލާނުކުރުމާއެކު ދެއްވި ކުރު ބަޔާނެއްގައި ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ މި ނަތީޖާ ވާން ބޭނުންފުޅުވަނީ އުއްމީދާ އިތުބާރު ހޯދައިދޭ ނަތީޖާއަކަށް ކަމަށެވެ.

މެކްރޮންވަނީ ފްރާންސްގެ ބައިބައިވުން ނައްތަވާލައްވައި އެ ގައުމުގެ ރައްޔިތުންނާ ޔޫރަޕާ އޮތްގުޅުންވަރުގަދަ ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އިންތިޚާބުގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް ލެޕެން ވަނީ މެކްރޮންއަށް ގުޅުއްވައި ބަލި ގަބޫލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

އެކަމަނާވަނީ އާ ރައީސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ކަމަނާ ވަނީ އެފްއެން ޕާޓީއިން އެ ޕާޓީއަށް ބަދަލުތައް ގެނެސް އާ ބާރެއް އުފައްދަން ޖެހިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
07 ފެބުރުއަރީ 2017

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް