Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު ފަރާތްތައް

ކަނޑުމަތިން ވެސް ފައްސާލީއެވެ. ދެން ފައްސާލާނީ މަގުމަތިންނެވެ!

މުޒާހަރާގައި 110 އެއްހާ މީހުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2020 | ހުކުރު 07:12
އިދިކޮޅު ފަރާތްތަކުން ކަނޑުމަތީގައި ބޭއްވި މުޒާހަރާ

އިދިކޮޅު ފަރާތްތަކުން ކަނޑުމަތީގައި ބޭއްވި މުޒާހަރާ

ރާއްޖޭގައި ހިނގަމުންދާ ގާނޫނީ ވެރިކަމަށް ފެން ބޮވައިގެންފައިވާ އިދިކޮޅު ފަރާތްތަކުން މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ. ދައްކަން މިއުޅެނީ ކޮންފަދަ މަންޒަރެއް ބާވައެވެ. މުޅި ދުނިޔެ ބަލިމަޑުކަމެއްގައިވަނިކޮށް ފާޑުފާޑުގެ އެއްވުންތައް ބާއްވާ ވާހަކައާއި ސައިކަލްބުރުތައް ބާއްވަން އުޅޭ ވާހަކައެވެ.

ކަނޑުމައްޗަށް މުޒާހަރާއަށް ނުކުމެގެންނާއި މަޖީދީ މަގާއި ސޯސަންމަގު ހަތަރު އަނގޮޅިއަށް އެއްވެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަނީއެވެ. ޖެހިފައިމިވާ ބަލިމަޑުކަމެއް މިވެރިންނަށް އިހުސާސް ނުވަނީ ހެއްޔެވެ.؟

ބާރު ބާރަށް ފަތު އަޑުކިޔާފައި ސަރުކާރުން ވީ ވައުދުތަކާ އެއްކޮށް ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަކޮށްދޭ މަންޒަރު ހަމަ މިވެރިންނަށް ނުފެންނަނީތޯއެވެ. ނޫނީ ބަލަން ބޭނުން ނުވަނީހެއްޔެވެ؟ މަގުތަކަށާއި ކަނޑުމައްޗަށް ނުކުމެ މުޒާހަރާކުރަން މިނޫން ދުވަސްވަރެއް ނެތީ ކަމަށް ދެކެނީތޯއެވެ.

ފުރަ މާލޭގައި ކޮވިޑްގެ ބަލާއާފާތް އިތުރުވެ، އިތުރު ލޮކްޑައުންއަކާ ދިމާއަށް މިސްރާބު ޖަހާފައިމިވާ ހާލަތުގައި އަދިވެސް ހަމައެއް ލަމައެއް ނެތި މަގުތަކަށް ނުކުންނަށް ތިޔަ ގޮވަނީ ކޮވިޑަކީ ތިބޭފުޅުން ސިފަކުރާ ގޮތުގައި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަން ލިބޭ ރަނުގެ ފުރުސަތަކީތޯއެވެ.

ދާދި މިދާކަށްދުވަހު ވަކި މީހަކަށް އިއްވަން ކަމަށް ބުނެ ތިބޭފުޅުން ކަނޑުމައްޗަށް ވެސް ނުކުތެވެ. ވެރިކަންކުރާ އެމްޑީޕީގެ ކެމްޕޭނު ރެލީތަކާއި މުޒާހަރާތައް ނަކަލުކުރަމުންނެވެ. ކަނޑުމަތިން ދޯންޏެއްގައި ފުރާ ދިދަ ޖަހައިގެން މިސްރާބު ބެހެއްޓީ މާފުއްޓާއި ދިމާލަށެވެ. އިސާހިތަކު އެރަށުގެ ރައްޔިތުން ގޮނޑުދޮށަށް ނުކުމެ ހަޅޭއްލަވައި ފައްސައިލީއެވެ. ޖެހިގެން އައި ދުވަހު އެއަށްވުރެ ބާރުލާފައި ތިޔަ ބޭއްވީ ޒުވާނުންނޭ ކިޔައި ނޫސްވެރިންގެ ބައްދަލުވުމެކެވެ. ހައެއްކަ މީހުންނާއެކު ބޭއްވި ބައްދަލުވުމުގައި މާބޮޑު އޮއްޓަރުހުރި ވާހަކައެއް ދެއްކުނީއެއް ނޫނެވެ. އަނެއްކާވެސް ސައިކަލުތަކުގައި މަގުތަކަށް ނުކުންނަށް ޒުވާނުންނަށް ދައުވަތު ދިނީއެވެ. ސީދާ ބައްޔަށް ހުށަހެޅެން ދައުވަތު ދިނީއެވެ. ކަނޑުމައްޗަށް ނުކުތުމުން ރަށެއްގެ ރަށްޔިތުން ނުކުމެ ފައްސާލިއިރު، އެކަމުގެ މަތިން ހަނދާން ނެތުނީތޯއެވެ.

ކޮވިޑްގެ ބަލިމަޑުކަން އިންތިހާވެފައިވާއިރު، އަނެއްކާވެސް މަގުތަކަށްނުކުމެ ބަލި ފަތުރަން މަސައްކަތް ކުރަނީތޯއެވެ. އާންމު ތަންތަނަށް އެއްވުމަށް ވަކި ހުއްދަތަކަކާއި ވަގުތުތަކެއް ކަނޑައެޅިފައިވާއިރު، މަގު މައްޗަށް ނުކުމެ މުޒާހަރާތަކާއި ސައިކަލްބުރުތައް ޖެހުން ވަނީ މަނާކޮށްފައެވެ. އެފުރުސަތުތައް ވަނީ ހަނިކޮށްފައެވެ.

ފުރަ މާލޭގެ މަގުތަކުގައި މުޒާހަރާކުރަން މިއީ އެންމެ އެކަށީގެންވާ ދުވަސްވަރު ނޫންކަން އެޗްޕީއޭއާއި ފުލުހުން އެދަނީ ހަނދާންކޮށްދެމުންނެވެ. މިހާލަތުގައި ވަނިކޮށް އަނެއްކާވެސް މަގުތަކަށް ނުކުންނަން މިފަހަރު ތިޔަ ގޮވަނީ ކޮންކަމެއް ނުވެގެންތޯއެވެ. ދުއްވާ އުޅަނދުތަކުން ޕާކިންގ ޖޫރިމަނާ ނަގާ ވާހަކައާއި، ރައްޔިތުންނަށް އަސާސީ ހައްގުތައް ފުއްދައި ނުދޭ ވާހަކަ ދައްކަމުންނެވެ.

ހަގީގަތުގައިވެސް ތިޔަ ދެއްކެނީ ހޮޅި ވާހަކައެވެ. ކުރީގެ ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ދައްކައިގެން މަގުތަކަށް ނުކުންނަން ޒުވާނުންނަށް ގޮވުން މާއައުލާކަން ބޮޑުކަމަށް ދެކެމެވެ. ޒުވާނުން ހައްލާލައިގެން ޖޫރިމަނާއޭ، ހައްގޭ ކިޔުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ނުދެކެމެވެ. ސީދާ ޕޮއިންޓަށް ދިއުން މާބުއްދިވެރިއެވެ.

މީގެކުރިންވެސް އެކި ވެރިކަންތަކުން ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ޕާކިން ފީއާއި، ވެހިކަލްތަކުގެ ޖޫރިމަނާވެސް ހުރީ ނަގާފައެވެ. އޭރުވެސް ޕާކުކުރާނެ ތަނެއް ނުދައްކައެވެ. ގާނޫނާއި ގަވައިދުތައް ހެދިފައިހުރިއިރު، އެކަމަށް ބޯލެނބުމަކީ ކޮންމެ މީހަކަށްވެސް ކުރުން ލާޒިމުކަމެވެ. ހަމައެހެންމެ ބަލިމަޑުކަމެއް ފެތުރެމުންދާ މިހާލަތުގައި މަގުތަކަށް ނުނިކުތުމަށާއި އެއްވުންތައް ނުބޭއްވުމަށް ފުލުހުންނާއި އެޗްޕީއޭއިން އަންގަމުންދާއިރު އެކަމަށް ބޯލަނބައި އިޖާބަދިނުމަކީވެސް ކޮންމެ މީހަކަށްވެސް ކުރުން ލާޒިމުކަމެކެވެ. ވަކި މީހަކަށް ވަކި ގާނޫނެއް މިގައުމުގަވެސް އަދި އެހެން ގައުމެއްގަވެސް ނޯވެއެވެ. ގާނޫނީ އިންފަހަނައަޅައި ޒާތްޒާތުގެ އެއްވުންތަކަށް މަގުތަކަށް ނުކުންނަންޏާ މާފުށީ ރައްޔިތުން ނުކުމެ ފައްސާލި ގޮތަށް އަނެއްކާވެސް މާލޭގެ ރައްޔިތުން ނުކުމެ ފައްސާލާނެކަން ހަނދާން ބަހައްޓާށެވެ. ނޫނީ ފަހަރުފައި ފުލުހުން ނުކުމެ ފައްސާލުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހާލަތާއި ވަގުތު އަންނަންދެން ކެތްތެރިވާށެވެ. މުޒާހަރާކުރަން ބޭނުންނަމަ އެންމެން ހައްޖައްދާންވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު