Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިނަރެސް ފްލެޓު

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކުރަން 2023 ގައި ނިންމި ނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް ގިނަ ބަޔަކަށް ވައުދުވި ފައިސާއެއް ނުލިބޭ. އެޗްޑީސީއަށް އެތަކެއް ފަހަރު ގޮސް، އަދި ސިޓީ ފޮނުވިޔަސް، ފިނޭންސް މިނިސްޓްރީން ނުނިންމައިގެން ފައިސާ ނުދެވިގެން އުޅޭކަމަށް ބުނަމުން ދާތީ ފައިސާ ދެއްކި ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 01:22
ވިނަރެސްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ކުޑަކުރިނަމަވެސް އެއްކޮށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަދިވެސް ނުލިބޭ

ވިނަރެސްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ކުޑަކުރިނަމަވެސް އެއްކޮށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަދިވެސް ނުލިބޭ

ވިނަރެސް ގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމީ 5 ޑިސެމްބަރު 2023 ގަ އެވެ. އެއީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ ބޮޑު އަގެއް ދީފައި ކުލި ދައްކަމުން ދިޔަ ފަރާތްތަކާއި، އަދި ލޯނު ނަގައިގެން ވިނަރެސް އަށް ފައިސާ ދެއްކި މީހުންނަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތަށް މިކަމެއް ނުވެ އެވެ.

ސަރުކާރުން ބުނީ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ކުޑަކުރާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ވިނަރެސް އަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެ ފައިސާއެއް ލިބޭ ގޮތެއް ނުވި އެވެ.

އެފަދަ ފަރާތަކުން ބުނީ އެޗްޑީސީއަށް ދެފަހަރެއްގެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ސިޓީ ވެސް ފޮނުވާފައިވާ ކަމަށާއި، އެތަނަށް ދިއުމުން ކޮންމެ ފަހަރަކު ވެސް ބުނަމުން ދަނީ ފިނޭންސް މިނިސްޓްރީ އިން ނުނިންމައިގެން އެ ފައިސާ ނުދެވިގެން އުޅޭ ކަމަށެވެ. އޭނާ ބުނީ އެޗްޑީސީއަށް ފުރަތަމަ ދިއުމުން ބުނެފައިވަނީ ދޭން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަޅުގަނޑުމެން ވިނަރެސް ގަތް އިރު އިންނަނީ އަގުބޮޑުކޮށް. ދެން މި ސަރުކާރުން އަގުތައް ކުޑަކޮށްލީ. އަގުތައް ކުޑަކޮށްލީމާ އަޅުގަނޑުމެން ކުރިން ގަތް މީހުންނަށް ދޭންޖެހޭނެތާ ބަދަލު. އެ ބަދަލު ދޭންޖެހޭތީ، އެ ބަދަލުގައި އަޅުގަނޑުމެންނަށް އެބަދޭންޖެހޭ 530،000 ރުފިޔާ. ދެން އަޅުގަނޑުމެންގެ ވިނަރެސްގެ މެއިންޓަނަންސް ފީ 1 މަސް ލަސްވީމާ ޖޫރިމަނާ ކުރަނީ. ކޮންމެ މަހަކު ވެސް އަޅުގަނޑުމެން ޖޫރިމަނާ އެބަކުރޭ. ދެން އެއްދުވަހު އަޅުގަނޑު ގޮސް ސުވާލުކުރީ ތިބޭފުޅުން އަޅުގަނޑަށް ދޭންޖެހޭ ލާރި އެބަހުއްޓޭ އެކަމަކު ވެސް އަޅުގަނޑު ޖޫރިމަނާވޭ. އެ ލާރި އަޅުގަނޑަށް ނުދީ އަޅުގަނޑުގެ ލާރި ހުއްޓާ އަޅުގަނޑު ޖޫރިމަނާ ވެގެން ނުވާނޭ. އަޅުގަނޑު ލާރި އަބުހުއްޓެއް ނޫންހޭ، އޭގެއިން ކަނޑަންވެއްޖެ ނޫންހޭ. ބުނީ އޭތި ފިނޭންސުން އަދި ވަކި ގޮތެއް ހަމަނުޖެހޭ.
ތޯހާ

އޭނާ އިތުރަށް ބުނީ އެ މައްސަލައިގައި މިހާރު ސިޓީ ވެސް ލާފައިވާ ކަމަށެވެ. އަދި ވިޔާފާރި ދަށްވެފައިވާތީ ވިނަރެސްގައި ނަގާފައިވާ ފިހާރައިގެ ކުލި އެ ފައިސާއިން ވެސް ކަނޑަން އެދުނު ކަމަށާއި، ނަމަވެސް އެގޮތަށް ވެސް އެކަން ނުކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފައިސާ ދެއްކީ ފިނޭންސަކަށް ނޫން ކަމަށާއި އެހެންކަމުން އެޗްޑީސީ އިން އެ ފައިސާ ދެވެންޖެހޭނެ ކަމަށް ބުނުމުން އެޗްޑީސީއިން ބުނެފައިވަނީ ރައީސް ކުޑަކުރި ކުއްޔާއެކު ބޮޑުކުލި ދެއްކި މީހުންނަށް ދޭންޖެހޭ ފައިސާ ފިނޭންސް އިން އަދިވެސް ނުދޭ ކަމަށެވެ.

އަޅުގަނޑު ދެއްކި ލާރި ދެއްކީ އެޗް.ޑީ.ސީ އަށޭ. އެއްފަހަރާ ލާރިއެއް ޓްރާންސްފަރކުރީ. އެހެންވެއްޖެއްޔާ އަޅުގަނޑު ފިނޭންސަށް ދާކަށް ނުޖެހޭނޭ. ބުނީމަ ބުނީމަ ވެސް ބުނީ އެއީ ރައީސުލްޖުމްހޫރިއްޔާ ކުލީ ކުޑަކުރުވާފަ ތީތީ ޙަވާލުކުރާނަމޭ ބުނެފަ އޮތީއޭ. ޙަވާލުކުރަން އަޅުގަނޑުމެންނަށް އަންގާފަ އޮތީ. އެކަމަކު އެކޮޅަކުން ތިމަންނަމެންނަކަށް ލާރިއެއް ނުފޮނުވައޭ. މަބުނީ އެކޮޅުން ފޮނުވާތަނެއް ފޮނުވާތާ އަޅުގަނޑުމެންނަށް ޖެހޭނޫންތޯއޭ ބަލާކަށް އެއީ ތިބޭފުޅުން ކަމެކޭ. ދެން އަނެއްކާ ގަނެގަފަ ވަނީމަ ބުންޏޭ ދެން މަހެއްހާ ދުވަސްތެރޭ ރަޖިސްޓްރީ ހަވާލުކުރާނަމޭ. މިހާރު މިވީ ދެ އަހަރޭ، މިވަނީ އެތާ އުޅޭތާ. އަދިވެސް ރަޖިސްޓްރީގައި ވެސް ޚަބަރެއް ނެތޭ. އަޅުގަނޑުމެން މިސާލަކަށް ލޯނަކަށް ދާން ޖެހުނަސް ލޯނެއްވެސް ލިބޭނޭ ގޮތެއް ނެތޭ. ރަޖިސްޓްރީގައި ވެސް ނެތޭ ލިބޭކަށް. މި ބުނަނީ އަދިވެސް ފައިނަލެއް ނުވޭ ރަޖިސްޓަރީ ކަންތައް އަދި ހަމައެއް ނުޖެހޭ. އެކަމަކު އަޅުގަނޑުގެ ގަނެފައި އިން ތަނެކޭ އަޅުގަނޑުގެ އަތުން ލާރި ނަގާފައި އެބަހުއޓޭ. ދެން އެހެންވީމަ މި ލާރި ލިބޭނެހޭ ނުލިބޭނެހޭ ސުވާލު ކުރެވުނީމަ ބުނީ ރައީސް އޮފީހުން ހަމަޖެއްސީމައޭ ލިބޭނީ. މިއަދު މި ބުނަނީ ފިނޭންސް އިން ހަމަޖެއްސީމޭ. ދެން އެއްގޮތަކަށްވެސް އޭތި އަޅުގަނޑުމެންނަށް ވާނުވާއެއް ނޭނގުނީ. ހަމަ އެއްގޮތަކަށްވެސް. ވާންވީ ކިހިނެއްކަމެއް އެއީ ލިބޭނެކަމެއް ނުލިބޭނެކަމެއް. އެންމެ ބޭފުޅެއް ނޫނޭ ވަރަށް ބައިވަރު މީހުން އެބަ އުޅެން އޭރު ގަތް. ހުރިހާ ބޭފުޅުން އެކަމުގައި އެ އުޅެނީ ހަމަ އަލި މަގެއް ނުފެނޭ
ތޯހާ

އޭނާ ބުނީ އަޑު އިވިފައިވާ ގޮތުން މި ސަރުކާރުގައި ފުރަތަމަ ކޮޅުގައި ދެމީހަކަށް ލާރި ލިބުނު ކަމަށެވެ. އެއީ ދެމީހަކު އަޑުގަދަކޮށްގެން ރައްޓެހިކަމުގައި ލާރި ދޫކުރި ވާހަކަ ކަމަށެވެ. އޭނާ ބުނީ އަގު ކުޑަކުރުމުން ދޭންޖެހޭ ފައިސާ ހުރިކަމަށް ބުނެ އެޗްޑީސީއިން ދީފައިވާ ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށެވެ.

މިކަމެއް ހިނގާތާ 2 އަހަރު ވެގެން ދިޔަ އިރު ވެސް އަދިވެސް ފައިސާ ނުލިބޭ ކަމަށާއި، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަމެއް އަދިވެސް ނުވާ ކަމަށެވެ.

އެ ލާރިން އެ (ފިހާރަ ކުލި) ކެނޑޭނެ ގޮތެއްވެސް ނުވޭ. އެއްގޮތަކަށް ވެސް ދޭންޖެހޭ އެއްޗެއްކަމެއް ދެން ނުޖެހޭ އެއްޗެއްކަމެއް ވެސް ހަމަ ނޭނގިގެން މިއުޅެނީ އިނގޭތޯ؟ ލިޔުން އެބައޮތް ދޭންޖެހޭ ކަމަށް. އެކަމަކު އެ ލާރިން އަޅުގަނޑުމެންގެ އެއްވެސް ޖޫރިމަނާ އެއްވެސް ކުއްޔަކަށް ބޭނުމެއް ނުކުރެވޭ. އެ ލާރި ދިނީމަ އެ ބޭނުން ކުރެވޭނީ. ރައީސުލްޖުމްހޫރިއްޔާ ކަމަށް އަރާފައި ގާތްގަނޑަކަށް ހައެއްކަ މަސް ނުވޭ ވިނަރަސް ކުލި ކުޑަކޮށްލީ. ކުޑަކޮށްލީމާ އެންމެ އަޅުގަނޑުމެން ދައްކާފަ ހުރި ލާރިން އަޅުގަނޑުމެންނަށް ކުޑަކުރަންޖެހޭނެ. އެހެން އަޅުގަނޑުމެން ވެސް ވާހަކަ ދެއްކި، ދެއްކީމަ އަޅުގަނޑުމެންނަށް އެނގޭ ހުރިހާ ފަރާތްތަކުން ކުލި ދެއްކި ފަރާތްތަކުން ވެސް އަގު ކުޑަވާނެ. ކުޑަވި އިރު ކުޑަވީ މި ބުނާ ޢަދަދު އެއް ފަހަރާ ލާރި ދީފައި އަޅުގަނޑުމެންގެ އަތުންވެސް ކުޑަވީ މި ބުނާ އަދަދު. އެކޮޅުންވެސް އެބަބުނޭ ދޭންޖެހޭ އެއްޗެއް ކަމަށް. ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެދުވަހު ވިދާޅުވީ ދޭންޖެހޭނެ ކަމަށް. އެޗް.ޑީ.ސީން ވެސް އެބަހުރި ލިޔުންވެސް، ލިބޭ ދޭންޖެހޭ އެއްޗެއް ކަމަށް. އެކަމަކު އަޅުގަނޑު ރައީސްގެ ޖުމްހޫރިއްޔާއަކަށް ނޫނޭ ލާރި ދިނީކީ. އަޅުގަނޑު ފިނޭންސަށް ވެސް ނޫނޭ ލާރި ދިނީކީ.
ތޯހާ

އޭނާ ބުނީ ތަފާތު އެކި ފަހަރުމަތިން އެޗްޑީސީއަށް ގޮސްގެން ވެސް އެޗްޑީސީއިން މިކަމަށް ހައްލެއް ހޯދައި ނުދިން ކަމަށެވެ. އަދި އެޗްޑީސީ އިން ފައިސާ ދޭންޖެހޭ އިރު ވެސް މެއިންޓަނަންސް ފީ ލަސްވެއްޖެއްޔާ ވެސް ޖޫރިމަނާ ކުރަނީ ކަމަށާއި، ފިހާރައިގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އެއްޗެއް ވެސް ކަނޑާ ނުދޭ ކަމަށެވެ. އަދި މިކަމުގައި އެތަކެއް ރައްޔިތުންނެއް އެޗްޑިސީ އަށް އެތައް ދުވަހުކު ދިޔަނަމަވެސް ރައީސް ވިދާޅުވި ގޮތަށް އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ވިދާޅުވި ގޮތަށް ބައެއް ފަރާތްތަކަށް ފައިސާ ވަނީ ދީފަ އެވެ. އެއީ ބޭންކު ލޯނު މެދުވެރިކޮށް ވިނަރެސް އަށް ފައިސާ ދެއްކި މީހުންގެ ފައިސާ އެވެ. އެޗްޑީސީ އިން ދޫނުކޮށް ހިފަހައްޓައިގެން އުޅެނީ ލޯނެއް ނުނަގައި އެއްފަހަރާ ފައިސާ ދެއްކި މީހުންގެ ފައިސާ އެވެ.

ވިނަރެސްއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު