Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

އާދީއްތަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ރައީސް މުޢިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރިއިރު، ސުވާލު ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ދިނުމަށް ރާވާފައިވާ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އެކަން ފަޅާ އެރީ، އެންމެ ފަހުން ޝުއޫރު ފާޅު ކުރަން ތެދުވި އާންމު ރައްޔިތު މީހާއާ ހިސާބުންނެވެ. އޭނާ އެ ފުރުސަތު ހޯދަން ޖެހުނީ ކޮޅަށް ތެދުވެ، ހަޅާ ފަޅޭ ޖަހައި އަދި އިހުތިޖާޖު ކޮށްގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 06:43
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލު ކުރުމަށް ޚާއްސަ ޖަލްސާތަކެއް ބާއްވަމުން އެބަ ގެންދަވަ އެވެ. ވިލިމާލޭގައި ފުރަތަމަ ބައްދަލުވުން ބޭއްވިއިރު، ދެ ވަނަ ބައްދަލުވުން އޮތީ މައްޗަންގޮޅީގަ އެވެ. ތިން ވަނަ ބައްދަލުވުން މާފަންނުގައި އޮތްއިރު، ހަތަރު ވަނަ ބައްދަލުވުން އޮތީ ހެންވޭރުގަ އެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، ރައްޔިތުން ބޭނުންވާ ސުވާލު ސީދާ ރައީސްއާ ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު، ރަށު ތެރޭގައި އަބަދު ވެސް ދެކެވޭ ވާހަކައެއް އޮވެ އެވެ. ރައްޔިތުންނާ ބައްދަލު ކުރުމުގެ ނަމުގައި ރައީސް މުޢިއްޒު ބާއްވާ ބަައްދަލުވުން ތަކުގައި ވާހަކަ ދެއްކުމާއި، ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދެނީ ވަކި ގޮތް ތަކެއް ބަލައިގެންނެވެ. އެ ވާހަކަ އަދި ފަހަށް ބާއްވާލާނަމެވެ.

ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުޢިއްޒު ބާއްވަވާ ބައްދަލުވުމުގެ ދައުވަތު، ވަކި ޚާއްސަ ބަޔަކަށް ފޮނުވާ ކަމަށް އަޑު ފެތުރިފަ އެވެ. އެ ބައްދަލުވުން ތަކުގެ ދައުވަތު ފޮނުވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްސަ ދައުވަތު ކާޑު ތަކެއް ވެސް މި ދޭތެރެއިން ސޯޝަލް މީޑިއާ ގައި ވެސް ދައުރު ވެއްޖެ އެވެ. އެއް ބަޔަކު ބުނެފައިވާ ގޮތުގައި، މިއީ ދުރާލާާ ރޭވިގެން، އިންތިޒާމު ކޮށްގެން ކުރެވޭ ކަންކަމެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ގިނައިން ވާހަކަ ދައްކަނީ މި ސަރުކާރު ގެންނަން މަސައްކަތް ކުރި، ނަމަވެސް މިއަދު ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ތިބި ރައްޔިތުންނެވެ. އިންތިޚާބުގެ ތެރޭގައި މުޢިއްޒު ހޮވަން ކުރި މަސައްކަތާއި، އެކަމަށް ހޭދަ ކުރި ވަގުތު އަދި ވެފައިވާ ޤުރުބާނީތައް ފަތި ފައްޗަށް އަމުނާލުމަށް ފަހު، ޝަކުވާތައް އޮއްސާލަނީ އިންތިހާ ކަންބޮޑުވުމާ އެކު އެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުދި، ރައްޔިތުންނަށް ޖެހިފައިވާ ޙާލު ބަންޑުން ކޮށްލަނީ އަސަރާ އެކު އެވެ.

ގިނަ ބައްދަލުވުން ތަކުގައި ރައްޔިތުންގެ ރުޅިވެރިކަން ރައީސް މުޢިއްޒު އަށް އަމާޒުވާން ފެށުމުން، ބައްދަލުވުމުގެ ކުރިން ރައީސްއާ ކުރަން ބޭނުންވާ ސުވާލު ފޮނުވުމަށް ދާއިރާގެ މެމްބަރުން މެދުވެރިކޮށް އަންގާފައިވާ ކަމަށް ވެސް ރަށު ތެރޭގައި މީހުންް ކިޔަ އެވެ. ނަަމަވެސް، އެކަން ވެސް ފަޅާ އަރައި އަތަށް ގޮވުމުން، މެމްބަރުންނަށް ބިރު ދައްކައި، މަޖުބޫރު ކޮށްގެން މައާފަށް އެދުވައި، ބަޔާން ނެރުވައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ރައީސް މުޢިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރިއިރު، ސުވާލު ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ދިނުމަށް ރާވާފައިވާ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އެކަން ފަޅާ އެރީ، އެންމެ ފަހުން ޝުއޫރު ފާޅު ކުރަން ތެދުވި އާންމު ރައްޔިތު މީހާއާ ހިސާބުންނެވެ. އޭނާ އެ ފުރުސަތު ހޯދަން ޖެހުނީ ކޮޅަށް ތެދުވެ، ހަޅާ ފަޅޭ ޖަހައި އަދި އިހުތިޖާޖު ކޮށްގެންނެވެ.

އެންމެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވުމަށް ފަހު، ސުވާލު ކުރުމަށް ނަން ނޯޓު ކުރަން ޖެހޭތޯ އޭނާ ސާފު ކުރި އެވެ. އެވަގުތު އެ ތަނުގައި ބައްދަލުވުން އިންތިޒާމު ކުރަން ތިބި މީހުން އޭނާ އަށް ދިން ޖަވާބަކީ ނަން ނޯޓު ކުރުމަށް ނުޖެހޭނެ ކަމަށެވެ. އެވަރުން އަދި ފަރު ޖައްސާނުލައި، އެ ތަނުގައި ތިބި ބައެއް މަޖިލިސް މެމްބަރުންނާ ވެސް އޭނާ ސުވާލު ކުރި އެވެ. އެ މެމްބަރުންގެ ވެސް ޖަވާބަކަށްވީ، ނަން ނޯޓު ކުރަން ނުޖެހޭނެ ކަމަށާއި، ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް، ބައްދަލުވުން ފެށިގެން ވެސް އޭނާ އަށް ފުރުސަތެއް ލިބޭ ގޮތެއް ނުވި އެވެ. 12 މީހުންނަށް ފަހު ފުރުސަތު ދޭނެ ކަމަށް ބުނުމަށް ފަހު، ދެން ބުނީ ތިން މީހުންނަށް ފަހު ފުރުސަތު ދޭނެ ކަމަށެވެ. އެވަރުން ވެސް ފުރުސަތު ނުލިބުމުން، ދެން އެ މީހާ އަށް ޖެހުނީ ތެދުވެ އިހުތިޖާޖު ކޮށްގެން ފުރުސަތު ހޯދާށެވެ. ކަންބޮޑުވުންތައް އޮއްސާލުމުގެ ކުރިން އޭނާ ބުނީ، އެއީ ގަސްތުގައި ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށާއި، އެ ބަޔަކު ބޭނުންވާ ބަޔަކު ލައްވައި ސުވާލު ކުރުމަށް ރާވަފައި އޮތް ކަމަށެވެ.

މިއީ ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ އަޑު އައްސަވައި، ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ބާއްވާ ބައްދަލުވުން ތަކުގައި މިހާރު ކަންތައް ވަމުން އަންނަ ގޮތެވެ. މި ވާހަކަތައް ދައްކަނީ، އެ ބައްދަލުވުމަށް ދާ އާންމު ރައްޔިތުންނެވެ. ޝަކުވާ ކުރަނީ ރައްޔިތުންނެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު