Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

ފޮރުވާނެ އެއްވެސް އެއްޗެއް ނުބާއްވާނަމޭ ވިދާޅުވެ ވެރިކަމަށް ވަދައިގެންނެވި މުިއްޒުގެ ސަރުކާރުން ގިނަ ކަންކަން ދަނީ ސިއްރު ކުރަމުންނެވެ. ކުރިން ހާމުރައްވާނެ ކަމަށް ވިދާޅުވި އެއްބަސްވުންތައްވެސް މިހާރު ވަނީ ސިއްރު އެއްޗަކަށް ވެފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 13:32
ރައީސް މުއިއްޒު: ވެރިކަމަށް 2 އަހަރު ވީ އިރު، ވާނުވާ ބަންދާ ބެހޭ ގޮތުން ރައީސް މުއިއްޒު ކިޔުއްވި ލަވަ މުޅިން ބަދަލު ވެއްޖެ

ރައީސް މުއިއްޒު: ވެރިކަމަށް 2 އަހަރު ވީ އިރު، ވާނުވާ ބަންދާ ބެހޭ ގޮތުން ރައީސް މުއިއްޒު ކިޔުއްވި ލަވަ މުޅިން ބަދަލު ވެއްޖެ

މުއިއްޒުއަށް

ހާސަރުތަކެއް ނުދަމާ ސީދާ މުތުލަގަށް މިފަހަރު ބުނެލާނަމެވެ. އޭގެ ކުރިން ފުރަތަމަ އައްވަލަށްވެސް އެއް ކަމެއް ހަނދާން ކޮށްލަ ދީފަ އެވެ.

މުއިއްޒޫ އެވެ. ދޭތެރެ ދޭތެރެއިން މިހެން ސިޓީއެއް ލިޔެލާ ކަންކަން ހަނދާންކޮށްލަ މިދެނީ މުއިއްޒުވެސް މާ ބޮޑަކަށް އިހު ވާހަކަތައް އެފުށް މިފުށަށް ޖަހާ އޮޅުން ބޮޅުންކޮށް ތައްމިނަށް ބަސްފުޅު ވިދާޅުވާތީ އެވެ. މަށާ މަގޭ އެކުވެރިންގެ ޒިންމާއަކީ މުއިއްޒަށް ހަނދާން ކޮށްދިނުން ކަމަށް ލޮލުން ބޮލުން ގަބޫލު ކުރާތީ އެވެ.

މުއިއްޒޫ އެވެ. އަނެއްކާވެސް އެއްކަލަ ވާހަކަގަނޑު ތިޔަދައްކާންފެށީ މާ ގަދައަކަށެވެ. ދެފުށް ފެންނާނެޔޭ، ފޮރުވާނެ އެއްޗެއް ނުބާއްވާނަމޭ، ހާމަކުރުމުގައި ގެންގުޅުއްވާނީ އިންތިހާއޭ ވިދާޅުވެ އެ ހާސަރުގަނޑު އަނެއްކާވެސް ތިޔަފެށްޓެވީ ދަންމަވާށެވެ.

މުއިއްޒޫއެވެ. އަހަރަމެން މުއިއްޒު ހޮވީ ލައްކަ ތިޔަ ކަހަލަ ހާމަކުރުން ހާމަކުރާން ވައުދުވީމަ އެވެ. އިބުރާހީމުމެން ނުކުރީއޭ ބުނެ މުއިއްޒު ދެއްކި ވާހަކަތައް އަޑު އަހައިގެންނެވެ. ފޮރުވާނެ އެކައްޗެއްވެސް ނުބާއްވާނަމޭ ވިދާޅުވީމާ އޭގައިވެސް އެލިގަނެގެންނެވެ.

މުއިއްޒޫ އެވެ. އެކަމަކު ވެރިކަން ދެބަޔަށް އެޅެންދާއިރު އަދިވެސް ތިޔަ ދައްކަވަނީ ހަމަ އެހޮޅި ވާހަކަ އެވެ. މިހާރުވެސް ތިޔަ ވިދާޅުވަނީ އޭރު ކެންޕޭނުގައިވެސް ދެއްކެވި ވާހަކަތަކެވެ. އަދިވެސް ތިޔަ ވިދާޅުވަނީ ކުރާނެ ވާހަކައެވެ. ކުރައްވާތަނެއް ހަމަ އެއްގޮތަކަށްވެސް ނުފެންނަނީ އެވެ.

މުއިއްޒޫ އެވެ. ނިކަން ކުޑަކުޑަކަމަކުން ފަށާނަމެވެ. ތިޔަ އުޅެނީ މުއިއްޒަށް އަތްގާތްކޮށްލަދޭން ލައްވާފަވާ ސިޔާސީ ކުދިންކޮޅުގެ އަދަދު ސީދާ ސީދަލަށް ވިދާޅުވެލަން ނުކުރިގެންނެވެ. މީގެ ކުރީގައި އައި ސަރުކާރުތަކުން އެމީހުންނާ އެމީހުންގެ ވަނަވަރުތައް ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ބަހައްޓަ އެވެ. އެކަމަކު އެވަރު ކޮށްލާންވެސް ކެރިވަޑައި ނުގަންނަވާއިރު މުއިއްޒަށްވެސް މުއިއްޒަށް ލެއްވުނު މީހުން ނޭނގޭހާ ގިނަވެއްޖެކަން ނުދަންނަ މީހަކު މި ގައުމަކު ނޫޅޭނެ އެވެ.

މުއިއްޒޫ އެވެ. އިންޑިޔާ އެއްބަސްވުން ތަކާ ތިޔަ ހައްދަވާ ޑްރޯން ޑީލާ ފަޅުތަކާއި ރަށްތައް ބަހާލާ އެއްބަސްވުންތަކުގެ ވާހަކަ މަށަކު ދައްކާކަށް ނެތީމެވެ. އޭރު ގައުމީ ސަލާމަތެއް އޮވެގެން ފޮރުވާނެ އެއްޗެއް ނޯންނާނެއޭ ވިދާޅުވިއަސް އެފަދަ ކޮންމެ ކަމެއްގައި މުއިއްޒުގެ ސިއްކައަކީ ގައުމީ ސަލާމަތް ކަމަށް މިހާރު ތިޔަވަނީ ހައްދަވާފަ އެވެ. އެހެންވެ މަވެސް ގައުމީ ސަލާމަތާ މަގޭ ސަލާމަތަކަށް އެވާހަކައެއް އިތުރަކަށް ނަގަނަގައިގެނެއް ނުދައްކާނަމެވެ.

މުއިއްޒޫ އެވެ. މިހާތަނަށް މާލީ ބަޔާންތަކާއި އެހެނިހެން ހާމަކުރުންތައް ހާމަ ނުކުރުމުގެ ރެކޯޑް ތިޔައޮތީ މުއިއްޒު އަތްޕުޅުގަ އެވެ. ކިތައްމެ ވަރަކަށް މުއިއްޒު ރެކޯޑް ހެއްދެވުމުގެ ޝައުގު ގެންގުޅުއްވިއަސް އެކަމުން ރެކޯޑް ހެއްދެވުމަކީ ވިޔާދާ ކަމެއް ނޫނެވެ. ގާނޫން އަސާސީގައި ކަޅާހުދުން މުތުލަގަށް އެހެން އެކަން ނުކުރެވޭނެ ކަމަށް ބުނެފައިވާއިރުވެސް މުއިއްޒާ މުއިއްޒުގެ ވަޒީރު ބޭފުޅުންނާ، ހަންމަތަ ކޮށްގެން ގެންގުޅޭ މަޖިލިސް ކުދިންކޮޅުގެ މާލީ ބަޔާން ހުށަނާޅުއްވަންވެސް ތިޔަ ހުންނަވަނީ ހާމަކުރެއްވުމުގައި ހިއްޕަވައިގެންނެވެ.

މުއިއްޒޫ އެވެ. ކޮރަޕްޝަނޭ ފޮރުވާނެ އެއްޗެއް ނުބާއްވާނަމޭ ވިދާޅުވެ ތިޔަދައްކާ ވާހަކަތަކަށް މީހުން އެތިބެނީ ހީނހީ ބަނޑުގައި ގޮށްލާ ހިސާބުގައެވެ. އެމީހުން އެކިޔާކުދި އަޑު އަހާކަށް މަށަކަށް ހަމަ ލާހިކު ކުޅަދާނައެއް ނޫނެވެ. މާ މަޝްރޫއުތައް ހިންގޭ ރައީސަކަށް ވެވަޑައިގަންނަވަން އެކީ އެއްފަހަރާ ބިޑަކާ ނުލައި ކާފަގެ މަސްބެހުމަށް ގާތްމީހުންނަށް ތިޔަ ބައްސަވާލި ޕްރޮޖެކްޓްތަކުގެ ވާހަކަ ނުދައްކާނެ މީހަކު މިގައުމު ކީއްކުރަން ހެއްޔެވެ. ބޭރު ކަރަޔަކުވެސް ނުހުންނާނެ އެވެ.

މުއިއްޒޫ އެވެ. އަހަރެން މާ ބޮޑަކަށް ދެން އިތުރަކަށް މިވާހަކައެއް ނުދައްކާނަމެވެ. އަހަރެން މިދެއްކީ ހަގީގަތްކަން މުއިއްޒު އަމިއްލައަށް ވިސްނާލަން ހަމަ އެންމެ މިސާލެއް ދޫކޮށްލާފައި މިފަހަރަށް ނިންމާލާނަމަމެވެ. ނިކަން ރަނަގަޅަށް އަޑުއައްސަވާށެވެ. މައުލޫމާތު ހާމަކުރުމަށް ބާރު އެޅުމަށާއި އެކަން ކުރޭތޯ ބެލުމަށް ގާނޫނު އަސާސީން ބާރު ލިބިދީގެން އުފައްދާފައިވާ ކޮމިޝަނެއް އޮވޭ ނޫންތޯއެވެ. އެމީހުން އެބުނަނީ މުއިއްޒުގެ ހާމަކުރުން ނެތް ވާހަކައެވެ. ޚުދު މުއިއްޒު އިންނަވާ ރައީސް އޮފީހުން ހާމަކުރާން ޖެހޭ މައުލޫމާތު ހާމަ ނުކޮށްގެން އެކޮމިޝަނުން އެއުޅެނީ އަބަދު އެކަމެއްގަ އެވެ. އާރުޓީއައިއަށް ރައީސް އޮފީހުން އަމަލު ނުކުރާތީ އެމައްސަލަ ބަލަބަލައެވެ. ނުވިތާކަށް ކޯޓަށްވެސް އެދަނީ ހުށަހަޅަމުންނެވެ.

މުއިއްޒޫ އެވެ. މިބުނި ކޮމިޝަނުން އެވަރަށް އެވާހަކަ ދައްކާނީވެސް ލައްކަވަރު ވީމަތާ އެވެ. ވީމާ ގެންގުޅުއްވާނީ ދެފުށް ފެންނަ ސިޔާސަތޭ، ފޮރުވާނެ އެއްޗެއް ނުބާއްވާނަމޭ، ޅަފޮޅޮލޭ ވިދާޅުވާނެ ޖާގައެއް ނެތެވެ. ރަނގަޅުވާނީ ތިޔަގޮތައް ދެފުށް ނުދެއްކިއްޔާ އެވެ. މަވާ ސަލާމެވެ.

މުއިއްޒުއިބްރާހީމްރައީސުލްޖުމްހޫރިއްޔާގެ އޮފީސް މާލީ ބަޔާންމައުލޫމާތު ހާމަކުރުންކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު