Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންނާ ބައްދަލުކުރުން

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ގުނާ އަދަދު ނުކުރެވޭ މިންވަރަށް ސިޔާސީ މަގާމުތަކުގައި ބޭފުޅުން ތިއްބެވިއިރު، ސިޓީތަކާއި، ޕެޓިޝަންތަކަށް ރައީސް އޮފީހުން ޖަވާބު ނުދެނީ ހަގީގީ މާނައިގައި މައްސަލަތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ބޭނުންނުވާތީ. އަދި ރައީސް މުއިއްޒު ހަފްތާއަކު 3 ނުވަތަ 4 ރޭ މިނިސްޓަރުން ގޮވައިގެން ފުޓްބޯޅަ ކުޅުއްވަން އައު ރަށަށް ވަޑައިގަންނަވާ ވާހަކަ ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 10:49
ރައީސް ޑރ.މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

''އާދައިގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރަން ކިހިނެތްތޯ ހަދާނީ''؟ މިއީ މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލު ކުރެއްވުންތަކުގައި ރައްޔިތުން އެންމެ ގިނައިން ކުރަމުންދާ އެއް ސުވާލެވެ. ރައްޔިތު މީހާގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. އެކަން އާދިއްތަ ދުވަހު ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުން ވެސް ފެނިގެން ދިޔަ އެވެ.

އޮކްސިޖަން ގުޅާފައި އިން ކޮއްކޮ އެއްގެ ގޮވައިގެން އެ ބައްދަލުމަށް ގޮސް އިން، އޭނާގެ ދައްތަ އަސަރާއެކު ބުނެފައިވަނީ ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒާ ބައްދަލު ކުރަން ބޭނުންވެ، އެކަމަށް އެދި ގިނަ އަދަދެއްގެ ސިޓީ ރައީސް އޮފީހަށް ހުށަހެޅި ވާހަކަ އެވެ. މިހާތަނަށް އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭ ކަމަށާއި، ރައީސް އޮފީހަށް ގޮސް ވާހަކަ ދައްކައިގެން ވެސް އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.

އަޅުގަނޑުގެ ކޮއްކޮ އާ ބެހޭ ގޮތުން ރައީސްއާ ވާހަކަ ދައްކާލަން އެޕޮއެންޓްމަންޓެއް އަކަށް އެދި ރައީސް އޮފީހަށް ވާނެ ވަރަށް ގިނައިން ސިޓީއެއް ލާފައި. އެކަމަކު ރައީސް އޮފީހުން ޖަވާބެއް އެއްވެސް ވަރަކަށް ނުލިބޭ. މަނިކުފާނު ވެރިކަމަށް އައިސުރެ އަޅުގަނޑު މިދަނީ ސިޓީ ލަމުން. ދެން އަޅުގަނޑުގެ ސުވާލަކީ މިހާރު އަޅުގަނޑު އާދައިގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރަން ކިހިނެތްތޯއޭ ހަދާނީ. އެއީ އެޕޮއެންޓްމަންޓަކަށް އެދުނީމަ ޖަވާބެއް ނުލިބޭ. އެކޮޅަށް ގޮސްފައި ވާހަކަ ދެއްކީމަ އެއްވެސް ކަހަލަ ސޮލިއުޝަން އެއް ނުލިބޭ. އަޅުގަނޑުމެންނަކީ އެއްވެސް ސިޔާސީ ޕާޓީއާ އުޅޭ ބައެއް ނޫން. ކޮއްކޮ އަކީ އޮކްސިޖަން ގުޅާފައި ހުރި ކުއްޖެއް.
ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ހިޔާލުފާޅު ކުރި އަންހެނެއް

މިއީ ކޮއްކޮ ގެ ހައްގުގައި ދައްތައަކު ކުރި އާދެހެވެ. މިފަދަ އެތައް ރައްޔިތުންނެއް މިގައުމުގައި އުޅެ އެވެ. އެކި މީހުން އެކި ކަންކަމުގަ އެވެ. އެއްބަޔަކު ސިއްހީ ފަރުވާއަށެވެ. އަނެއް ބަޔަކު ބޯހިޔާވަހިކަމަކަށެވެ. އަނެއް ބަޔަކު އަދުލްއިންސާފަށެވެ. މިހެން ގޮސް އެތައް އެތައް ކަމަކަށެވެ. ސަލާން ޖެހުމުގެ ސިޔާސަތާއެކު ގިނަ ރައްޔިތުން ރައީސް މުއިއްޒާ ބައްދަލު ކުރަން ބޭނުންވެ އެކަމަށް ވެސް އެދި އާދޭސް ކުރަނީ އެވެ.

ރައްޔިތުންގެ މިޝަކުވާ އަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށާއި، ގުޑްގަވަރނަންސް ގައި ރައްޔިތުންނާ ބައްދަލު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ރެއާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރާތީ ވަގުތު ވެސް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ބެކްލޮގް ފިލުވާލައި 3 ދުވަހުގެ ތެރޭގައި ރައްޔިތު މީހާ ފޮނުވާ ސިޓީއަށް ޖަވާބު ދެއްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިފަހުން މުސާރާގެ މައްސަލާގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ހުށަހަޅާފައިވާ އެއްވެސް ޕެޓިޝަންއަކަށް ރައީސް އޮފީހުގެ ފަރާތުން ޖަވާބު ދީފައިނުވެ އެވެ. ގޯއްޗާއި، ފްލެޓުގެ މައްސަލާގެ ސިޓީތަކަށް ވެސް ޖަވާބެއް ނުދެ އެވެ.

ދެން ވީ ވަރަކުން މި ބައްދަލު ކުރަމުން މިދަނީ. އަޅުގަނޑު ކުރިން ރޭ ވެސް ދެންނެވިން ރައީސް އޮފީހުގައި އަޅުގަނޑާއެކީގައި ހަމަ ކޮންމެ ދުވަހަކު ބައްދަލުވާ ނޫނީ އަޅުގަނޑާ އެކީގައި މަސައްކަތް ކުރާ މިނިސްޓަރު ލެވަލްގެ ބޭފުޅުން ތިއްބަވާނެ. ހަމަ އަޅުގަނޑާ ބައްދަލު ކުރަން އެދޭ ބޭފުޅުން އެއްބަސްވެލައްވަންޏާ އޭގެން ބޭފުޅަކާއެކީގައި ބައްދަލު ކޮށްލާފައި އެ ވިދާޅުވާ ވާހަކަ ވިދާޅުވީމަ އެދުވަހުން އެދުވަހަށް އަޅުގަނޑާ ހަމައަށް އެކަމެއް ގެނެސްދެއްވާނެ. ގެނެސްދިނީމަ ހަމަ އެކަމަކަށް އޮންނަ އުސޫލުގެ ތެރެއިން ގެނެވެން އޮތް ހައްލެއް ގެނެސްދޭނަން. އެހެންވީމަ އަވަހަށް ބައްދަލުކުރައްވަން ބޭނުންވާނަމަ އަޅުގަނޑާ ބައްދަލު ކުރަން ނަންނޯޓު ކުރެއްވީމަ އަޅުގަނޑުގެ ރައީސް އޮފީހުގެ މިނިސްޓަރަކާއެކު ކޮންމެ ދުވަހަކު އަޅުގަނޑާއެކު މަސައްކަތް ކުރާ ރައީސް އޮފީހުގެ މިނިސްޓަރަކާ ބައްދަލު ކުރެވޭ ގޮތް ހަދައިދޭނަން. އެބޭފުޅާ އެކަމެއް ގެނެސްދޭނެ. އަޅުގަނޑާ ބައްދަލު ކުރަން ބޭނުންވާނަމަ އަޅުގަނޑަށް ވަގުތު ވީ ވަރަކުން އަޅުގަނޑު އެކަން ކޮށްދޭނަން.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ފުރަތަމަ ދުވަހުން ފެށިގެން ވެސް މިނިސްޓަރު ލެވަލްގެ ބޭފުޅުންނާ ބައްދަލު ކުރެވޭ ގޮތް ހަމަޖައްސައިދިން ނަމަ މިހައި ބޮޑު ބެކްލޮގެއް ނޯންނާނެ އެވެ. މި ވެރިކަމުގެ މިހާތަނަށް ރައްޔިތުން ފޮނުވާ ސިޓީތަކާއި، ހުށަހަޅާފައިވާ ގިނަ ޕެޓިޝަންތަކަށް ޖަވާބު ނުލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަދުވެގެންތޯ ވެސް މިއަދު ރައްޔިތުން ސުވާލު އުފައްދަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް އޮފީހުގެ ހަމައެކަނި މީޑިއާ ސެކްޝަންގައި ވެސް 50ށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި، ގިނަ އަދަދެއްގެ މިނިސްޓަރުން ރައީސް އޮފީހުގައި އުޅުއްވަ އެވެ. އެބޭފުޅުން ރައީސް އޮފީހުގައި ކުރާނެ މަސައްކަތެއް ނެތި، ސަރުކާރު ހިއްސާވާ ޓީވީ ޗެނަލްއެއްގައި މަސައްކަތް ކުރާ ކަމަށް އިތުބާރު ހުރި ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

ގުނާ އަދަދު ނުކުރެވޭ މިންވަރަށް ސިޔާސީ މަގާމުތަކުގައި ބޭފުޅުން ތިއްބެވިއިރު، ސިޓީތަކާއި، ޕެޓިޝަންތަކަށް ރައީސް އޮފީހުން ޖަވާބު ނުދެނީ ހަގީގީ މާނައިގައި މައްސަލަތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ބޭނުންނުވާތީ އެވެ. އަދި ރައީސް މުއިއްޒު ހަފްތާއަކު 3 ނުވަތަ 4 ރޭ މިނިސްޓަރުން ގޮވައިގެން ފުޓްބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވާ ވާހަކަ ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އެމަނިކުފާނަށް ރައްޔިތުންނާ ބައްދަލު ކުރައްވަން ވަގުތު ހަމަނުވަނީތޯ މިއީ އުފެދޭ ސުވާލެކެވެ!

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންނާ ބައްދަލުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު