Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަރުއީ ނިޒާމު

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

ރިޔާސީ ކެމްޕެއިންގަ މުއިއްޒު ވަނީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފަ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މީހަކާ މެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ވަންދެން ކަމަށް .ރައީސް މުއިއްޒު ކެމްޕެއިންގައި ވާނުވާ ބަންދު އުވާލުމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނަމަވެސް، ދެ އަހަރު ފަހުން މިހާރު ވިދާޅުވަނީ ވާނުވާ ބަންދުގައި ތިބީ ނުރައްކާތެރި ކުއްވެރިންކަމަށާއި ރައްޔިތުން އެބަންދު އުވާލަން ބޭނުންނުވާކަމަށް ވިދާޅުވެފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2025 | ހުކުރު 14:22
ރައީސް މުއިއްޒު: ވެރިކަމަށް 2 އަހަރު ވީ އިރު، ވާނުވާ ބަންދާ ބެހޭ ގޮތުން ރައީސް މުއިއްޒު ކިޔުއްވި ލަވަ މުޅިން ބަދަލު ވެއްޖެ

ރައީސް މުއިއްޒު: ވެރިކަމަށް 2 އަހަރު ވީ އިރު، ވާނުވާ ބަންދާ ބެހޭ ގޮތުން ރައީސް މުއިއްޒު ކިޔުއްވި ލަވަ މުޅިން ބަދަލު ވެއްޖެ

ރައީސް މުއިއްޒު އަކީ ރާއްޖޭގެ ތާރީހުގައި ވެސް ރިޔާސީ ކެމްޕެއިނެއްގައި އެންމެ ގިނަ ކަންކަމުގައި ގަދަބަސް ވިދާޅުވުމަށްފަހު، ވެރިކަމަށް އަރާވަޑައިގެން އެންމެ ގިނަ ކަންކަމުގައި އުނބަށް ޖެއްސެވި ރައީސުލްޖުމްހޫރިއްޔާ ކަން ދިވެހި ގައުމުގެ ރައްޔިތިންގެ އިތުރުން ޖުމްހޫރީ މައިދާނުގައި އެވާ ބޮޑު ދިދަ ވެސް ހެކިވާނެ އެވެ. ނުފުއްދޭނެހާ ވައުދުތައް ވަމުން ގެންދެވީ ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން ވެސް ދިވެހި ގައުމުގެ ވެރިކަމަށް އަތްގަދަ ކުރުމަށެވެ.

ކޮންމެހަކަސް ދޮގުގެ ބޮޑެތި ޖާޑިތައް ފުރާލުމަށް ފަހު އެމަނިކުފާނު ވެރިކަމާ ހަވާލު ވެއްޖެ އެވެ. ވެރިކަމަށް 2 އަހަރު ވީ އިރު ވެސް އެމކަނިކުފާނު އުޅުއްވަނީ އެއްކަލަ ދޮގު ޖާޑި ތަކުން ސަލާމަތް ނުވެވިގެންނެވެ. ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓުވުން، ރައީސް ޔާމިން މިނިވަން ކުރުން، އިންޑިޔާ އައުޓް ކުރުން، ރައީސް މުއިއްޒުގެ އަމަލުތައް މިހާރު ހުރީ، މިވާހަކަ ތަކަކީ އޭރު ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކެއްކަން ވެސް ގަބޫލުކުރަން ދަތިވާ މިންވަރަށެވެ. ނިއްކުރިފުޅު މައްޗަށް ހަމަ އެެންމެ ރުލެއްވެސް އަރުވާ ނުލާ ބޮޑެތި މާސިންގާ ދޮގުތައް ހައްދަވަމުން ގެންދަވަނީ ނިކަން ހުނަރުވެރިކަމާ އެކުގަ އެެވެ.

ޕީއެންސީ ގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެފަ އެވެ. ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މީހަކާ މެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ވަންދެން ކަމަށެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ އެތައް ޕޯޑިއަމް އެއްގައި މިފަދައިން ވާހަކަ ދައްކަވާ، ވަނުވާ ބަންދު އުވާލުމަކީ އެހާވެސް ފަސޭކަމެއްކަން ރައްޔިތުންނަށް ވިސްނާ ދެއްވާފަ އެވެ. އަދި ކުރީ ސަރުކާރަށާއި މުޅި އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމަށް ސާބިތުނުހިފޭ އެތައް ތުހުމަތެއް ކުރައްފާވާފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ވައުދުވެ އައި މި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު މައްސަލަ ހައްލު ކުރަން ފެންހިފޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި މި ސަރުކާރަށް ދެ އަހަރު ވެފައިވާއިރު، މިކަމާ ގުޅިގެން ރައީސް މުއިއްޒު އޭރު ކިޔުއްވި ލަވައިގެ ޅެން އަދި ރާގު ވެސް ވަނީ އެއްކޮށް ބަދަލުވެފަ އެވެ.

ތަފާތު ކަންކަމުން ރެކޯޑް ހަައްދަވަަން ފޯރި ހުންނަ ރައީސް މުއިއްޒު ވަނީ ވާނުވާ ބަންދާ ގުޅޭ ގޮތުން އެކި އިރު އެކި ވާހަކަ ދައްކަވައިގެން އެތައް ރެކޯޑެއް ހައްދަވާފަ އެވެ. ވެރިކަމުގެ ކެމްޕެއިން ދުވަސްވަރު ވާނުވާ ބަންދު އުވާލުމުގެ ވާހަކަ ވިދާޅުނުވެ ރައީސް މުއިއްޒުގެ އެއްވެސް ބައްދަލުވުމެއް ފުރިހަމަ ނުވާކަމަށްވެ އެެވެ. ނަމަވެސް ހުރިހާ އާރަކާއި ބާރަކާއި އެއްކޮށް ވެރިކަމަަށް ވަޑައިގެން ގެންދެވީ މިކަމާ ގުޅޭ ސުވާލުތަކުން ރެކެވެން އޮތް ގޮތަކަށް ރެކެވަޑައި ގަތުމުންނެވެ. ދައްކަވަނީ މުޅިން އެހެން ވާހަކަ އެެކެެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ގެންދަވަނީ ވަނުވާ ބަންދު އުވާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމެއްގެ ގޮތުގައި ދެއްކެވުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ. ވާނުވާ ބަންދު އުވާލުމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެމަނިކުފާނު ދައްކަވަނީ ކޯޓް ކޮމްޕްލެކްސް އަޅާ ވާހަކަ އާއި ކޯޓުތަކުގެ އިދާރީކަންކަން ރަނގަޅު ކުރުމުގެ ވާހަކަ އެވެ. ދެ އަހަރު ދުވަހު ހަނު ހުންނެވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދު ގެ މައްސަލަ ހައްލު ކުރަން ޖުޑީޝިއަރީ އިން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ރައީސް މުއިއްޒު މި ވަނީ ވާނުވާ ބަންދު އުވާލުމަށް ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށް ދެއްކެވުމުގެ ގޮތުން އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. މާފަންނު ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ވާނުވާ ބަންދުގަ ތިބި ފަރާތްތައް ދޫކޮށްލުމަށް ރައްޔިތުން ބޭނުންވޭތޯ ސުވާލުކުރައްވާފަ އެވެ. އަދި ވާނުވާ ބަންދުގަ މިހާރު ތިބި މީހުންގެ ތަފާސް ހިސާބުތައް ވިދާޅުވެ، ވާނުވާ ބަންދުގައި މުޅީންވެސް ތިބީ ނުރައްކާތެރި ކުއްވެރިން ކަމަށް ވިދާޅުވެފަ އެވެ. ސުވާލަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ވަނުވާ އުވާލަން ރައީސް މުއިއްޒު ވިދާލުވި އިރު ވަނުވާ ބަންދުގައި ތިބީ މިސްކިތްތަކުގެ އިމާމުންނާއި ދީނީ އިލްމުވެރިންތޯ އެވެ. ނޫނީ އޭރު ވާނުވާ އުވާލަން ގަދަބަސް ވިދާޅުވަމުން ގެންދެވިއިރު ވަނުވާ ބަންދުގައި ތިބީ އެއްވެސް ކުށެއް ނެތް މައުސޫމް ފަރާތްތަކެއްތޯ އެވެ.

ކޮންމެހަކަސް ޔަގީންވާ ކަމަކީ އާދައިގެ މަތިން މިކަމުގަ ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވި ލަވަ މިހާރު މުޅިން އެއްކޮށް ބަދަލުވެ، ލަވައިގެ ޅެން ވެސް ފަރިއްސަކަށް ބަދަލުވެ ނިމިއްޖެ ކަމެވެ.

ރައީސް މުއިއްޒުރިޔާސީ ކެމްޕެއިންޝަރުއީ ނިޒާމުވާނުވާ ބަންދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު