Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ. މުހައްމަދު މުއިއްޒު

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިލްސިލާގޮތެއްގައި ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކަށް ބަލާލުމުން ސާފުވާ އެއްކަމެއް އެބަ އޮތެވެ. ރައްޔިތުންގެ އުދާސްތައް ހުރީ ފުނިޖެހިފަ ކަމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޑިސެމްބަރު 2025 | ހޮނިހިރު 16:01
ރައީސް މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ރައީސް މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިލްސިލާ ގޮތެއް ގައި ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަށް ބަލާލުމުން ސާފުވާ އެއްކަމެއް އެބަ އޮތެވެ. ރައްޔިތުން ގެ އުދާސްތައް ހުރީ ފުނިޖެހިފަ ކަމެވެ. މި ބައްދަލުވުންތަކަކީ ސަރުކާރު ގެ ނިޔަނެތި ކަމާއި މޮޅުކަން ފެންނަ ބައްދަލުވުންތައް ކަމަށް ދައްކަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ކަން ހިނގާނީ އެއާއި ދިމާ އިދިކޮޅަށެވެ. މާފަންނުގައި ބޭއްވި ބައްދަލުވުމަށް އެކަނި ނިކަން ބަލާލާށެވެ.

އާއްމުންނާއި ހިސާބަށް ރައީސް އައުމުން ދައްކަނީ ހައްތަހާ ވެސް ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. ކަންބޮޑުވުމަކަށް ދޫކުރާނެ ކަންބޮޑުވުމެއް ނެތެވެ. މާލޭގެ ޓްރެފިކްގެ ވާހަކަ ދައްކާ މީހުން ދައްކަނީ އެކަމުގައި އިހުމާލުވަމުންދާ މިންވަރެވެ. ކަންކަން ހިންގުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ރައްޔިތުން އެ ދަނީ ސާފުކޮށް ކިޔާދެމުންނެވެ. މާލޭގައި އެކި ސަރަހައްދުގައި ހުރި އަޅާ ނުލެވި ހުރި ކަންކަމުގެ ވާހަކަ އާއްމުން ބަންޑުންކޮށްލީ ފުލުފުލުގަ އެވެ.

އާއްމުންގެ މެސެޖު ވަރަށް ސާފެވެ. އާއްމުން ބުނީ މިއީ ހެޔޮ ވެރިކަމެއް ނޫން ކަމަށެވެ. ވެރި މީހާގެ ކުރި މަތީގައި އެ ބުނަނީ މި ވެރިކަމުގައި ކަންކަން ރަނގަޅު ނޫން ކަމުގެ ވާހަކަ އެވެ. އާއްމު މީހަކު ބުނާތީ އަޑު އެހީމެވެ. "ސަރުކާރަށް 5 % ވެސް ނުލިބޭނެ" އެވެ. އޭނާ ދެއްކީ މެމްބަރުންނާއި ކައުންސިލްގެ ހައްގުގައި މަސައްކަތް ނުކޮށް އާއްމުންނަށްޓަކާ މަސައްކަތްކުރުމުގެ މުހިންމުކަމުގެ ވާހަކަ އެވެ. ބައެއް އާއްމުން ސަރުކާރާއި މެމްބަރުން ކޮބާތޯ ތަކުރާރުކޮށް ސުވާލު ކުރި މަންޒަރު ވެސް ފެނުނެވެ. އެހާ ވެސް އާއްމުން ތިބީ މާޔޫސްވެފަ އެވެ.

ދެން، އާދޭހާ އެކު ދެެއްކި ވާހަކަ އަކީ ބޭސް ނުލިބުމުގެ ވާހަކަ އެވެ. އެކަން ހައްލުކޮށްދިނުމަށް އެދި ސަލާން ޖެހި ކިތަންމެ އާއްމުންނެއް ތިއްބެވެ. ހަމައެހެންމެ މާލޭގައި ބުލަލުގެ އުނދަނގުލުން ސަލާމަތް ނުވުމުގެ ވާހަކަ ވެސް އެތައް އާއްމުންނެއް ދެއްކި އެވެ.

ދެން އޮތް ވާހަކަ އަކީ ބިން ހިއްކުމުގެ ވާހަކަ އެވެ. މި ކުރަނީ، މި ނިމެނީގައި މި ވެރިކަމުގައި އެ މަސައްކަތް ދިގުދަންމާލާފައިވުމުން މި ސަރަހައްދުން ބިން ލިބުނު އެތައް ބަޔަކު ތިބީ މާޔޫސްވެފަ އެވެ. އެ މަސައްކަތް ނުނިމި ގޯއްޗަށް އެދިގެން ތިބި އެތައް ބަޔަކު މިހާރު ވެސް ކެތްމަދުވެފައި ތިބިކަން އާއްމުންގެ ބަހުން އެނގެ އެވެ.

މިކަހަލަ ިތަންމެ ކިތަންމެ ވާހަކަ އެއް މި ބައްދަލުވުންތަކުން ފެނެ އެވެ. އެކަމަކު އެވަރުން ވެސް ސަރުކާރުން ބުނަން ބޭނުމީ އާއްމުން ހަމަ ހެޕީ ކަމަށެވެ. އެ ރައްޔިތުންގެ އުދާހެއް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުމާފަންނު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް

06 ޑިސެމްބަރު 2025
އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު