Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިންނަށްވީ ވައުދު

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

މަސްވެރިންނަށް ބޮޑެތި ވައުދުތަކާ އެކު ވެރިކަމަށް އައި މުއިއްޒު ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ކަންކަން އުއްމީދު ކުރި ގޮތަށް ނުހިނގާތާ އެކަންކަން ކައިރި ހިސާބެއްގައި ފަސޭހައިން ހިނގާފާނެ ކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތް.

ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 16:56
ސަރުކާރުން ވައުދު ނުފުއްދާތީ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ބައިވެރިން ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރަނީ - 10 ޑިސެމްބަރު 2025

ސަރުކާރުން ވައުދު ނުފުއްދާތީ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ބައިވެރިން ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރަނީ - 10 ޑިސެމްބަރު 2025

މިއީ ހުރިހާ ކަމެއްގެ ހައްލު ދިވެހިންނަށް ހޯދައިދޭން އައި ސަރުކާރެކެވެ. ކުރިން ކަން ހިނގަމުން އައި ގޮތް މުޅިން ގޯސްވެ ކަންކަން ރަނގަޅު ކުރަން އައި ސަރުކާރެކެވެ. ދައުލަތުގެ ޚަރަދުތައް ބޮޑުވާ ވާހަކަ އާއި ދަރަނީގެ މައްސަލަ އާއި މިހެން ގޮސް ރަނގަޅު ކުރަން ހުރި ހުރިހާ ކަމެއް ރަނގަޅު ކުރާނެ ގޮތުގެ ހައްލު އަތުގައި އޮވެގެން ވެރިކަމަށް އައި ސަރުކާރެކެވެ. އެހީގެ ކަންކަން ހުރީ ހަމަޖެހިފައި ކަމަށާއި، ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ކަމުގެ މަގާމާ ހަވާލުވުމުގެ ކުރިން ސީދާ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް ދެ އަހަރު ފުރި ތިން ވަނަ އަހަރުގެ ދުވަސްތައް ގުނަން ފެށި އިރު ކަންކަން ހިނގަމުން މިދަނީ އުއްމީދު ކުރި ގޮތާ ގާތަކަށް ވެސް ނޫނެވެ. ބައެއް ކަންކަން ހުރީ ވައުދުވި ގޮތައް ރޮލަށެވެ. މީގެ ތެރޭގައި މަސްވެރިނަށް ވީ ވައުދުތައް ވަކިން ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

މަސްވެރިންގާތު ކެނޑި ފޮނި

19 އޯގަސްޓް 2023 ގައި މުލަކުއަތޮޅު ދިއްގަރު އޮތް ޖަލްސާ ގައި މުއިއްޒު ވައުދުވީ، ކަނޑުމަހުގެ ކިލޯއަކަށް 20ރ. އަށް ގަންނަ އަގު ބެހެއްޓުމަށާއި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަ ގޮތަށް ހަމަޖެއްސުމަށާއި، ބޮޑު ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ބެހެއްޓުމަށާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭގޮތަށް ހަމަޖެއްސުމާއި، މަސްވެރިންނަށް ދޫކުރާ ތެޔޮ އެސްޓީއޯގެ ބޭސް ރޭޓްގައި ބެހެއްޓުމާއި، ފަސޭހަ އިން އައިސް ލިބޭ ގޮތަށް ހަމަޖެއްސުމެވެ. އަދި އޭގެ އިތުރުން މިފްކޯގެ ވިޔަފާރީގައި އައިޕީއޯ ނުވަތަ މަސްވެރިންގެ ހިއްސާ ހިމަނާނެ ކަމަށް ވެސް ވައުދުވި އެވެ. އައިޕީއޯ އަކީ "އިނީޝިއަލް ޕަބްލިކް އޮފަރިންގ" ނުވަތަ ސަރުކާރުގެ ކުންފުންޏަކުން އެ ކުންފުނީގެ ހިއްސާ ޢާއްމުކޮށް ވިއްކުމަށް ހުޅުވާލުމެވެ.

2023ގެ ކެމްޕޭން ވައުދުގެ ފަހުން، ބޮޑު ކަންނެލި މަސްވެރިންނާ އެކު ސެޕްޓެމްބަރ 2024 ގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު، 5 ޑިސެމްބަރ 2024 ގައި މަސްވެރިންނާ އެކު ރައީސް އޮފީހު ގައި އިތުރު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމު ގައި ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށާއި މިއީ 2023 ވަނަ އަހަރުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ވައުދު މަތިން ހަނދުމަފުޅު ނެތިފައި ހުއްޓާ މަސްވެރިން އެކި ގޮތްގޮތުން ނުރުހުން ފާޅު ކުރަން ފެށުމުން 48 ގަޑިިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސަން ނިންމި ނަމަވެސް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގައި އެ ވިދާޅުވި ގޮތައް ފައިސާ ލިބުނީ ބޭންކް އޮފް މޯލްޑިވްސް ގައި ބޭންކް އެކައުންޓްތައް ހުރި ފަރާތްތަކަށެވެ. އިސްލާމިކް ބޭންކް ގައި އެކައުންޓް ހުރި ފަރާތްތަކަށް ފައިސާ ލިބުމަށް ދަތިވިއެވެ.

ކަނޑު މަހުގެ އަގު 20ރ. ގައި ބަހައްޓާނޭ ކަމަށް ވީ ވަޢުދަށް 2 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދާއިރު އެ ވައުދަށް ވީ ގޮތެއް ނޭނގެއެވެ. އެނގޭ އެއްޗަކީ މިފްކޯ އިން މަސް ގަންނަނީ އެ އަގުގައި ނޫން ކަމުގައެވެ. އޭގެ ބަދަލުގައި މިފްކޯ އިން މަސް ގަންނަނީ ބޭރުގެ މާރުކޭޓް ގައި މަހުގެ އަގު ހުންނަ ވަރާއި އެކްސްޕޯރޓް އަގަށް ބަލައިގެން ކަމުން 1 ޖުލައި 2024ން ފެށިގެން އެވްރެޖް ގޮތެއްގައި މިފްކޯ އަށް މަސް ގަންނަ އަގު ހުރީ ކިލޯ އެއް 16ރ. އަށެވެ.

ވެރިކަމުގެ ދެ އަހަރު ނިމި ތިންވަނަ އަހަރު ފެށުނު އިރު ވެސް މިފްކޯ އިން ބޮޑު ކަންނެލި ގަންނަން ފަށާފަ އެއް ނެތެވެ. އަދި ބޮޑު ކަންނެލި ގަންނަން ޖެހޭނެ ރަސްމީ އަގެއް ވެސް ކަނޑައަޅާފަ އެއް ނެތެވެ. ވީމާ ބޮޑު ކަންނެލި ގަންނައަގު ކިލޯ އެއް 80ރ. އާއި 100ރ. އާ ދެމެދު ބަހައްޓާނޭ ކަމަށް ވިދާޅުވި ނަމަވެސް އެ އަގުގައި ގަންނަން ފަށާނެ ދުވަހެއް ވެސް ނޭނގެއެވެ. ގައިމުގެ ފާއިތުވި ދެ އަހަރު އެ ވިދާޅުވި އަގަށް ކަންނެލި ގަތް ނަމަ މަސްވެރިންނަށް އެކަށީގެންވާ އެއްޗެއް އޮންނާނީ ލިބިފަ އެވެ. އޭގެ ބަދަލުގައި ލިބުނީ ބޮޑެތި ގެއްލުމެވެ.

މިފްކޯ ގެ ހިއްސާ މަސްވެރިންނަށް ދޫކުރާނެ ކަމަށްވީ ވައުދުގެ ފަހުން ކަން ހިނގަމުން ދަނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. ކުރިން މިފްކޯގެ މައިގަނޑު ހިއްސާ އޮތް އެސްޓީއޯ ގެ ހިއްސާ ވަކިކޮށް މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ކުންފުންޏަކަށް ބަދަލުކޮށް، މަސްވެރިންނަށް ހިއްސާ ވިއްކާ ވާހަކަ ދައްކާތީ ގައިމު ވެސް އަޑެއް ނުއިވެއެވެ.

ރިޔާސީ ވައުދުވީ އިރު ހުންނެވި ރަށް މުލަކަތޮޅު ދިއްގަރަށް ސެޕްޓެމްބަރ 2025 ގައި ކުރެއްވި ޒިޔާރާތުގައި އޭގެ 2 އަހަރު ކުރިން ވީ ވައުދުގެ ތެރެއިން ކަނޑުމަސް ގަންނަ އަގު 20ރ. އަށް ދެމެހެއްޓެނެވި ގޮތެއްގައި ބަހައްޓާނޭކަމަށް ވިދާޅުވި ވިދާޅުވުން މުއިއްޒު ތަކުރާރު ކުރެއްވިއެވެ. އޭރު ކަނޑުމަސް ގަންނަ އަގު ހުރީ 16ރ. ގައެވެ. އެ ވިދާޅުވި ގޮތައް އެކަން ހިނގާނީ ކިހިނެއް ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެއެވެ.

ފައިދާވަމުން އައި މިފްކޯ ގެއްލުމުގައި ހިނގާ ތަނަކަށް ބަދަލުވެއްޖެ

މިފްކޯ ގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓުން އެނގޭ ގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް 298 މިލިޔަން ރުފިޔާ ފައިދާވި ނަމަވެސް، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް 165 މިލިޔަން ރުފިޔާ ގެއްލުންވިއެވެ. އެއީ 2023 ވަނަ އަހަރުގެ ފައިދާ އަށް ވުރެ 464 މިލިޔަން ރުފިޔާގެ ވިޔަފާރި ނަފާ ދަށަށް ދިޔުމެވެ.

2024 ވަނަ އަހަރު މިފްކޯ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.08 ބިލިޔަން ރުފިޔާ ކަމަށް ވާއިރު، 2023 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ އަށް 2.01 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ގައި ލިބުނު އާމްދަނީ އަށްވުރެ 933 މިލިޔަން ރުފިޔާ މަދު އަދަދެކެވެ.

2023 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން މި ކުންފުންޏަށް 250 މިލިޔަން ރުފިޔާ ދިން ކަމަށް ރިކޯޑު ކުރެވިފައިވާއިރު، 2024 ވަނަ އަހަރު ސަބްސިޑީޒްގެ ގޮތުގައި ދޫކުރަން ޖެހުނު ފައިސާ އިތުރުވެ 389.5 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ހިސާބު ކުރެވިފައިވެ އެވެ.

2024 ގެ ހިސާބުތަކުން އިނގޭ ގޮތުގައި މިފްކޯ ގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ނެތިގެން ބޭންކުން އޯވަރޑްރާފްޓްގެ ގޮތުގައި އެ އަހަރުގެ ނިޔަލަށް 584 މިލިއަން ރުފިޔާ ބޭންކުން ނަގާފައި ވުމުން، މިފްކޯ އަށް އިތުރު އާމްދަނީގެ ފުރުސަތާއި، ސަރުކާރުން 600 މިލިޔަން ރުފިޔާ އާއި ގާތްކުރާ މިންވަރެއް ދީގެން ބޭންކް އޯވަރޑްރާފްޓް ފިލުވައިދީގެން ނޫނީ 20ރ. އަށް މަސްގަތުމުގެ ޤާބިލުކަމެއް މިފްކޯ އަށް ލިބޭނެ ގޮތެއް ނޯންނާނެ އެވެ.

ފެންނަން އޮތް ހަގީގަތަކީ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ތެރޭ މިފްކޯގެ ހާލަތު ރަނގަޅު ކުރަން އެޅި އެއްވެސް ފިޔަވަޅެއް ނެތުމެވެ. އަހަރަކުން އަހަރަކުން ހަދަމުންދާ އޮޑިޓް ރިޕޯޓުން ހާލާތު ރަނގަޅުވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތުމެވެ. މިފްކޯގެ މިހާތަނަށް ވޭތުވެދިޔަ އަހަރުތަކުގެ ޖުމްލަ އެކިއުމިލޭޓެޑް ގެއްލުމުގެ ގޮތުގައި 1.04 ބިލިޔަން ރުފިޔާ ރެކޯޑް ކުރެވިފައިވާ އިރު، މިފްކޯގެ ކުރުމުއްދަތުގެ ދަރަނީގެ ގޮތުގައި 716 މިލިޔަން ރުފިޔާ އެބައޮތެވެ.

މިފްކޯ އަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި މަސައްކަތް ނުކުރެވި، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް 234 މިލިޔަން ރުފިޔާ ލިބެންޖެހި ނުލިބިވާއިރު، މީގެ ތެރެއިން 138 މިލިޔަން ރުފިޔާ އަކީ ކުންފުންޏަށް އަނބުރާ ލިބޭނެކަމުގެ ޔަޤީން ކަމެއް ނެތް އަދަދެކެވެ. އަދި މިއީ ޖުމްލަ ލިބެންޖެހޭ ފައިސާގެ 59% އެވެ. އެކި ފަރާތްތަކަށް ދަރަންޏަށް މަސް ވިއްކާ އެތައް އަހަރެއްވަންދެން ފައިސާ ނުލިބިވެ އެވެ. ޚާއްސަކޮށް ރާއްޖެ އިން ބޭރުގެ ފަރާތްތަކުން މަސްގަނެފައި ފައިސާ ނުދައްކާ ހުރި މައްސަލަތައް ވެސް ހުރި ގޮތައް ހުރީ އެވެ.

މިހިރަމިހަރަ މައްސަލަތައް ހައްލު ކުރަން ފިޔަވަޅު އަޅާ ތަނެއް ނުފެނެއެވެ. އެހެން އެކަން އޮތް އިރު، 20ރ. އަށް މަސް ގަންނާނީ ކިހިނެއްތޯ އެވެ؟ އެ ވިދާޅުވާ އަގަށް ކަންނެލި ގަންނާނީ ކިހިނެއްތޯއެވެ؟ އަދި އަމްދުން މިފްކޯގެ ހިއްސާ މަސްވެރިންނަށް ވިއްކާނީ ކިހިނެއްތޯ އެވެ؟

ރައީސް މުއިއްޒުމަސްވެރިންމަސްވެރިންގެ މުޒާހަރާމަސްވެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު