Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިން މިނިސްޓްރީ ރޯވި މައްސަލަ

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއަށް އަހަރެއް ވެފައިވާއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބު އޮތީ ފޮރުވާފައި. ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ބުނާއިރު އިންޑިއާގެ ފޮރެންސިކް ޓީމު ވެސް ރާއްޖެ އައި ކަމުގައިވިޔަސް އެ ޓީމުގެ ހޯދުންތައް ހާމައެއް ނުކުރޭ. މުހިންމު ލިޔެކިޔުންތަކާއި ކޮރަޕްޝަނާ ގުޅުންހުރި ހެކިތައް އަނދާ އަޅިއަށްވި އިރު ތަހުގީގު ނުނިމެނީސް އެތަން ސާފުކުރުމުން އެތައް ސުވާލެއް އެކަމުގައި އުފެދޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 09:23
ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން

ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއަށް އަހަރެއް ވެފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިއަދާ ހަމައަށްވެސް ވަނީ ފޮރުވާފަ އެވެ. މިކަން ވެފައިވަނީ ދައުލަތުގެ ބޮޑު ސިއްރަކަށެވެ. ނުވިތާކަށް މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވެސް މިހާރު ގަބޫލުކުރެވޭ ހިސާބަށް ގޮސްފި އެވެ. 

އަނދާ އަޅިއަށްވީ ހައުސިންގ މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މުހިންމު ލިޔެކިޔުންތައް ހުރި އިމާރާތުގައި އަލިފާން ރޯވެ އެތައް ލިޔުމެއް ގެއްލި އެތަންތަނުގައި ހިންގާފައި ހުރި ކޮރަޕްޝަނާއި ގުޅުންހުރި ލިޔުންތަކާއި ހެއްކިތައް އަނދާ އަޅިއަށްވީ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރުކަން ކުރެއްވި މިނިސްޓްރީ ހުންނަ ޓިނުން ހަދާފައި ހުރި އިމާރާތް ބިމާ ހަމަވީ އެވެ. 

އަލިފާން ފުރަތަމަ ރޯވީ ކަމަށް ފުލުހުން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ކަމަށެވެ. ނަމަވެސް އާންމުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ އަނެއް ދެ މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގުގަ އެވެ. ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވި ސަބަބު ހޯދުމަށް ފުލުހުން ތަހުގީގު ކުރަމުންދިޔަ ކަމަށް ބުނިއިރު، އެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހު ފުލުހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ކުރި ޕޯސްޓެއްގައި އެދިފައިވަނީ، މި ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.

ޑިސެމްބަރު 20 ވަނަ ދުވަހު ރާއްޖެ އައި އިންޑިއާގެ ފޮރެންސިކް ޓީމު ފުލުހުންގެ ޓީމާ އެކު ހަރަކާތްތެރިވުމަށްފަހު، ދެ ދުވަސް ފަހުން ޑިސެމްބަރު 22 ވަނަ ދުވަހު ފުރައިގެން ދިޔަ އެވެ. އެ ޓީމު އެހާ އަވަހަށް ރާއްޖެއިން ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން ނުބުނާއިރު، އެޓީމު ތަހުގީގަށް ކުރި މަސައްކަތުގެ ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. ތަހުގީގަށް އިންޑިއާގެ ޓީމު ރާއްޖެ އައިއިރު ރޯވި ދެ އިމާރާތާއި އެ ސަރަހައްދުގެ ބޮޑުބައެއް އޮތީ ސާފުކޮށްފަ އެވެ. ތަހުގީގު ނުނިމެނީސް އެތަން ސާފުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.

އިންޑިއާ ޓީމުން ހޯދީ މައުލޫމާތު ހާމަ ނުކުރިނަމަވެސް ތުންތުން މަތިން އެއިރު އިވުނު ވާހަކަތަކަށް ބަލާ އިރު، ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށްވި ސަބަބު މި ސަރުކާރު ވެރިކަމުން ނުފައިބަނީސް ހާމަކުރާނެހެން ހިއެއް ނުވެ އެވެ. ސަބަބަކީ އެ ޓިނު އިމާރާތުގައި 7 އަހަރު ދުވަހު ހިންގި ޖަރީމާތައް ކަމަށް އާންމުން ބުނަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެ ދުވަސްވަރު ރަށުތެރެރިން ބުނާތީ އަޑު އިވުނީ އެއީ ގަސްދުގައި ކުރި ކަމެކެވެ. އެތަނުގައި ރޯކޮށްލީ އެވެ. ސަބަބަކީ ތަހުގީގަކަށް ބޭނުންވެދާނެ މުހިންމު ލިޔެކިޔުންތަކެއް އެތަނުގައި ހުރުމުންނެވެ. 

މީގެ އަހަރެއް ކުރިން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެތަނުގައި ފޮރެންސިކުން ވެސް ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. މިދިޔަ 1 އަހަރު ތެރޭގައި ވެސް ފުލުހުން ދެނީ އެއް ޖަވާބެކެވެ. ތަހުގީގަށް ކުރިއެރުމެއް ލިބުނު ކަމެއް ވެސް އަދި ތަހުގީގު ނިމުނުތޯ ވެސް ރޯވީ ކޮން ސަބަބަކާ ހުރެކަން ވެސް އެންމެ ކުޑަމިނުން ބުނެ ނުދެވުނެވެ. 

ފުލުހުން ބުނީ ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އިންޑިއާގެ ޓީމާ ހިއްސާކުރި ކަމަށެވެ. އަދި ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ޓީމު އައި އިރުވެސް ސާފުކުރަން ފަށާފައި އޮތް ސީނުން ހޯދޭނެ އެއްޗެއް ނޯންނާނެކަން ހަމަބުއްދި ހުރި ކޮންމެ އިންސާނަކަށް ވެސް ގަބޫލުކުރެވޭނެ އެވެ. އަލިފާން ރޯވުމާއި، އަވަސް އަރުވާލައިގެން އެތަން ސާފުކުރަން އުޅުމުން އެކަމުގެ ފަހަތުގައި ލައްކަ ކަންކަން ފޮރުވިފައިވާ ކަމާ މެދު ޝައްކު ވެސް ކުރެވޭނެ އެވެ. ނުކުރެވެންވީ ސަބަބެއް ނެތްތާ އެވެ. 

އެ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ ތަފްސީލުވެސް ސަރުކާރުން ވަނީ ފޮރުވާފަ އެވެ. ފޮރުވާފައި ކަމަށް ބުނެވެނީ އަހަރެއް ވެގެން ދިޔަ އިރު ވެސް އަލިފާނޭ ކިޔައިގެން ވެސް އެވާހަކަ ސަރުކާރުން ވެސް ފުލުހުން ވެސް ނުދައްކާތީ އެވެ. ސަރުކާރުގެ ތިން ވުޒާރާ އެނދި މައްސަލަ މާ ބޮޑު ކަމަކަށް ވެގެން ރައްޔިތުންގެ މަޖިލީހުން ވެސް މާބޮޑު އަޅާލުމެއް ނެތެވެ. އެހެން ނޫނިއްޔާ މަޖިލިސް ވެސް ހީވާނީ ކުކުޅު ކޮއްޓަކަށް ކާން އެޅީމާ އުޅޭހެނެވެ. 

ދައުލަތުގެ ލިޔެކިޔުމާއި މުދާ ނެތިގެން ދިޔަ ސަބަބު ކަމުގައިވާ އަލިފާންގަނޑު ރޯވި ސަބަބު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ އެކަމާއި ގުޅޭ މާ ބޮޑު ތަފްސީލެއް ދޭން ނޫޅެނީ ކަމަށް ވެދާނެ އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާއި އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހޯދި ހޯދުންތަކާ ގުޅޭގޮތުން ފާއިތުވިތަނުގައި ކުރި އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެ އެވެ. 

ދެން އުފެދޭ ސުވާލަކީ ހަގީގަތުގައި ވެސް ފޮރުވަންޖެހޭ އެއްޗެއް އޮތީތޯ އެވެ. އަނދައި ދިޔައީ ދައުލަތުގެ މުދަލާއި ލިޔެކިޔުންތަކެވެ. ރިކަވަރ ވެސް ކުރެވެން ނެތީ އެވެ. މިއީ ހަމަ އެހާ ވެސް ފަރުވާކުޑަކޮށްލަންވީ ކަމެއްތޯ އެވެ. ނުވަތަ އަޑިނޭނގޭ ކަންތައްތަކެއް ހަމަ ހުރީހެއްޔެވެ. 

އަލިފާނުގެ ހާދިސާހައުސިންގް މިނިސްޓްރީރައީސް ޑރ. މުހައްމަދު މުއިއްޒުއަލީ ޝުޖާއުއިންޑާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު