Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

އދ.އަތޮޅުގެ ޗެމްޕިއަންކަން ކުނބުރުދޫ އަށް

ކުނބުރުދޫ ދެން ކުޅެން ޖެހޭނީ މުބާރާތުގެ ޒޯން ބުރުގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 14 އެޕްރީލު 2017 | ހުކުރު 23:16
މަންދޫ އަދި ކުނބުރުދޫ ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން

މަންދޫ އަދި ކުނބުރުދޫ ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އދ.އަތޮޅުގެ ޗެމްޕިއަންކަން ކުނބުރުދޫއިން ހޯދައިފި އެވެ.

ކުނބުރުދޫ ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހު ހަވީރު އެއަތޮޅު މަހިބަދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗް ކުނބުރުދޫއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީވެސް ކުނބުރުދޫއިން ނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މަންދޫގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 24 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝަފްރާޒް އެވެ. މި ލަނޑަށް ފަހުގައިވެސް އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ކުނބުރުދޫން ފަށައިގަތީ ކުޅުން އިތުރަށް ވަރުގަދަ ކޮށްގެންނެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފަ އެވެ. 49 ވަނަ މިނެޓުގައި އަލީ ނިޝާހް ގެ ލަނޑުން ލީޑު ފުޅާކުރިއިރު 55 ވަނަ މިނެޓުގައި އަހްމަދު ރަޒްނީ ވަނީ ކުނބުރުދޫގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މަނދޫއަށް މެޗުގައި ސުން ކަނޑުވާލަ ދިނީ 65 ވަނަ މިނެޓުގައި އާދަމް ލަރީފް ކާމިޔާބުކުރި ލަނޑުންނެވެ.

ފާއިތުވި އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި އދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަހިބަދޫއިންނެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު