Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯލް ފިއެސްޓާ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

ގްރޭޑް 3 ގެ ބައިން ޗެމްޕިއަންކަން ހޯދީ ބިލަބޮންގް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 23:06
ފުޓްބޯލް ފިއެސްޓާގެ ތެރެއިން

ފުޓްބޯލް ފިއެސްޓާގެ ތެރެއިން

ސޮކާ ވެޓަރެންސާއި މައިލޯ ގުޅިގެން ކުރިއަށްގެންދާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ހޮނިހިރު ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ފިއެސްޓާގެ ގްރޭޑް 2 ގެ ބައިން ޗެމްޕިއަންކަން ކަލާފާން ސްކޫލުން ހޯދިއިރު، ގްރޭޑް 3 ގެ ބައިން ޗެމްޕިއަންކަން ހޯދީ ބިލަބޮންގް ހައި އިންޓަރނޭޝަނަލެވެ.

ފިއެސްޓާގެ ގްރޭޑް 2 ގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ އިބްރާހިމް އިސްމާއިލް އެވެ. ގްރޭޑް 3 ގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި 17 ސްކޫލަކުން 33 ޓީމު ބައިވެރިއިރު، ހުރިހާ ސްކޫލަކުން 594 ކުޅުންތެރިންވަނީ ބައިވެރިވެއެވެ.

ކުޑަކުދިންގެ ހިތުގައި ފުޓްބޯޅައިގެ ލޯބި ޖައްސާ، ފުޓްބޯޅައިގެ ފޯރި އެކުދިންގެ ކިބައިގައި އާލާކޮށް ދިރުވާ، އެއްމާހައުލެއްގައި ގިނަ ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ މި ފިއެސްޓާގައި މިއަހަރު ބައިވެރިވެފައިވަނީ 17 ސްކޫލަކުންނެވެ. ސޮކަ ވެޓަރެންސުން އަންނަނީ ކުޑަ ކުދިންނަށް ފުޓުބޯޅަ ދަސްކޮށްދިނުމަށާއި ކުޑަ ކުދިން ފުޓުބޯޅަ އަށް އަހުލުވެރި ކުރުމުގެ ގޮތުން ގިނަ ފެސްޓިވަލްތަކެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުންނެވެ.

މާލޭގެ ސްކޫލްތަކަށާއި އަތޮޅު ތެރޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގަމުން އަންނަ މި ފެސްޓިވަލްތަށް މިހާރު ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް ވެސް ފުޅާ ކުރެވިފަ އެވެ. މީގެ އިތުރުން މިއަހަރު އިތުރު އަތޮޅުތަކަށް މި ފެސްޓިވަލް ފުޅާ ކުރެވިގެންދާނެ ކަމަށްވެސް ސޮކަ ވެޓަރެންސުން މައުލޫމާތުދެ އެވެ. އެގޮތުން މިއަހަރު ނ. އަތޮޅަށާއި ގދ. އަތޮޅަށް ވެސް މިއަހަރު ފެސްޓިވަލް ގެންދާނެ ކަމަށް އެފަރާތުން ބުންޏެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި ގްރޭޑް ދޭއް އަދި ތިނެއްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު