Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއެފްސީ ފުޓްސަލް

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

ދަ ގޭންގުން ވަނީ މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 15:35
އައިލެންޑާސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނޭރެޝާން ސްޕޯޓްސް ކްލަބު (ދަ ގޭންގް)

އައިލެންޑާސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނޭރެޝާން ސްޕޯޓްސް ކްލަބު (ދަ ގޭންގް)

އައިލެންޑާސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނޭރެޝާން ސްޕޯޓްސް ކްލަބު (ދަ ގޭންގް) އިން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ދަ ގޭންގުން ހޯދީ ފައިނަލް މެޗުގައި ފްރެންޑް އޮފް ދިއްގަރު (އެފްއޯޑީ) އާއި ވާދަކޮށް 2-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، ދަ ގޭންގުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެފްއޯޑީގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ފެށިގެން ދެޓީމުން ވެސް ވަނީ ލަނޑެއްޖެހުމަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ގޭންގުގެ އަޔާޒު އަހުމަދު (އަޔާ) ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ އެފްއޯޑީ ސިއްސުވާލާފަ އެވެ.

ގޭންގުން ލަނޑެއްޖަހައި ފަހަތަށް ޖެހިލި ވަގުތު އެފްއޯޑީން ވަނީ ޓީމު އެއްކޮށް ކުރިއަށްޖެހި އިދިކޮޅު ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ ދެތިން ހަމަލާ ގޭންގުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

އެފްއޯޑީ ކުރިއަށްޖެހި ކުޅެމުންދިޔަ ވަގުތެއްގައި ގޭންގުގެ އިސްމާއިލް ނާޝިދު (ނާއްޓޭ) ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ.

މި ލަނޑާއެކު ގޭންގުގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެންދިޔަ ނަމަވެސް އެފްއޯޑީއަށް ވަނީ ލަނޑެއްޖަހާނެ ފުރުސަތެއް ނުލިބި މެޗުގެ ކުޅުން ނިމިގެން ގޮސްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގޭންގުގެ އިސްމާޢީލް ނާޝިދު (ނާއްޓޭ) އެވެ.

ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދާއި، ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު މުހައްމަދު އީސާގެ އިތުރުން ޓީމް ފްރޮމް މާސް ފުޓްބޯލް ކުލަބުގެ ޗެއާމަން ސުއާދު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދަ ގޭންގުގެ އަޔާޒް އަހުމަދު ހޮވުނު އިރު އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 7 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ދަ ގޭންގުގެ އަޔާޒު އަހުމަދާއި، އިސްމާޢީލް ނާޝިދުގެ އިތުރުން ޑީސީޖޭގެ އަލީ ހާފިޒާއި، އިބްރާހީމް ރިފްއަތުގެ އަދި އެފްއޯޑީގެ ހުސެއިން އަހުމަދެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޑީސީގެ އަބްދުﷲ ހުނައިނެވެ. މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ ދިންއިރު، ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު