Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޓްރީޓް ސޮކާ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ދެވަނަ އަށް ދިޔަ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 19:54
ސްޓްރީޓް ސޮކާ 2017 ގެ ތެރެއިން

ސްޓްރީޓް ސޮކާ 2017 ގެ ތެރެއިން

ސްޓްރީޓް ސޮކާ 2017 ގައި ޕެނަލްޓީ ޖަހައިގެން އެފްސީ ފެލްކަން ބަލިކޮށް މަރަދޫ އަށް ނިސްބަތްވާ ޑީސީ ސްޕޯޓްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހަން ދެޓީމަށް ވެސް ވަނީ ފުރުސަތުތައް ލިބިފައެވެ. ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާ އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ފަލްކަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމަށް މެޗުގެ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ނުލިބެއެވެ. މީގެއިތުރުން ޑީސީ އަށް ވެސް ލީޑު ނަގަން މެޗުގައި ރަނގަޅު ފުރުސަތެއް ނުލިބެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު ވަނީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ 1-3 ގެ ނަތީޖާއިން ޑީސީ ވަނީ ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީސީގެ ހުސެއިން އުސެއިދް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޑީސީގެ ފަހުދުﷲ މުފީދު، ހުސެއިން އުސެއިދު އަދި އެފްސީ ފަލްކަންގެ އިބްރާހިމް މުހައްމަދު އާއި މުހައްމަދު ޝިފާހު އެވެ. އެންމެ މޮޅު ކޯޗަކަށް ޑީސީގެ ހުސެއިން ރަޝީދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެސްއެމްޓީގެ ހުސެއިން އައިކް އެވެ. މީގެއިތުރުން މުބާރާތުގެ ޓޮޕް ސްކޯރާއަށް ހޮވުނީ ޑީސީގެ އިބްރާހިމް މާޒް ސައީދު އެވެ.

މިއީ 2011 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މި އަހަރު ވެސް މުބާރާތުގައި 20 ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ އަށް ދިޔަ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު