Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސްކެޓް

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

ދެ ޓީމުގެ މީ ތިން ވަނަ ކުރިމަތިލުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 08:29
ޓީރެކްސްއާ ކިންގްސް ބީސީ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން

ޓީރެކްސްއާ ކިންގްސް ބީސީ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން

ތިން ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ ހޯދައިފިއެވެ.

ޓީރެކްސް ޗެމްޕިއަންކަން ހޯދީ މުޅިން އަލަށް ބާސްކެޓް މުބާރާތެއްގައި ވާދަކުރި ކިންގްސް ބީސީގެ މައްޗަށް 88-75 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 24-18 ޕޮއިންޓުން ލީޑުގައި އޮތީ ކިންގްސް ބީސީއެވެ.

ކިންގްސް ބީސީއަކީ ބާސްކެޓަށް މުޅިން އާވިޔަސް އެޓީމުގައި ތިބީ ބާސްކެޓުގައި ފާހަގަ ކުރެވޭ ވަރުގަދަ ކުޅުންތެރިން ތަކެކެވެ.

އެގޮތުން ކުރިން ރެޑްލައިނުން ފެނުނު މުހައްމަދު ޒިލާލާއި އަހުމަދު އަފްޝަން ރަޝާދު އަދި މުހައްމަދު ފިރާޝް ފާހަގަ ކޮށްލެވެއެވެ.

ދެ ވަނަ ކުއާޓަރު ފަށައިގެން ޓީރެކްސް އިން ލީޑު ނެގިއެވެ. އަދި ތިން ވަނަ ކުއާޓަރު ނިންމާލީ ވެސް ޓީރެކްސް ލީޑުގައި އޮވެ އެވެ.

ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މެޗުގައި ކިންގްސް ބީސީއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އެޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ ފައުލް ހަމަވުމުގެ ބިރާއި ކުރިމަތިލާންޖެހުނު ހިސާބުންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ޒިލާލާއި ރިޝްފާން ރަޝީދާއި ފިރާޝާއި ޓީރެކްސްގެ ޒަބީރު އަދި ދަ ބައުސްގެ އިބްރާހިމް ނަސީމެވެ.

މި މުބާރާތުގައި މީގެ ކުރިން ވެސް ދެ ޓީމު ބައްދަލުކޮށްފައިވެއެވެ. ފުރަތަމަ ބުރުގެ މެޗުން ޓީރެކްސް މޮޅުވީ 81-74 ޕޮއިންޓުންނެވެ. ދެ ވަނަ ބުރުގެ މެޗު ޓީރެކްސް ކާމިޔާބުކުރީ 78-67 ޕޮއިންޓުންނެވެ.

ބާސްކެޓުގެ ދުނިޔެއަށް އަލަށް ނުކުތް ކިންގްސް ބީސީ އަކީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް މުހައްމަދު (އިއްބެ) އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއިލް ރިޝާދު އިސްކޮށް ތިބެގެން އުފެއްދި ޓީމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު