Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ސާދަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 14 މާރިޗު 2017 | އަންގާރަ 17:07
ސްކޫލް ވޮލީ މުބާރާތުގެ ސޯޅަ އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ބ.ގޮއިދޫ ސްކޫލް

ސްކޫލް ވޮލީ މުބާރާތުގެ ސޯޅަ އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ބ.ގޮއިދޫ ސްކޫލް

މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ކޮލެޖް ވޮލީ މުބާރާތުގެ ސޯޅަ އަހަރުންދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ބ.ގޮއިދޫ ސްކޫލް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލް ހޯދީ ފައިނަލްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ގޮއިދޫ ސްކޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އަހުމަދިއްޔާ އިން ކާމިޔާބުކުރީ 25-14 އިންނެވެ. އަހުމަދިއްޔާ އިން ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް ގޮއިދޫ ސްކޫލުން ވަނީ މޮޅު ކުޅުމަކަށްފަހު ފަހު 3 ސެޓު ކާމިޔާބުކޮށްފަ އެވެ.

މި ސެޓުތައް ގޮއިދޫ ސްކޫލުން ކާމިޔާބުކުރީ 25-16، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ސްކޫލްގެ އައިމިނަތު އަފާފް އެވެ.

މި މުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އެ ސްކޫލް ޗެމްޕިއަންކަން ހޯދީ މުހްޔިއްދީން ސްކޫލާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓު 2 ސެޓުންނެވެ.

އަދި މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ މުހްޔިއްދީން ސްކޫލެވެ. އެ ސްކޫލް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގެ އިނާމް ދިނުމުގެ ހަފްލާ މިއަދު ބޭއްވުމަށް މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް މިދުވަސް ކޮޅު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ H1N1 ހުމުގެ ރޯގާއާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު