Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީ

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ތާޖުއްދީނަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 މާރިޗު 2017 | ހޯމަ 19:10
އިންޓަރ ސްކޫލް ކޮލެޖު ވޮލީ މުބާރާތުގެ ތެރެއިން

އިންޓަރ ސްކޫލް ކޮލެޖު ވޮލީ މުބާރާތުގެ ތެރެއިން

މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 14 އަހަރުންދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދިއިރު، އަންހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިއަށްދާ މި މުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ތާޖުއްދީން ހޯދީ މުހްޔިއްދީން ސްކޫލާ ވާދަކޮށް 3 ސެޓު 2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 22-25 އިން ކާމިޔާބުކުރީ މުހްޔިއްދޫން ސްކޫލުންނެވެ. އެހެން ނަމަވެސް ތާޖުއްދީނުން ވަނީ ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓު 25-18 އަދި 26-24 އިން ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ ހަތަރުވަނަ ސެޓު މުހްޔިއްދީން ސްކޫލުން ކާމިޔާބުކުރުމުންނެވެ. އެގޮތުން އެޓީމުން ވަނީ 25-18 އިން މި ސެޓު ކާމިޔާބުކޮށް ފަސްވަނަ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް ކުޅުނު މި ސެޓުގައި ތާޖުއްދީނުން ވަނީ މޮޅު ކުޅުމަކަށްފަހު 15-8 އިން މި ސެޓު ކާމިޔާބުކޮށް މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ އަހުމަދު ނާއިލް މުހައްމަދެވެ.

މި މުބާރާތުގެ ނަވާރަ އަހަރުންދަށުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ހޯދީ އާދިއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ 3 ސެޓް އަހްމަދިއްޔާ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-12، 25-15 އަދި 25-11 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އަޙްމަދިއްޔާ ސްކޫލްގެ އައިމިނަތު ޝަހާ ޝާމިން އެވެ.

މިމުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ހުރިހާ އުމުރުފުރައެއްގެ ކުޅުން ނިމުމުން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު