Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޮރިޝަސްގެ ކަނޑަށް ތެޔޮ ބޯޓެއް ބަންޑުންވުން

މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި

މޮރިޝަސް މިއަދު މިވަނީ "ސްޓޭޓް އޮފް އެންވަޔަރމަންޓަލް އިމަރޖެންސީ" އެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 10:07
ތެޔޮތައް ލީކުވެފައިވާ ސަރަޙައްދުގައި އާންމުންވެސް ވަނީ ހަރަކާތްތެރިވެ، ކޯސްޓްގާރޑުންނަށް އެހީތެރިކަން ފޯރުކޮށްދީފައި

ތެޔޮތައް ލީކުވެފައިވާ ސަރަޙައްދުގައި އާންމުންވެސް ވަނީ ހަރަކާތްތެރިވެ، ކޯސްޓްގާރޑުންނަށް އެހީތެރިކަން ފޯރުކޮށްދީފައި

އިންޑިއަ ކަނޑުގެ ޖަޒީރާ ޤައުމެއްކަމަށްވާ މޮރިޝަސް މިއަދު މިވަނީ "ސްޓޭޓް އޮފް އެންވަޔަރމަންޓަލް އިމަރޖެންސީ" އެއްގައެވެ. ތިމާވެށީގެ ކާރިސާއަކަށް އެ ޤައުމު ވެއްޓިފައި މިވަނީ ދާދި ފަހުން ޖަޕާނުގެ ތެޔޮ ބޯޓެއް މޮރިޝަސްގެ ފަރަކަށް އަރައި، ތެޔޮ ބޯޓު ބަންޑުން ވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވި ނުރައްކަލާއި ގުޅިގެންނެވެ.

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޯޓު ފަރަށް އަރައި، ބޯޓުގައި ހުރި ތެޔޮތައް ލީކުވާން ފެށުމާއެކު، އެ ޤައުމުގެ ކޯސްޓްގާރޑާއި، ކަމާބެހޭ ފަރާތްތަކުން އޭރު ވަނީ ބޯޓުގައި ހުރި ތެޔޮތައް އިތުރަށް ލީކުވިޔަނުދީ ތެޔޮތައް ބޯޓުން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެންމެ ފަހުން އާދިއްތަ ދުވަހު އިވިގެން ދިޔަ ޚަބަރަކީ 4000 ޓަނުގެ ތެޔޮ ހިފައިގެން ދިޔަ ޖަޕާނުގެ މި ބޯޓު (އެމްވީ ވަކަޝިއޯ) ބައިބައިވެ، ބޯޓުގެ ބައިތައްވެސް އޮޔާދާން ފެށި ޚަބަރެވެ.

މިހާރުވެސް 1000 ޓަނަށްވުރެ ގިނަ ތެޔޮ އެ ސަރަޙައްދުގެ ކަނޑުގެ ތެރެއަށް ލީކުވެފައިވާއިރު، 11 އޯގަސްޓުގެ ނިޔަލަށް ކުރި ދިރާސާތަކުން މިހާތަނަށް 27 ސްކޮޔަރ ކިލޯމީޓަރުގެ ސަރަޙައްދަކަށް ތެޔޮތައް ފެތުރިފައިވާކަމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އަރސާ ސްޕޭސް ސިސްޓަމްސްއިން ބުނެފައިވެއެވެ. އެގޮތުން މި ޑާޓާތަކަކީ ސެޓެލައިޓް އިމޭޖްތައް މެދުވެރިކޮށް އެ ސަރަޙައްދު ބެލި ބެލުމުން ހޯދިފައިވާ ބައެއް ޑާޓާއެވެ.

މޮރިޝަސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ފަރުތަކެއް ލިބިފައިވާ ޤައުމެކެވެ. އެހެން ނަމަވެސް، މި ޙާދިސާއާ ގުޅިގެން މޮރިޝަސްގެ އެތައް ހާސް ކަނޑުގެ ދިރުންތަކަކަށް އޭގެ އަސަރު ކުރާނެކަމަށް މިވަނީ ބެލެވިފައެވެ. އެއާއެކު ނިމިދިޔަ ހަފްތާގައި އެ ޤައުމުން ވަނީ ތިމާވެށީގެ ކާރިސާއެއް އިއުލާނުކޮށް، އެކަމުގައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީއަށްވެސް އެދިފައެވެ. އަދި މޮރިޝަސްއަކީ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަންޒިލެއް ކަމަށްވުމާއެކު، މި ޙާދިސާއާ ގުޅިގެން އެ ޤައުމުގެ އިޤްތިސާދަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އޭގެ އިތުރުން، ބޯޓު އުރިފައިވަނީވެސް މަދުން ނޫނީ ނުފެންނަ ކަނޑުގެ ދިރުންތަކަކުން މުއްސަނދިވެފައިވާ ސަރަޙައްދަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ސަރަޙައްދަކީ ބައިނަލްއަޤުވާމީ ކޮންވެންޝަނެއްގެ ދަށުން ހިމާޔަތް ކޮށްގެން ބަލަހައްޓަމުންވެސް ދިޔަ ސަރަޙައްދެކެވެ.

މޮރިޝަސްގެ އެންވަޔަރމެންޓަލް އިންޖިނިޔަރެއް ކަމަށްވާ ވަސެން ކައުޕެމުތޫ ވިދާޅުވީ، ކަނޑުގެ އައްސޭރިއާ ކައިރީގައި ދިރިއުޅޭ އާބާދީތަކަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ސަރަޙައްދުގެ ވައި ތަޢައްޔަރުވެފައިވުމާއެކު، ނޭވާލާއިރުވެސް ތެލުގެ އަސަރު ފޯރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ސިއްޙީ އެތައް މައްސަލައެއް ފެންމަތިވާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އޭރުވެސް ބޯޓުގައި ގާތްގަނޑަކަށް 90 ޓަނުގެ ތެޔޮ ހުއްޓެވެ. ދިރާސާކުރާ ފަރާތްތަކުން ސިފަ ކުރަނީ މިއީ އެ ސަރަޙައްދުގެ ޙާލަތު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ރަނގަބީލެއްގެ ގޮތުގައެވެ.

މޮރިޝަސްއަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް އެކި ޤައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންވެސް ވިދާޅުވީ، "ތިމާވެއްޓަށް ލިބޭ ގެއްލުމަކީ އެންމެންނަށްވެސް ލިބޭ ގެއްލުމެއް" ކަމަށެވެ. އެއާއެކު މޮރިޝަސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.

އޭގެ އިތުރުންވެސް ގިނަ ޤައުމުތަކަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު، އަވައްޓެރި އިންޑިއާއިންވެސް އާދިއްތަ ދުވަހު ވަނީ މޮރިޝަސްއަށް އެހީވުމަށް އެ ޤައުމުގެ ތަޖުރިބާކާރު ޓީމެއް ފޮނުވާފައެވެ. އަދި ޓީމާއެކު 30 ޓަނުގެ ޓެކްނިކަލް ސާމާނުތައްވެސް އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ. މިކަމުގައި މޮރިޝަސްއަށް އެހީތެރިވުމަށް ގިނަ ޤައުމުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

13 ޖުލައި 2022
އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

26 ޖޫން 2022
ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

13 ޖޫން 2022
އެވިއޭޝަން ސިކިއުރިޓީ ކޮމާންޑް ޔަތީމުކޮށްލީތަ؟

އެވިއޭޝަން ސިކިއުރިޓީ ކޮމާންޑް ޔަތީމުކޮށްލީތަ؟

28 ޑިސެމްބަރު 2021
އިއްޒަތާއި އަބުރު ސެކިއުރިޓީ ކޯޑެއްގެ ފަހަތުގައި ރައްކާކޮށްގެން ތިބެވޭކަށެއް ނެތް

އިއްޒަތާއި އަބުރު ސެކިއުރިޓީ ކޯޑެއްގެ ފަހަތުގައި ރައްކާކޮށްގެން ތިބެވޭކަށެއް ނެތް

15 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު