ކ. މާލެ
|
13 ޖޫން 2022 | ހޯމަ 17:32
މި ސަރުކާރުން ގެންދަނީ ކުރީ ސަރުކާރުން ވެސް ނަގާފައި ހުރި ދަރަނިތައް ވެސް ދައްކާ ހަލާސް ކުރަމުން
މި ސަރުކާރުން ގެންދަނީ ކުރީ ސަރުކާރުން ވެސް ނަގާފައި ހުރި ދަރަނިތައް ވެސް ދައްކާ ހަލާސް ކުރަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
 
މިސަރުކާރުން އިހައްދުވަހަކު ވަނީ 2017 ވަނަ އަހަރު، އޭރު ނަގާފައި އޮތް ސަނީސައިޑް ބޮންޑް އެކީގައި ދައްކައި ނިންމާފައި
 
2018 އިން 2022 އަށް މިދޭތެރޭގައި ދަރަނި ބޮޑުވެފައި ހުރީ 12.19 އިންސައްތައިގައި
 
މި އަހަރުގެ ޖީ.ޑީ.ޕީ. ގްރޯތް 13 ޕަސެންޓުގައި ހިފެހެއްޓޭނެ

ދުނިޔޭގެ އެކި ގައުމުތަކުން އެގައުމުގެ އިގްތިސާދީ ހަރަކާތް ހިންގުމަށާއި، ތަރައްގީގެ ކަންކަން ކުރުމަށް ތާފާތު ގޮތްގޮތުން މާލީ އެހީތެރިކަން ހޯދައެވެ. އެއީ ދިގު މުއްދަތަކަށް ދައްކަން ޖެހޭ ލޯނެއް ނަމަވެސް އަދި ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ނަމަވެސް އެކަން އޮތީ އެހެނެވެ. ނަމަވެސް ދަރަނި ނަގާއިރު ނުވަތަ ލިބިގަންނަ އިރު ވެސް އެ ދައްކަން ހަމަޖެހިފައިވާ ގޮތަކާއި ދެއްކޭނެ ގޮތަކާއި އަދި އޭގެ ކުޑަ ބޮޑު މިނާއި، އިންޓްރަސްޓް ރޭޓަށް ބަލަން ޖެހެއެވެ.

މީގެ އިތުރުން އެ ނަގާ ލޯނަކުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ އާއި ދައުލަތުން އެ ދެއްކޭނެކަމުގެ ގާބިލްކަން އޮތް މިންވަރުވެސް ބަލަން ޖެހެއެވެ. ރާއްޖެއިން ދަރަންޏަށް ލޯނު ނަގަން ފެށީ ވަރަށް ފަހުންނެވެ. އެފުރުސަތު ލިބުނު ފަހުން އެކި ސަރުކާރުތަކުން އެކި ގޮތްގޮތަށް ދަރަނި ނަގާފައި އެބަހުއްޓެވެ. ބައެއްފަހަރު ނަގާފައި ހުރި ލޯނުތަކަކީ އެ ދައްކަން ތަކުލީފަކަށްވާން ޖެހޭ ކަހަލަ ލޯންތަކެކެވެ.

ކުރީގައި ކަން ހިނގާފައިވާ ގޮތާއި މިހާރާއި އަޅާ ބަލާނަމަ ވަރަށް ބޮޑެތި ތަފާތުތަކެއް ފެންނަން އެބަހުއްޓެވެ. މުޅި ދުނިޔޭގެ އިގްތިސާދު ހުޅުވާލެވިފައި އަދި އިގްތިސާދީ އެއްވެސް ދަތިތަކެއް ނެތް އިރު ވެސް ފެނިގެން ދިޔައީ ބޮޑު އިންޓްރެސްޓުގައި ލޯނު ނެގުމާއި ކުޑަ އަގެއްގައި ބޮންޑު ވިއްކަމުން ދިޔަ މަންޒަރެކެވެ.

މި ސަރުކާރަށް ކޮވިޑާއެކު 2 އަހަރު ގާތްގަނޑަކަށް ގެއްލިގެން ގޮސްފިއެވެ. އިގްތިސާދު ފުން އަނދަވަޅެއްގައި ބާއްވައިގެން ރައްޔިތުން ބަނޑަށް ނުޖައްސާ އަމާން އައްސޭރިއަކަށް ގެނެސްފިއެވެ. ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޑެޓް ފައިނޭންސިންގ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން 7.9 ބިލިއަން ރުފިޔާ ސަރުކާރުން ސިކުއަރ ކޮށްފިއެވެ. އަދި އިތުރަށް މި ބޭނުންވަނީ 2 ބިލިއަން ރުފިޔާ ހޯދާށެވެ. އެ މަސައްކަތް ކުރިއަށްދާ އިރު، ސުވާލަކީ، އެ ނުލިބިއްޖިއްޔާ ދެން ހަދާނީ ކިހިނެއްތޯ އެވެ. މިކަމަށް މިވަގުތަށް އޮތް ހައްލަކީ ނުވަތަ ކުރަންޖެހޭނެ ކަމަކީ، ބައެއް މަޝްރޫޢުތައް ހުއްޓާލުމެވެ. ޚަރަދުތައް ކުޑަކުރުމެވެ. ލިބޭ އެއްޗަކުން ދެކޮޅުޖެއްސުމެވެ. އެކަން ސަރުކާރުން ފަސް ނުޖެހި ކުރާނެއެވެ.

ކޮވިޑަށްފަހު ރަޝިއާ ޔޫކްރެއިން ހަނގުރާމައާއެކު، ތެލުގެ އަގަށް އައި ބަދަލު މިއީ އެންމެބޮޑު ބަދަލެވެ. ރައްޔިތުންނަށް ކަރަންޓް ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން، ސަބްސިޑައިޒް ކުރަމުން ދެއެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮތީ 341.5 މިލިއަން ރުފިޔާއެވެ. އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައެވެ.

އެހެން ނަމަވެސް، މިއައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހެއެވެ. މިއީ އިގްތިސާދީ ހީނަރުކަމެއް އައިސްފައިވާ މި ދަނޑިވަޅުގައި ކުރަން ދަތި އުނދަގޫކަމެއް ކަމަށް ނަމަވެސް، މި އަގުގައި މިގޮތަށް ސަރުކާރުން ދަނީ އެ ބުރަ އުފުލަމުންނެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

ދައުލަތުގެ އިޤްތިޞާދު ހުރީ ރަނގަޅު މިޞްރާބުގައެވެ. ކުރިއަށް އެބަދެއެވެ. އަދި މިއައި ބަދަލާ އެކީގައި ޚަރަދުތައް ބޮޑުވެގެންދިޔަ ނަމަވެސް، އެގޮތުން ފުރަތަމަފަހަރަށް 2023 ވަނަ އަހަރު ނިމޭއިރުގައި، ނޮމިނަލް ޖީ.ޑީ.ޕީ. 100 ބިލިއަން ރުފިޔާ ޚަރަދު ކްރޮސް ކުރާނެއެވެ. މިއީ ވަރަށްބޮޑު ކުރިއެރުމެކެވެ.  އަންދާޒާތައް ދައްކާގޮތުން، މި އަހަރުގެ ޖީ.ޑީ.ޕީ. ގްރޯތު 13 ޕަސެންޓުގައި ހިފެހެއްޓޭނެއެވެ. މިހާތަނަށް އައިއިރުގައި، އެގޮތަށް ދެމެހެއްޓިފައި އެބަހުއްޓެވެ.

ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި، ލިބޭނެކަމަށް އޭރު އަންދާޒާކުރީ 8.5 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް، މި 5 މަސް ނިމުނުއިރުގައި، 11.1 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ވަދެފައި އެބަހުއްޓެވެ. އެހެންވީމާ، އިޤްތިޞާދު ކުރިއަރާ މިންވަރު ރަނގަޅޭ ބުނެވިދާނެއެވެ. އެކަމަކުވެސް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިފަދަ އިތުރުވުމެއް އައިސްފައިވަނީ ވިސްނުންތެރިކަމާއެކު ގައުމު ހިންގަން ހުންނެވި މާލިމީގެ ދުރުވިސްނުމުގެ ސަބަބުންނެވެ.

ދެން އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ، ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ވާހަކައެވެ. 98 ނޫނީވިއްޔާ 99 ބިލިއަން ރުފިޔާ އެކިއުމިލޭޓެޑް ޑެފިސިޓް ޑެޓް އެރި ވާހަކައެވެ. މިއީ އެއްދުވަހަކުން ވެފައި އޮތް ކަމެއް ނޫނެވެ. މީގެ ކުޑަ ތަފްޞީލަކަށް ދާނަމަ، 2012 އިން ފެށިގެން 2022އާ ހިސާބަށް ދަރަނި ހުރިގޮތަށް ބަލާއިރު، 2012 ވަނަ އަހަރު ނިމުނުއިރު ދަރަނި ހުރީ 17 ބިލިއަނުގައެވެ. ދެން އައި ޑޮކްޓަރ ވަޙީދުގެ އެއް އަހަރު ނިމުނުއިރުގައި 23 ބިލިއަންއަށް ދަރަނި އެރިއެވެ. 2013 އިން 2018އާ ދޭތެރޭގައި 62 ބިލިއަންއަށް ދަރަނި އަރާފައި ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ހަމައެކަނި މިއަށް ބަލާއިރުގައި، 2013 އިން 2018 އަށް އިތުރުވެފައި މިއޮތީ 169 އިންސައްތައެވެ. މިއީ މި ސަރުކާރުގެ ކުރިން އެ ހޭދަކުރި 5 އަހަރުގެ ދަރަނީގެ ވާހަކައެވެ.

39  ބިލިއަން ރުފިޔާ، މުޅި ޖުމްލަ ޑައިރެކްޓް ބޮރޮއިންގއާއި، ސޮވެރިންގ ގެރެންޓީގެ ގޮތުގައި މިދިޔަ ސަރުކާރުން ނަގާފައި އެބައޮތެވެ. މި ސަރުކާރުން އަދި މިހާތަނަށް ނެގީ 37.4 ބިލިއަން ރުފިޔާއެވެ. އޭގެ ޕަސެންޓޭޖަކީ، 60 ޕަސެންޓެވެ. ކުރީގައި 169 އިންސައްތައެވެ. މިދިޔަ ދުވަސްކޮޅުގެ ތެރޭގައި 60 އިންސައްތައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ދަރަނި، އަހަރުން އަހަރަށް ބޮޑުވަމުންދިޔަ ނިސްބަތަށް ބަލާއިރުގައި، 2013 އިން 2018 އަށް އަހަރުން އަހަރަށް ދަރަނި ބޮޑުވެފައި ހުރީ 16.72 އިންސައްތައިގައެވެ. އެއީ އެއް އަހަރުން އަނެއް އަހަރަށެވެ. 2018 އިން 2022 އަށް މިދޭތެރޭގައި ބޮޑުވެފައި ހުރީ 12.19 އިންސައްތައިގައެވެ. އެހެންވީމާ، ލިބޭ އާމްދަނީ، ނިސްބަތުން ދަރަނި ބޮޑުވާވަރު ސަރުކާރަށް މިހިރީ ދަށްކުރެވިފައެވެ. 16 އިންސައްތައިން 12 އިންސައްތައަށެވެ. ޖީ.ޑީ.ޕީ.ގެ ނިސްބަތުން 2020 ވަނަ އަހަރު ނިމުނުއިރުގައި، 150 ޕަސެންޓަށް ދަރަނި އަރާފައި އެބަހުއްޓެވެ. މިއަދު 113 ޕަސެންޓަށް ދަށްކުރެވިފައި އޮތްކަމީ ރަނގަޅަށް ކަންކަން މެނޭޖްކުރެވޭ ކަމުގެ ހެއްކެކެވެ.

ދެން މިއަދު އުޅޭ އަނެއް ސުވާލަކީ، ދަރަނި ދެއްކުމުގައި ދަތިތަކެއް އުޅޭކަމުގެ ވާހަކައެވެ. ދަރަނި ނުދެއްކި، ރިޒަރވް ހުސްވެ، ބަނގުރޫޓުވުމަކާ ހިސާބަށް ރާއްޖެ ހިނގައިދާނެ ކަމުގެ ވާހަކައެވެ. މިއަދު ސަރުކާރުން ޔަޤީންކޮށް އަރުވަނީ އެހެންނުވާނެކަމުގެ ޔަގީންކަމެވެ. މިސަރުކާރުން އިހައްދުވަހަކު ވަނީ 2017 ވަނަ އަހަރު، އޭރު ނަގާފައި އޮތް ސަނީސައިޑް ބޮންޑް އެކީގައި ދައްކައި ނިންމާފައެވެ. އެއީ 250 މިލިއަން ޑޮލަރުގެ ބޮންޑެކެވެ. ނަގާފައި އޮތީ 2017 ވަނަ އަހަރުއެވެ. އޭގެ އެއްބައި މިދިޔަ އަހަރު ދެއްކުމަށްފަހުގައި، ބާކީއޮތް 58 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ދައްކާ ނިންމާފައެވެ.

ދެން އެންމެބޮޑު ޢަދަދެއް ސަރުކާރަކުން ދައްކަން ޖެހެނީ، 2026 ވަނަ އަހަރުއެވެ. އެއީ 600 މިލިއަން ޑޮލަރެވެ. އެއީ، ކުރިން އޭ.ޑީ.އެފް.ޓީ. އިން ނަގާފައި އޮތް 100 މިލިއަން ޑޮލަރަކާއި، 500 މިލިއަން ޑޮލަރުގެ ސުކޫކެވެ.

ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް މި ސަރުކާރުން ދަނީ ފައިސާ ޖަމާކުރަމުންނެވެ. އަދި ކުރިއަށްވުރެވެސް ރަނގަޅަށް އެބަ ޖަމާކުރެވެއެވެ. މިހާރު މިއަދާ ހިސާބަށް އައިއިރު، 4 ބިލިއަން ރުފިޔާ، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި އެބަހުއްޓެވެ. ސަރުކާރުގެ އަމާޒަކީ، 2026 ވަނަ އަހަރު އަންނައިރުގައި، 600 މިލިއަން ޑޮލަރު ދައްކާފައި، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމެވެ.

އެހެންވީމާ، ދަރަނި ދެއްކުމުގައި މިވަގުތަކު ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް ނުފެނެއެވެ. އޮފިޝަލް ރިޒަރވް، ހުސްވާނެ ކަމުގެ ވާހަކަ ދެއްކިއިރުގައި، 2009 ވަނަ އަހަރުން މިހާތަނަށް އައިއިރުގައި، 2009 ވަނަ އަހަރު ފެށުނުއިރު، 753 މިލިއަން ޑޮލަރު އޮފިޝަލް ރިޒަރވްގައި ހުރި އިރު، މިއަދު 807 މިލިއަން ޑޮލަރު އެބަހުއްޓެވެ. ހުސްވާނަމަ އަހަރަކަށްވުރެ އަހަރެއް ވާނީ މަދެވެ. އަދަދު އިތުރެއް ނުވާނެއެވެ. އެހެންވީމާ، ރިޒަރވްވެސް އެއްވަރެއްގައި އެބަ ހިފެހެއްޓެއެވެ.

ދެން ޔޫޒަބަލް ރިޒަރވްއަކީ މިހާރަކު ޢާންމުކުރާ އެއްޗެއް ނޫނެވެ. މިހާތަނަށް ޔޫޒަބަލް ރިޒަރވް ޢާންމުކޮށްފައި ހުރި ހިސާބަކީ 2013 އިން 2018އާ ހިސާބަށެވެ. 2018 ނިމުނުއިރުގައި ހުރީ 281.4 މިލިއަން ޑޮލަރުގައެވެ. އަދި ބައެއްފަހަރު އެ ޢަދަދު އެއަށްވުރެ ދަށްވެފައި އެބަހުއްޓެވެ. އެގޮތުން، 2017 ވަނަ އަހަރު 50 މިލިއަން ޑޮލަރަށްވުރެ ދަށަށް ޔޫޒަބަލް ރިޒަރވް ގޮސްފައި ހުރިތަން ފެނެއެވެ. މިހެން މިކަން އޮތްނަމަވެސް ކަންކަން ކުރަންދަންނަ މާލިމީން ތިބިނަމަ ސަލާމަތުން ނައު އައްސޭރި އަށް ގެންގޮސްދޭނެ ކަމަށް ބަލަމާ ހިގާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް
18 ޖުލައި 2022 | ހޯމަ 12:59
ޖަލީލު
ވަރަށް ފުރިހަމަ ލިއުމެއް
14 ޖޫން 2022 | އަންގާރަ 11:49
ޓެކްސް
މި އާޓިކަލްގަ ރާއްޖޭގެ ޓެކްސް ނިޒާމަށް އަލިއަޅުވާލި ނަމަ، ކިޔާ މީހުންގެ މައުލޫމާތު މުއްސަދިވީސް.
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ރައީސް ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު