Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޯލާރ އެނަރޖީ

ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

13 ޖުލައި 2022 | ބުދަ 17:36

ގައުމުމުގެ ޖަނަރޭޓަރުތައް ހިންގުމަށް ފިއުލް ނުވަތަ ޑީސަލް ގަތުމަށް އަހަރަކު 22 ބިލިއަން ޑޮލަރު ޚަރަދުކުރޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 ޖުލައި 2022 | ބުދަ 17:36
ނައިޖީރިޔާގައި 200 މެގަވޮޓްގެ ސޯލާރ އިންޖީނުގެއެއް ހެދުމަށް ބޭނުންވާ ސޯލާރ ގްރިޑްތައް

ނައިޖީރިޔާގައި 200 މެގަވޮޓްގެ ސޯލާރ އިންޖީނުގެއެއް ހެދުމަށް ބޭނުންވާ ސޯލާރ ގްރިޑްތައް

ދުނިޔޭގައި ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު އެފްރިކާގެ އެންމެ ބޮޑު އިގުތިސާދު އޮންނަ ނައިޖީރީއާ ފަދަ ބިޔަ ގައުމުތަކުންވެސް ސޯލާރ އެނަރޖީއާ ދިމާއަށް އެނބުރެންފަށާފައިވާކަމަށް ޚަބަރުލިބެއެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނައިޖީރިޔާއަކީ އަމިއްލަޔަށް ތެޔޮ އުފައްދާ ގައުމަކަށްވާއިރު، ނައިޖީރިޔާއަކީ ދުނިޔޭގައި 15 ވަނަޔަށް، އަދި އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. 2016 ވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން، އެގައުމުން ދުވާލަކު 1.9 މިލިއަން ފީފާ ބާޒާރަށް ނެރެއެވެ. އަދި އެ ގައުމުގެ ޖަނަރޭޓަރުތައް ހިންގުމަށް ފިއުލް ނުވަތަ ޑީސަލް ގަތުމަށް އަހަރަކު 22 ބިލިއަން ޑޮލަރު ނައިޖީރިޔާއިން ޚަރަދުކުރެއެވެ. އެތެރޭގެ ބޭނުންތަކަށް ދުވާލަކު 428000 ފީފާގެ ތެޔޮ ބޭނުންކުރެއެވެ.

އެގައުމުގައި 12،500 މެގަވޮޓްގެ ކަރަންޓް ދެވޭނެ ހަކަތައިގެ މައި ނިޒާމެއް ގާއިމްކޮށްފައިވީނަމަވެސް ޕީކް ގަޑިތަކުގައިވެސް މިހާރު ދޫކުރަނީ 4000 މެގަވޮޓް ކަމަށްވެއެވެ. އެހެންކަމުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށްވެސް ވަނީ ޑީސަލް އަޅައިގެން ހިންގާ ޖަނަރޭޓަރުތަކަށް ބަރޯސާވާންޖެހިފައެވެ. މިއާއެކު ސޯލާރ ކުންފުނިތަކުގެ އުފެއްދުންތަކާ ދިމާއަށް ދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ބައެއް ސޯލާރ ކުންފުނިތަކުން ބުނެފައިވާގޮތުގައި، ވަކި ގޭބިސީތަކަށް ބޭނުންކުރެވޭ "މިނީ ގްރިޑް" ނުވަތަ ކުޑަ ސޯލާރ ޕެނަލް އުފެއްދުމަށް ޑިމާންޑް އިތުރުވަމުންދާތީ ބައެއް ކަސްޓަމަރުން އަނބުރާ ފޮނުވާލަންވެސް އެބަޖެހެއެވެ. އެހާވެސް ވަނީ އެތަކެއްޗަށް ޑިމާންޑް އިތުރުވެފައެވެ.

ނައިޖީރިޔާގައި ޕެޓްރޯލަށް ސަބްސިޑީ ދިންނަމަވެސް ޑީސަލަށް ސަބްސިޑީއެއްނުދެއެވެ. އެހެން ކަމުން ޑީސަލްގެ އަގު ވަނީ ތިންގުނަ ބޮޑުވެ 800 ނައިރާ ނުވަތަ 1.93 ޑޮލަރަށް ލީޓަރެއް އަރާފައެވެ. ޑީސަލްގެ އަގު މިހާ ބޮޑުވެގެން ދިޔައީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާގުޅިގެންނެވެ.

މިއަހަރުގެ ކުރީކޮޅު ބެލިއިރު ނައިޖީރިޔާގައި ސޯލާރ ހަކަތަ ބޭނުންކުރެވޭ ނިސްބަތަކީ އެކެއް މެގަވޮޓެވެ. ނައިޖީރިޔާފަދަ އެހެން އިމަރޖިންގ މާރކެޓެއްކަމަށްވާ ދެކުނު އެފްރިކާގައި 8 މެގަވޮޓް ސޯލާރ ކަރަންޓް ބޭނުންކުރާކަމަށްވެއެވެ. މިހާރު ޚަބަރުލިބޭގޮތުން ނައިޖީރިޔާގައިވެސް ދަނީ ސޯލާރ ހަކަތަ ބޭނުންކުރާ މިންވަރު ފުރަތަމަ 6 މެގަވޮޓަށް އިތުރުކޮށް، އަދި އެއަށްފަހު ހަމަ މިއަހަރުތެރޭގައި 12 މެގަވޮޓަށް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. އަމާޒަކީ މާދުރުނޫން މުސްތަގްބަލެއްގައި 200 މެގަވޮޓްގެ ސޯލާރ ޕަވަރ ޕްލާންޓަކާ ހަމަޔަށް ޚިދުމަތް ގެންދިއުމަށްޓަކައި އެވަރުގެ ގްރިޑެއް، ދެކުނުގެ ޑެލްޓާ ސްޓޭޓް ސަރަހައްދުގައި ގާއިމްކުރުމެވެ. މިކަމަށްޓަކައި ބޭނުންވާ ސޯލާރ ޕެނަލްތަކާއި އެހެނިހެން އާލާތްތައް މިހާރު ދަނީ ތައްޔާރުކުރަމުންނެވެ.

ނައިޖީރިއާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން
05 އެޕްރީލު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

05 އެޕްރީލު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި
20 މާރިޗު 2024

ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

20 މާރިޗު 2024
ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟
28 ޑިސެމްބަރު 2023

ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

28 ޑިސެމްބަރު 2023
ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި
01 މާރިޗު 2023

ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

01 މާރިޗު 2023
ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި
01 މާރިޗު 2023

ނައިޖީރިއާގެ ރިޔާސީ އިންތިޚާބުގައި ބޮލާ ޓިނޫބޫއަށް ބޮޑު ލީޑެއް

01 މާރިޗު 2023
ނައިޖީރިއާގެ ރިޔާސީ އިންތިޚާބުގައި ބޮލާ ޓިނޫބޫއަށް ބޮޑު ލީޑެއް
05 ފެބުރުއަރީ 2023

ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!

05 ފެބުރުއަރީ 2023
ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!
03 ޖޫން 2022

ކޮމިކް ތީމްތަކަށް ހަދާފައިވާ ނައިޖީރިއާގެކަޅާ ހުދުގެ ރެސްޓޯރެންޓް

03 ޖޫން 2022
ކޮމިކް ތީމްތަކަށް ހަދާފައިވާ ނައިޖީރިއާގެކަޅާ ހުދުގެ ރެސްޓޯރެންޓް
09 މެއި 2022

ނައިޖީރިއާގެ "ދަ އިންކްރެޑިބަލް ކިޑްސް" ނަށަނީ ދިރިއުޅުން ބަދަލުކުރަން

09 މެއި 2022
ނައިޖީރިއާގެ "ދަ އިންކްރެޑިބަލް ކިޑްސް" ނަށަނީ ދިރިއުޅުން ބަދަލުކުރަން
08 މެއި 2022

ތެޔޮ އަގުބޮޑުވުމާއި ގުޅިގެން ނައިޖީރިއާގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލަނީ

08 މެއި 2022
ތެޔޮ އަގުބޮޑުވުމާއި ގުޅިގެން ނައިޖީރިއާގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް