Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގެމްބިއާ ރައީސް

ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!

ގެންބިއާގެ ކުރީގެ ރައީސް އެގައުމުގައި 23 އަހަރު ވެރިކަން ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 00:25
ގެމްބިއާގެ މިހާރު ރައީސް އެޑަމާ ބަރޯ

ގެމްބިއާގެ މިހާރު ރައީސް އެޑަމާ ބަރޯ

ގައުމެއްގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ފިހާރައެއްގެ ސޭޓުކަމާ، ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާ ކުރެއްވި ރައީސަކު ނުހުރެދާނެ އެވެ. އެހެން ނަމަވެސް ގެމްބިއާގެ މިހާރު ރައީސް އެޑަމާ ބަރޯ އަކީ އެފަދަ ބޭފުޅެކެވެ. ގެމްބިއާގައި ފިހާރައެއްގެ ސޭޓެއްގެ މަގާމު އަދާކުރެއްވި ނަމަވެސް ރިއަލް ސްޓޭޓު ދާއިރާއިން ކިޔަވާ ވިދާޅުވުމަށް ލަންޑަނަށް ވަޑައިގެން އެތަނުގައި ހުންނެވިއިރު އާމްދަނީ ހޯއްދެވުމަށް ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ދެ އަނބިކަބަލުން ގެންގުޅުއްވާ ބަރޯ ގެމްބިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެގައުމުގެ ވެރިކަމުގައި އޭރު ހުންނެވި ޔަހުޔާ ޖައްމާހުގެ މައްޗަށް ކުރި ހޯއްދެވީ 2016 ވަނަ އަހަރުއެވެ. ޔަހުޔާއަކީ އެގައުމުގައި 23 އަހަރު ވެރިކަން ކުރެއްވި ނުފޫޒު ގަދަ، ނަމަވެސް ކޮރަޕްޓް ބޭފުޅެކެވެ.

ބަރޯ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އޭރު ރައީސް ކަމުގައި ހުންނެވި ޔަހުޔާ ވެރިކަމުގެ ބާރުތައް ދޫކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އަދި ގަދަބާރުން ވެރިކަމުގައި ހުންނެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ބަރޯގެ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ދިޔުމުން އެމަނިކުފާނު ގެމްބިއާ ދޫކުރައްވައި ސެނެގޯލަށް ވަޑައިގަތެވެ. ރައީސް ކަމުގެ ގާނޫނީ ހުވާ ބަރޯ ކުރެއްވީ ސެނެގޯލުގައި ހުރި ގެމްބިއާގެ އެމްބަސީގައެވެ.

ރައީސް ބަރޯ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގެމްބިއާއަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތީ އޭރު ރައީސް ކަމުގައި ހުންނެވި ޔަހްޔާ ގޮތް ދޫކުރައްވާތޯ އެފްރިކަން ޔޫނިއަނުން އެތައް މަސައްކަތެއް ކުރައްވައި އެންމެ ފަހުން ގާނާ އާއި ސެނެގޯލުގެ ސިފައިންގެ ލަޝްކަރެއް ގެމްބިއާއަށް އެރުމަށް ތައްޔާރުވުމުންނެވެ. އޭރުގެ ރައީސް ޔަހުޔާ އެގޮތަށް ކަންތައް ކުރެއްވުމުން ބައިނަލްއަގްވާމީ މުޖުތަމައު އިން ރައީސް ޔަހުޔާއަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރިއެވެ.

ގެމްބިއާގައި އޭރު ހުންނެވުމަށް ފަހު ރައީސް ޔަހުޔާ ގައުމު ދޫކުރައްވައި ގާނާއަށް ވަޑައިގަތީ ބާރުތައް ބަރޯއަށް ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ޔަހްޔާ ގައުމު ދޫކުރައްވާ ވަޑައިގަތުމުން ބަރޯ ގެމްބިއާއަށް ވަޑައިގެން ވެރިކަން ކުރައްވަން ފެއްޓެވިއެވެ. އެހެން ނަމަވެސް ގައުމުގެ ބައިތުލްމާލުން ޔަހުޔާ 11 މިލިޔަން ޑޮލަރު ގެންދެވި ކަމަށް ބަރޯގެ ސަރުކާރުގެ އޮފިޝަލަކު ހާމަ ކުރެއްވިއެވެ.

މިއީ އިންތިހާބުތަކުން ނާކާމިޔާބު ވުމުން ގޮތް ދޫނުކުރައްވާ ވެރިންނަށް އަގުހުރި ފިލާވަޅެއް ކަމަށް ބައެއް ފަރާތްތަކުން އޭރުވެސް އަދި މިހާރުވެސް ގަބޫލުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު