Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަޑިއަށްދާ އަދި ފަރަށް އަރާ ބޯޓުފަހަރު

އަޑިއަށްދާ އަދި ފަރަށް އަރާ ބޯޓުފަހަރު ކަނޑު އަޑީގެ ޚަޒާނާތަކަށް!

28 އޯގަސްޓު 2021 | ހޮނިހިރު 17:07

މިފަދަ ހާދިސާތަކުގައި އޮޑި އެއޮތް ތަނަކަށް ދޫކޮށްލާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އޯގަސްޓު 2021 | ހޮނިހިރު 17:07
ފަރަށް އަރާފައި އޮތް ބޯޓެއް

ފަރަށް އަރާފައި އޮތް ބޯޓެއް

އޮޑިދޯނިފަހަރު ފަރަށް އެރުމާއި އަޑިއަށް ދިއުން ފަދަ ކަންކަމަކީ އަބަދުވެސް ދޭތެރެ ދޭތެރެއިން ހިނގާ ކަންކަމެވެ. ފަރަށް އަރާ ބޯޓުފަހަރުގެ ވާހަކަ އެންމެ ބޮޑަށް މިހާރު ދެކެވެމުން އަންނަނީ ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް ބޭރުގެ ބޮޑު ކާގޯ ބޯޓެއް އުރުމުންނެވެ. މީގެ ކުރިންވެސް، ފަރުވާ ކުޑަކުރެވުމުގެ ސަބަބުންނާއި، ގުދުރަތީ ގޮތުން ދިމާވާ ކަންކަމާއި ގުޅިގެން މިފަދަ ހާދިސާތައް ދިމާވެއެވެ. މީގެ އިތުރުން އެކި ކަންކަމާހުރެ އަޑިއަށް ފެތޭ ބޯޓުފަހަރުވެސް މަދެއް ނޫނެވެ.

އުޅަނދެއް ފަރަށް އެރުމުން، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީންނާއި، އަދިވެސް ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން އެ ހާދިސާއެއް ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އެ ބޯޓެއް ފުންކުރުމުގެ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް މީގެ ކުރިން ބޭނުންވާ ވަސީލަތްތައް މަދު އިރު، މިގޮތަށް ފަރަށް އަރާ ބޯޓުތައް ފުން ނުކުރެވި އަޅާނުލާ ދޫކޮށްލާ މަންޒަރު ފެނެއެވެ. އަދި ފުން ކުރަން ބޭނުން ނުވެގެން ފުން ނުކޮށް ދޫކޮށްލާ މަންޒަރު ވެސް ފެނެއެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ގާއިމްކުރުމަށް ފައްތާފައި ހުރި އުޅަނދުފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. އެކި ކަންކަން ދިމާވެގެން މޫދު އަޑިއަށް ފެތޭ ބޯޓުތައް އެ ފެތުނު ތަނެއްގައި އެ އޮތް ގޮތަކަށް ބާއްވައެވެ.

މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ އެކި ހާދިސާތަކުގައި ފަރަށް އެރި، ނުވަތަ އަޑިއަށް ދިޔަ ބައެއް އުޅަނދުތައް އަދިވެސް އެ ހުރި ތަންތަނުގައި ހުރީއެވެ. މި އުޅަނދުތައް އެ ހުރި ގޮތަށް ހުރެ، އެންމެ ފަހުން ބަދަލުވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓުއަރިސްޓު އެޓްރެކްޝަން ޕޮއިންޓަކަށެވެ. ދިވެހިރާއްޖެ އުފެދިފައި އޮންނަ ގޮތުން ރާއްޖޭގެ ފަރުތަކަކީ ފީނާލުމަށާއި، ޑައިވްކޮށްލުމަށް ހިތްގައިމު ތަންތަނެވެ. މިގޮތަށް އުރޭ އޮޑިދޯނިފަހަރުގެ ސަބަބުން އެ ތަންތަނުގެ ރީތިކަން ދެގުނައަށް އިތުރުވާތަން އާދެއެވެ. މޫދު އަޑިން ބަލާލަންވިޔަސް އަދި މަތިން ބަލާލަން ވިޔަސް މިގޮތަށް އުރިފައި އޮންނަ އޮޑިއެއްގެ ސަބަބުން އެ ތަންތަން އިތުރަށް ރީތިވެއެވެ.

މިގޮތުން މިވަގުތު ރާއްޖޭގައި ހުރި މިފަދަ ބައެއް ތަންތަނަށް ބަލާލާނަމަ ކ. އަތޮޅުގެ އުތުރުން ހުޅުލޭގެ ހުޅަނގުދެކުނަށް އަޑިއަށް ގޮސްފައި އޮތް ބޯޓާއި، ވ. ކެޔޮދޫ ކައިރިއަށް އުރިފައި އޮތް ބޯޓާއި، މައްޗަފުށި ކައިރިއަށް އުރިފައި އޮތް ބޯޓާއި، ޅ. އަތޮޅުގައި އޮންނަ ދަ ޝިޕްޔާޑް ފާހަގަކޮށްލެވެއެވެ. މި އުޅަނދުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ތަނެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކެޔޮދޫ ކައިރިއަށް އުރިފައި އޮތް ބޯޓެވެ. މި ބޯޓަކީ މީގެ އަހަރުތަކެއް ކުރިން އުރުނު އިންޑޮނޭޝިއާގެ ބޯޓެކެވެ. މިތަން ބަލާލުމަށާއި، މިތަނުގައި ފީނާލުމަށް ގިނަ ބަޔަކު ދެއެވެ. އަދި މިއީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެކެވެ. މިތަނަށް ގިނަ ބަޔަކު ދާ އެއް ސަބަބަކީ އެ ބޯޓުގެ އެއްބައި ފެނުގެ މަތީގައި އޮތުމެވެ. މިހެން އޮތުމުގެ ސަބަބުން ބޯޓު މައްޗަށް އަރައި ފޮޓޯ ނެގުމާއި، ބޯޓު މަތިން މޫދަށް ފުންމާލުން ފަދަ މަޖާ ކަންކަން ކުރެވެއެވެ.

މި ބޯޓުގެ އިތުރުން ހުޅުލޭގެ ހުޅަނގުދެކުނަށް އަޑިއަށްގޮސްފައި އޮތް ބޯޓަކީވެސް މި ސަރަހައްދުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މި ބޯޓު އޮންނަ ތަނަށް ވަނީ ވިކްޓްރީ ރެކްގެ ނަމުން ނަން ދީފައެވެ. މޯލްޑިވް ވިކްޓަރީގެ ނަން ދީފައިވާ މި ބޯޓު އަޑިއަށް ގޮސްފައިވަނީ ސިންގަޕޫރުން ރާއްޖެއަށް އައިސް ގާދޫކޮލުން އެތެރެވަނިކޮށް ހުޅުލޭ ފަރަށް އަރައިގެން 1981 ވަނަ އަހަރުގަވެ.

މީގެ އިތުރުން މައްޗަފުށި ކައިރީ ފަރުގައި އޮންނަ ބޯޓަކީ އެތަން ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ހެދުމަށް އަޑިއަށް ފުންކޮށްފައި އޮންނަ ބޯޓެކެވެ. މި ސަރަހައްދު ފާހަގަކޮށްލެވެނީ އެކި ބާވަތްތަކުގެ މަސް ގިނަ ސަރަހައްދެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ބަތްޕޮޅި މަހާއި، ފުފިކޮލި މަހުގެ އިތުރުން ފަންހާމަހުގެ އައިނުތައް އެ ސަރަހައްދުން ފެންނަލެއް ގިނައެވެ.

މީގެ އިތުރުން ޅަވިޔަނި އަތޮޅުގައި އޮންނަ ދަ ޝިޕްޔާޑުގެ ނަމުން ނަން ދީފައިވާ ސަރަހައްދުގައި ދެ ބޯޓެއް އޮވެއެވެ. މިތަނުން ބޯޓެއްގެ އެއްބައި މޫދުގެ މަތިން ފެންނަން އޮންނައިރު، އަނެއް ބޯޓު އޮންނަނީ އެއްކޮށް މޫދު އަޑީގައެވެ. މި ސަރަހައްދުގައިވެސް އެކި ވަތަރުގެ މަސް އާލާވެފައިވާއިރު، މި ސަރަހައްދު ފާހަގަކޮށްލެވެނީ ގިނަ އަދަދަކަށް މިޔަރު އާލާވެފައިވާ ސަރަހައްދެއްގެ ގޮތުގައެވެ.

މިގޮތަށް ފެތޭ ބޯޓުފަހަރުގެ ސަބަބުންނާއި، ފަރަށް އަރާ އުޅަނދުތަކުގެ ސަބަބުން ކަނޑު އަޑީގެ ދިރުންތަކަށް ލިބޭ ގެއްލުން ބޮޑެެވެ. މިފަހަކަށް އައިސް މިގޮތަށް ހިނގާ ހާދިސާތަކާއި ގުޅިގެން ބޯޓުގެ ވެރިފަރާތް ބޮޑު އަދަދުތަކުން ޖޫރިމަނާކުރާއިރު، މީގެ ކުރިން މިފަދަ ކަންކަމާ އެހާ ބޮޑަށް އަޅާ ނުލައި ވަނީ ދޫކޮށްލާފައެވެ. މިއީ ތިމާވެށިގެ ގޮތުން ބަލާނަމަ މާ ރަނގަޅު ކަމަކަށް ނުވިޔަސް މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާ ނުކުރެޔޭ ބުނުން ވާނީ ދޮގަކަށެވެ. ކަނޑުއަޑީގައި ހުރި މިފަދަ އާސާރީ ތަންތަނުގައި ޑައިވްކޮށްލައި، ފޮޓޯ ނަގާލަން އަންނަ މީހުން މަދެއް ނޫނެވެ. މިހާރު މި ތަންތަނަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ތަންތަނަށް ވަނީ ވެފައެވެ.

އަޑިއަށް ދާ އުޅަނދުފަހަރުއީޕީއޭ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް