Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަށާއިރު

ސެންޓަށް ވުރެ އުއްޗުއަށް ކަމުދަނީ ޒައިތޫނި ތެޔޮ!

އަބަދުވެސް ލަވަ އަޑުއެހުމަށް ވަރަށް ޝައުޤުވެރިކަން ހުންނަކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2019 | ބުދަ 09:55
ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)

ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ "ފަށާއިރު" ޕްރޮގުރާމަކީ ކޮންމެ ދުވަހެއްގެ ހެދުނު ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރާ ޕްރޮގުރާމެކެވެ. އޭގެ ޕްރެޒެންޓަރުންގެ ހުށަހެޅުމުގެ ވައްޓަފާޅިއަކީ އެންމެ ގިނަ ބައެއްގެ ތަޢުރީފު އެޕުރޮގުރާމަށް އޮހިގެންދާ އެއްކަންތަކެވެ. ބުދަ ދުވަހުގެ ޕްރޮގުރާމް ޚާއްޞަ ވެގެން ދިޔައީ، ޓީވީތަކުން ވަރަށް މަދުން ނޫނީ ނުފެންނަ މޫނެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ޚާއްޞަ ފެނިލުމުގެ ސަބަބުންނެވެ.

އިއްތިފާޤުން ނަމަވެސް މިދުވަސް ދިވާމީ އުއްޗުގެ 76 ވަނަ އުފަންދުވަހާއެވެ. ޕްރޮގުރާމުގަ އުއްޗު ވަނީ ވިޔަފާރީގެ ކާމިޔާބު ދަތުރުގެ ތަޖުރިބާގެ އިތުރުން، ޒާތީ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ. އެ ޕްރޮގުރާމު ބެލިއިރުގަ އަޅުގަނޑު އެންމެ ސަމާލުކަން ލިބުނު ސުވާލަކީ ޒީނަތްތެރިވުމާ ބެހޭ ގޮތުން ޕްރެޒެންޓަރު ކޮށްލި ސުވާލެވެ. ސެންޓު ބޭނުންކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުއްޗު ވިދާޅުވީ، އާދައިގެ މަތިން ސެންޓު ބޭނުން ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގަ ގިނަ ފަހަރަށް ބޭނުންކުރައްވަނީ ޒައިތޫނި ތެޔޮ ކަމަށެވެ.

އުއްޗު ސެންޓު ބޭނުން ނުކުރެއްވި ނަމަވެސް ސެންޓަކީ އެންމެ ގިނައިން ބައްލަވައިގަންނަވާ އެއް ހަދިޔާއެވެ. ޕްރޮގުރާމުގައި އުއްޗު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރެއްގަ މަންމައަށް ގެންނަ ޚާއްޞަ ހަދިޔާއަކީ "ސެންޓުފުޅި"އެއް ކަމަށެވެ.

މައިވަންތަ ގުޅުމަށް އިޝާރާތް ކުރައްވާ ހިއްސާ ކުރެއްވި ވާހަކައިގެ ތެރެއިން އުއްޗު ވިދާޅުވީ، މަންމަ އަރިހުން މަންމަގެ ހުރިހާ ދަރިންގެ ތެރެއިން އެންމެ "ނުލަފާ" ދަރިއަކީ ކޮބައިތޯ ސުވާލު ކުރުމުން، އެންމެ ނުލަފާ ދަރިއަކީ އުއްޗު ކަމަށް މަންމަ ވިދާޅުވިކަމަށެވެ. ސަބަބެއް ކަމަށް މަންމަ ވިދާޅުވީ މާގިނައިން އަންހެން ކުދިން ހޯދަން އުޅުން ކަން އުއްޗު ފާހަގަކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވުމަށް ފަހު ސަމާސާ ރާއްގެގައި އުއްޗު ވިދާޅުވީ، "ބަގީޗާއަކަށް ވަދެއްޖެނަމަ މާމެލާމެލި ބަލަން" ކޮންމެ މީހަކުވެސް ބޭނުންވާނެކަމަށެވެ.

އެންމެ ބަސް ނާހާ ދަރިއެއްގެ ގޮތައް މަންމަ އުއްޗު ސިފަކުރެއްވި ނަމަވެސް، އެންމެ ރަނގަޅު ދަރީގެ ވާހަކަ އައްސަވާ އިރަށް މަންމަގެ ދުލަށް އަންނަނީވެސް "އުއްޗު" ގެ ނަންކަމަށް އުއްޗު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ޢާއިލާގެ އެންމެން ތަފާތުކުރުމެއް ނެތި އެކުއެކީގައި އެންމެން ގޮވައިގެން ދިރިއުޅޭތީ ކަމަށެވެ.

އުއްޗުގެ ހުނަރުތަކާއި މުނިފޫހިފިލުވަން ގެންގުޅުއްވާ އާދަތަކާ ގުޅެގޮތުންވެސް ޕްރޮގުރާމުގައި އުއްޗުއަށް ސުވާލު ޢަމާޒުކުރިއެވެ. އޭގެ ޖަވާބުތަކުގެ ތެރެއިން އަބަދުވެސް ލަވަ އަޑުއެއްސެވުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ކަމަށް ވިދާޅުވިއެވެ. ބައެއް ދުވަސްތަކަށް ލަވަތައްވެސް ޚާއްޞަކުރައްވާއިރު، އަމިއްލަފުޅަށް ލަވަ ހެއްދެވުމުގެ ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރެއްވާފައިވެއެވެ. ޖަވާބުގެތެރެއިން، ކަމުވޮށިގެންވާ ބޭފުޅަކު ވިދާޅުވެގެން ވަގުތުން ހެއްދެވި ޅެމެއް ހިއްސާކުރެއްވިއެވެ.

"ފެނުނު ބައެއް މޫނުތަކެއްގެ" ސަބަބުން ލަވަ ހެއްދެވުމަށް ޝައުޤުވެރިވީ ކަމަށް އުއްޗު ވިދާޅުވިނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފުޞީލެއް ނުދެއްވައެވެ. އަދި އެވަރުން ވިސްނޭނެ ކަމަށް ވިދާޅުވެ އެވާހަކަ ދޫކޮށްލެއްވީ ޕޮރޮގުރާމުގެ ބެލުންތެރިންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

22 މެއި 2018
ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

09 މާރިޗު 2018
ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!

01 މާރިޗު 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު