Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތެޔޮ ލިބުމުގެ ދަތިކަން

އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

ތެޔޮ ލިބުން ދަތިވެ، ބޯޑުދެލި އެންދުން އިތުރުކޮށްފިނަމަ ދުނިޔެއަށް އިއާދަނުކުރެވޭވަރުގެ ގެއްލުންލިބޭނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 11:57
ތެޔޮ ލިބުން ދަތިވުން : ސްރީލަންކާގައި ތެޔޮއަޅައިދޭ ތަނެއް ފުލުހުން ގާޑްކުރަނީ

ތެޔޮ ލިބުން ދަތިވުން : ސްރީލަންކާގައި ތެޔޮއަޅައިދޭ ތަނެއް ފުލުހުން ގާޑްކުރަނީ

ސްރީލަންކާގައި ވެހިކަލްއެއްގެ ޓޭންކް ފުރާލުމަށް ހަދާފައިވާ ކިއޫތައް، ބައެއް ހިސާބުތަކުގައި 3 ކިލޯމީޓަރަށް ދެމިގެންދާކަމަށްވެއެވެ. ބަންގްލާދޭޝްގައި ކަރަންޓް ދޭން ހިންގާ އިންޖީނުތަކަށް ބޭނުންކުރާ ތެޔޮ ސަލާމަތްކުރުމަށް ރޭގަނޑު އަވަހަށް ފިހާރަތައް ބަންދުކުރަން އަންގާފައިވެއެވެ. ޕާކިސްތާނުގައި ކަރަންޓް ކެނޑޭވަރުން ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް، އޭސީއެއް ނުވަތަ ފަންކާއެއް ނެތި ސާޅީހަކަށް ޑިގްރީ ހޫނުގައި ތިބެން މަޖްބޫރުވާ ހިސާބަށް ކަންތައްތައްވަނީ  ގޯސްވެފައެވެ.

މިއީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކަށް ތެލުގެ ދަތިކަން ބޮޑުވެ، މިވަގުތު އުޅެންޖެހިފައިވާ ހާލުގެ ބައެއް މިސާލުތަކެވެ. މިހެން ދިމާވުމުގެ ނަތީޖާއަކީ ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވެ، މީހުންގެ ހިތްނުތަނަވަސްކަން އިތުރުވެ، ސަރުކާރުތަކާމެދު ނަފުރަތު އުފެދިގެންދިއުމެވެ.

ޕާކިސްތާން، އިންޑިޔާ އަދި ސްރީލަންކާއިންވެސް ގެންދަނީ އިގުތިސާދު ސަލާމަތްކުރެވޭތޯ ވޯރލްޑް ބޭންކް ފަދަ ޖަމާއަތްތަކާއެކު މަސައްކަތްތަކެއް ކުރަމުންނެވެ. މިއާއެކުވެސް ސްރީލަންކާގެ އިގުތިސާދު އެއްކޮށް "ކޮލެޕްސް" ވެފައިވާކަމަށް، ނިމުނު ހަފުތާގެ ބުދަ ދުވަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އިއުލާން ކުރައްވާފައިވެއެވެ.

އިންޑިޔާއަށް ބެލިނަމަވެސް، ހޫނު އިންތިހާއަށް ގަދަ ދުވަސްވަރަކަށް ވިޔަސް، ކަރަންޓް ކަނޑާލެއް ގިނަކަމުން އެތައް ސްޓޭޓް ތަކެއްގެ ރައްޔިތުން ނިކުމެ ދަނީ މުޒާހަރާކުރަމުންނެވެ. އިންޑިޔާއަކީ ދުނިޔޭގައި ތިންވަނަޔަށް އެންމެ ގިނައިން ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ ގައުމު ކަމަށްވިޔަސް، މޭ 28 ވަނަ ދުވަހު އެގައުމުން ވަނީ 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ކޯލް ނުވަތަ ބޯޓުދެލި އިމްޕޯޓްކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

މިހުރިހާ ގައުމަކަށްވެސް ކުރިމަތިވަނީ ތަފާތު ކަންތައްތަކެއް ނަމަވެސް، ހުރިހާގައުމަކަށް ވަނީ މުހިންމު ދެކަމަކުން އަސަރުކޮށްފައެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމާއި އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެވެ. ތެޔޮއަދި ކާބޯތަކެތީގެ ސަޕްލައި ލައިންތަކަށް މި ދެ ކާރިސާއާ ގުޅިގެން ވަރަށް ބޮޑުބުރުލެއް އަރާފައިވެއެވެ. މިއާއެކު ރީޖަނަލް ސެކިއުރިޓީ ގެއްލި، އިގުތިސާދު ކޮންޓްރޯލްކުރުމަށް ކުރިޔަށްކޮށްފައި ހުރި ޕްލޭންތައްވެސް އެކޮޅުކޮޅުންޖެހުނެވެ.

މާހިރުން ވިދާޅުވާގޮތުގައި، މިވަގުތުގެ މައިގަނޑު މައްސަލައަކީ ސަޕްލައިއާ ޑިމާންޑާ ދެމެދު މާބޮޑަށް ފަރަގު ބޮޑުވަމުންދިއުމެވެ.

ޕެންޑަމިކް ކުރިމަތިވެ ހިނގި ދެ އަހަރެއްހާ ދުވަހު އޮފީސްތައް ބަންދުކޮށް، ވެހިކަލް ނުދުއްވައި، ބޯޓުތައް ބަނދަރުތަކުގައި އަޅައިގެން ތިބެންޖެހުމުން ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑުތަން ދަށްވެގެންދިޔައެވެ. ނަމަވެސް މިހާރު ގައުމުތައް އަލުން ހުޅުވާލައި ހުރިހާ ދިމާއަކުން ހަރަކާތްތައް ފެށުމުން، ތެލަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އަދި ސަޕްލަޔަރުންގެ ވާދަވެރިކަން އޭގެ ހައްދުން ނެއްޓުނެވެ.

ހަމަ މިދަނޑިވަޅާ ދިމާކޮށް ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ހަނގުރާއެއް ފެށުމަކީ ތެލުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވެގެން ދިޔަ ސަބަބެވެ. ރަޝިޔާއަކީ ދުނިޔޭގައި ތިންވަނަޔަށް އެންމެ ގިނައިން ތެޔޮ، އަދި ދެވަނަޔަށް އެންމެ ގިނައިން ކްރޫޑް އޮއިލް މާކެޓަށް ނެރޭ ގައުމަށް ވާއިރު، ރަޝިޔާގެ ތެލާއި ކްރޫޑް، އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގިނަ ގައުމުތަކަކުން ގަތުން ހުއްޓާލުން ވެގެންދިޔައީ ތެލުގެ ސަޕްލައިޗޭނަށް ބޮޑު ލޮޅުމެއް ގެނުވިކަމަކަށެވެ. މިއާއެކު މާކެޓަށް ތެޔޮ ނެރޭ އެހެން ގައުމުތަކާ ދިމާއަށް ދުއްވައިގަންނަން މަޖުބޫރުވިއެވެ. މިކަން ވެގެން ދިޔައީ ބާކީ ތިބި ސަޕްލަޔަރުންގެ ވާދަވެރިކަން ބޮޑުވެގެން ދިޔަ، އަދި ތެލުގެ އަގު ކޮންޓްރޯލްކުރަން ދަތިވިކަމަކަށެވެ.

ކޮވިޑް-19 ޕެންޑަމިކަށްފަހު ދުނިޔެ ހުޅުވާލުމުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިންވެސް ތެލަށް އޮތް ޑިމާންޑް އޮތީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން އޮއްވައި ރަޝިޔާ އަދި ޔޫކްރެއިންގެ ތެލާއި ކްރޫޑް ލިބުން ހުއްޓުން، ވެގެންދިޔައީ ހީކުރިވަރަށްވުރެ ބޮޑެތި ލޮޅުންތަކެއް ގެނުވިކަމަކަށެވެ.

ތެޔޮ އިމްޕޯޓްކުރުމަށް ދާ ޚަރަދު މުޅި ދުނިޔޭގައިވެސް އާދަޔާޚިލާފަށް ބޮޑުވެފައިވާއިރު، ބޯޓުދެލީގެ އަގުވަނީ މީގެ އެއްއަހަރު ކުރިން ހުރި އަގަށްވުރެ ފަސްގުނަ ބޮޑުވެފައެވެ. އެހެންކަމުން، ގައުމުތަކުން ތެލާއި ގޭހަށް ޚަރަދުކުރަންޖެހޭވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިގައުމުތަކުން އުފައްދާ އެހެނިހެން ތަކެތީގެ އަގު ބޮޑުވެފައެއްނުވެއެވެ. ވުމާއެކު މިގައުމުތަކަށް ވަނީ ލިބޭ އެއްޗަކަށްވުރެ ކުރަންޖެހޭ ޚަރަދު މާބޮޑުވެފައެވެ. މައްސަލަ ނުކުންނަނީ އެހާހިސާބުންނެވެ.

ކުރިއަރަމުން އަންނަ ގައުމުތަކުން މިދަނޑިވަޅުގައި ކަންތައްކުރާގޮތަކުން އަދި މާބޮޑުމައްސަލައެއް ކުރިމަތިވެދާނެކަމަށް މާހިރުން ވިދާޅުވެއެވެ. އެއީ ކަރަންޓް ނުލިބުމުގެ ސަބަބުން އާންމުންގެ ނުރުހުން ކުރިމަތިވަމުންދާތީ، ޖެނަރޭޓަރުތައް ހިންގުމަށްޓަކައި އަގުހެޔޮ ތެޔޮ ގަތުމަށް ސަރުކާރުތަކަށް މަޖުބޫރުވާ ހާލަތަށް ދިއުމެވެ. އަދި ކުރިން ބޯޓުދެލި އަންދައިގެން އިންޖީނުގެތައް ހިންގި ފަރާތްތަކުންވެސް އެކަމަށް އަލުން އެނބުރި ދިއުމެވެ. މިކަން މިހާރުވެސް ފެށިފައިވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓުދެލި އެންދުމަކީ ޖައްވު ނުސާފުކޮށް ދުނިޔޭގެ ހޫނުމިން އިތުރުވާ މައިގަނޑު ސަބަބެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާއަށް ބޭނުންވާ ހަކަތައިގެ 70 އިންސައްތަ މިހާރުވެސް ހޯދަނީ ބޯޓުދެލި އަންދައިގެންނެވެ. މިއާއެކުވެސް ބޯޓުދެލި އިމްޕޯޓްކުރާ މިންވަރު އިތުރުކުރުމަށް އެގައުމުން ނިންމިނިންމުމުގެ ސަބަބުން، ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

ދުނިޔޭގައި ބޯޓުދެލި އަންދާ މިންވަރު ކުރިޔަށް އޮތް ދެއަހަރެއްހާ ދުވަހުގެތެރޭ މަދުނުކުރެވިއްޖެނަމަ، ދުނިޔެ ހޫނުވުން އިތުރުވާ މިންވަރު 1.5 ނުވަތަ 2 ޑިގްރީއަށްވުރެ ދަށުގައެއް ނުހިފެހެއްޓޭނެއެވެ. ސައިންޓިސްޓުން ވިދާޅުވާގޮތުގައި ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީއަށްވުރެ އިތުރުވެއްޖެނަމަ ދުނިޔޭގެ ވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުންލިބޭނެއެވެ. ބޯޓުދެލި އެންދުން މިހާރު ހުއްޓާލާފައިވާ ގައުމުތަކުންވެސް އަލުން އެކަން ކުރަންފަށައިފިނަމަ ދުނިޔެ ހޫނުވުން އިތުރުވާ މިންވަރު 1.5 ނުވަތަ 2 ޑިގްރީއަށްވުރެ ދަށުގައި ހިފެހެއްޓުމަކީ މުސްތަހީލުކަމެކެވެ.

މައުލޫމާތު : ސީ.އެން.އެން/ބިޒްނަސް  

ވޯލްޑް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު