Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސައިބަރ ކްރައިމް މައްސަލަތައް

އިއްޒަތާއި އަބުރު ސެކިއުރިޓީ ކޯޑެއްގެ ފަހަތުގައި ރައްކާކޮށްގެން ތިބެވޭކަށެއް ނެތް

15 އޮކްޓޯބަރު 2021 | ހުކުރު 12:35

ހެކްކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ހޯދުން މިއަދު ވަނީ އާންމު ކަމަކަަށް ވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2021 | ހުކުރު 12:35
ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާއި، ސައިބަރ ކްރައިމްތައް ވަނީ ނުހަނު އިތުރުވެފައި

ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާއި، ސައިބަރ ކްރައިމްތައް ވަނީ ނުހަނު އިތުރުވެފައި

ދުނިޔޭގައި ސެކިއުރިޓީ ގޮތުން އެންމެ ވަރުގަދަަކަމަށް ބުނާ އެމެރިކާގެ ޕެންޓަގަންއަށް އޮންލައިން ހަމަލާތައް އަމާޒުކޮށްފައި އެބަހުއްޓެވެ. ތަނުގެ ސެކިއުރިޓީ ފޫއަޅުވާލައި، އެކިކަހަލަ ސައިބަރ ހަމަލާތައް އަމާޒުކޮށްފައިވެއެވެ. އީރާނުގެ ޔުރޭނިއަމް ފައްކާކުރާ ކާރުޚާނާގެ ކަރަންޓު ދުއްވާލައި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ވަނީ ވަރުގަދަ ސައިބަރ އެޓޭކެއް ދާދި މިދާކަށް ދުވަހު ދީފައެވެ.

އެސްޓްރަޒެނެކާ ވެކްސިންގެ ބްލޫ ޕްރިންޓު ރަޝިއާއިން ހެކްކޮށްގެން ނަގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެ ރަޝިއާއިން ޖަވާބުދާރީވެފައިވަނީވެސް ހަމަ މި ފަހުގެ ތާރީޚެއްގައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސެކިއުރިޓީތައް ފޫއަޅުވާލައި، ސައިބަރ އެޓޭކްތައްދީ ހެކްކުރަމުންދާއިރު، ތިމާ އަތުގައި އޮންނަ 6 އިންޗީގެ ވަށަމިނުގެ ފޯނަށް ކުރެވެނީ ތަންފުކެއް ބޮޑު އިތުބާރެކޭ ނުބުނެވޭނެބާއެވެ؟

ފަހުގެ ޚަބަރެކެވެ. ބަރަހަނާ ފޮޓޯތައް އަޅައި ޓެލެގްރާމް ގްރޫޕު ހިންގި މައްސަލައެކެވެ. މި މައްސަލައިގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާތަކަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ދައުވާތަކެއްގެ އިތުރުންވެސް ގިނަ ދައުވާތަކެއް ދިވެއްސެއްގެ މައްޗަށް އުފުލައި، އޭނާގެ ޝަރީއަތް ފެށި ޚަބަރެވެ. އެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެމީހާ ގެންގުޅުނު ހާޑްޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ވިކްޓިމުންގެ ގޮތުގައި ފާހަގަވެފައިވާއިރު، އޭނާގެ އަތުން ޖުމްލަ 10 ހާޑްޑްރައިވް ފުލުހުން ހޯދިކަމަށްވެއެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދައިން ހެކްކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ހޯދުން މިއަދު ވަނީ އާންމު ކަމަކަަށް ވެފައެވެ.

އެހެންނަމަވެސް، މިއަދު ގިނަ ދިވެހި ޒުވާނުން އަމިއްލަ ފޯނަށް ކުރާ އިތުބާރު ނުހަނު ބޮޑެވެ. އަމިއްލަ ފޯނުގައި އެފަދަ ފޮޓޯ ރައްކާކޮށްގެން ގެންގުޅޭ މީހުންނާއި، އިތުބާރުކުރާ މީހުންގެ ބަހަށް ހެއްލި އެފަދަ ފޮޓޯ ފޮނުވާ މީހުންވެސް މަދެެއް ނޫނެވެ. ގިނަ ފަހަރު ހީކުރެވެނީ އަމިއްލަ ފޯނުގެ ވަރުގަދަ ސެކިއުރިޓީ ކޯޑު އެހެން މީހަކަށް ފޫއަޅުވާ ނުލެވޭނެ ކަމަށެވެ. އިތުބާރުކޮށްފައި ފޮޓޯ ފޮނުވާ މީހާ އެފޮޓޯ ރައްކާތެރިކަމާއެކު ގެންގުޅޭނެ ކަމަށެވެ. ނަމަވެސް މިއީ އެޒަމާނެއް ނޫނެވެ. ދުނިޔެ މިވަނީ ޓެކްނޮލޮޖީގެ ގޮތުން ނުހަނު ކުރިއަރާފައެވެ. މިއަދު ސައިބަރ އެޓޭކްތައް ދެމުން އެދަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ވަރުގަދަ ތަންތަނަށެވެ. އާދައިގެ ފޯނެއްގައި ޖަހާފައިވާ ސެކިއުރިޓީއެއް ނައްތާލުމަކީ މިއަދު އުނދަގޫކަމަކަށް ގައިމުވެސް ނުވާނެއެވެ.

ދާދި ފަހުންވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. ޕަބްޖީ ގޭމެއްގެ ތެރެއިން ފެށުނު ގުޅުމެއް ގޮސް، ބްލެކްމެއިލިން އާއި ބިރުދެއްކުމުގެ ބޮޑު މައްސަލަގަނޑަކަށް ބަދަލުވެގެން ދިޔައީއެވެ. މިފަދަ އެތައް ހާދިސާއެއް މިއަދު މުޖުތަމައުގައި ހިނގަމުންދެއެވެ.

ވުމާއެކު، މުޖުތަމައު މިކަމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވާން އެބަ ޖެހެއެވެ. ފޯނަކީ ނުވަތަ ތިމާ ގެންގުޅޭ އޮންލައިން ސްޓޯރޭޖަކީ އެންމެ ރައްކާތެރި ތަން ކަމުގައި ދެކިގެން މިއަދު ފަރުޖައްސާލެވެން ނެތްކަން ގަބޫލުކުރަން އެބަ ޖެހެއެވެ. މައިންބަފައިންވެސް އެކަންކަމަށް ދަރިން ހޭލުންތެރި ކުރުވައި، އެފަދަ އަމަލުތައް ހިންގާ މީހުންނެކޭ އެއްވަރަށް ތިމާވެސް ވިސްނުން ފުޅާކޮށް، ސަމާލުވެ ހުންނަން ދަސްކުރަން ޖެހެއެވެ. ތިމާގެ އިއްޒަތާއި އަބުރު ހަތަރު އަކުރުގެ ސެކިއުރިޓީ ކޯޑެއްގެ ފަހަތުގައި ރައްކާކޮށްލައިގެން ތިބެވޭ ވަރަށްވުރެ ޒަމާން ބަދަލުވެ، ކުށްކުރާ މީހުން އެޑްވާންސްވެއްޖެކަން ގަބޫލު ކުރަންޖެހެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

01 މާރިޗު 2021

އުތުރު ތިލަފަޅުގެ މަޝްރޫއު ވަޅުޖެހުމުގެ ފަހަތުގައިވާ ސިއްރު

01 މާރިޗު 2021
އުތުރު ތިލަފަޅުގެ މަޝްރޫއު ވަޅުޖެހުމުގެ ފަހަތުގައިވާ ސިއްރު
25 އޯގަސްޓު 2020

ބްރޯޑްކޮމްގައި މިހާރުވެސް އޮތީ "އަބުރުފުޅުގެ" ކޮންޓްރޯލް، ދިފާއުކުރައްވަނީ ބޭއިންސާފު!

25 އޯގަސްޓު 2020
ބްރޯޑްކޮމްގައި މިހާރުވެސް އޮތީ "އަބުރުފުޅުގެ" ކޮންޓްރޯލް، ދިފާއުކުރައްވަނީ ބޭއިންސާފު!
12 އޯގަސްޓު 2020

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮތީތަ؟

12 އޯގަސްޓު 2020
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮތީތަ؟
15 ފެބުރުއަރީ 2020

ނުރައްކާތެރި ކުށްތަކުގެ ފަހަތުގައި ބިދޭސީ ގޭންގުތައް!؟

15 ފެބުރުއަރީ 2020
ނުރައްކާތެރި ކުށްތަކުގެ ފަހަތުގައި ބިދޭސީ ގޭންގުތައް!؟
29 ޖޫން 2019

ސުޕްރީމް ކޯޓު ހިމޭންވުން: ފަހަތުގައިވަނީ ކޮންކަމެއް؟

29 ޖޫން 2019
ސުޕްރީމް ކޯޓު ހިމޭންވުން: ފަހަތުގައިވަނީ ކޮންކަމެއް؟
16 ނޮވެމްބަރު 2017

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"
07 އޮކްޓޯބަރު 2017

ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!

07 އޮކްޓޯބަރު 2017
ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!
03 މެއި 2017

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ
06 އެޕްރީލު 2017

އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!

06 އެޕްރީލު 2017
އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް