Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ20 ސަމިޓް

ލޯނުތައް ދެއްކުމުގައި ފަގީރު ގައުމުތަކަށް ޖީ20 ގެ ގައުމުތަކުން ލުއިތަކެއް ދިނުމަށް ވޯރލްޑް ބޭންކުން ގޮވާލައިފި

ބައެއް ގައުމުތަކުން ދަރަނިތައް ދެއްކުން މަޑުޖައްސާލުމަށް ހަދާފައިވާ އެއްބަސްވުމުގައި ފުރިހަމައަށް ބައިވެރިނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖުލައި 2020 | ހޮނިހިރު 22:29
ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ޗައިނާގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ޗައިނާގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ | ރޮއިޓަރސް

ފަގީރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި އެގައުމުތަކަށް ލުއިތަނެއް ދިނުމަށް ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ޖީ20 އެގައުމުތަކަށް ގޮވާލައްވައިފި އެވެ.

މިހާރު ކުރިޔަށްދާ ޖީ20 ގެ ގައުމުތަކުގެ ސަމިޓްގައި ގައުމުތަކުގެ އޮފިޝަލުން މިކަމަށް ވާހަކަ ދައްކާ ފަގީރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން 2021 ވަނަ އަހަރަށް ފަސްކުރުމާމެދު ވާހަކަތައް ދެއްކުމަށް ޑޭވިޑް ވަނީ އެދިވަޑައިގެންފަ އެވެ.

ވަރޗުއަލްކޮށް ކުރިޔަށްދާ މިސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޑޭވިޑް ވިދާޅުވީ ބައެއް ގައުމުތަކުން ދަރަނިތައް ދެއްކުން މަޑުޖައްސާލުމަށް ހަދާފައިވާ އެއްބަސްވުމުގައި ފުރިހަމައަށް ބައިވެރިނުވާކަމަށެވެ. އަދި އަމިއްލަ ތަންތަނުން ފަގީރު ގައުމުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ބާރުއެޅުމަށާއި އެފައިސާ ބަލައިގަތުން ހުއްޓާލަންޖެހޭ ކަމަށް ޑޭވިޑް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ ފަގީރު ގިނަ ގައުމުތަކަށް އެގައުމުތަކުން ނަގާފައިވާ ލޯނުތައް ދެމެހެއްޓެނެވި ގޮތެއްގައި ދައްކަމުން ދިޔުން ވާނީ އުނދަގޫ ކަމަކަށްކަމަށެވެ. އެހެންކަމުން ދަރަނި އަދާކުރުމުގައި އިތުރު ގޮތްތަކެއް ހޯދާ އެކަމަށް ލުއިތަކެއް ދެވޭނެގޮތްތަކެއް ޖީ20 ގެ ގައުމުތަކުން އެކަށައެޅުމަށް ޑޭވިޑް އެދިވަޑައިގެންނެވި އެވެ.

ޖުލައި މަހުގެ 18 އަދި 19 ވަނަ ދުވަހު ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ޖީ-ޓުވެންޓީ ގެ މެމްބަރު 17 ގައުމަކުން ބައިވެރިވެ އެވެ. މިބައްދަލުވުމުގެ ތެރޭގައި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ދަރަނި ކަނޑާލަދިނުމަށް ޖީ-ޓުވެންޓީ ގެ ގައުމުތަކުގެ ކިބައިން އެދިފައެވެ. މަދުވެގެން ކުރިޔަށް އޮތް ދެ އަހަރު ދުވަހު އެގައުމުތަކުގެ ދަރަނި ދެއްކުން ކެންސަލްކޮށް އެ ގައުމުތަކުން ކޮވިޑް-19ން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ޚަރަދުތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްނެސްޓީން ވަނީ ގޮވާލާފަ އެވެ.

2020 އަދި 2021 ވަނަ އަހަރު ދުނިޔޭގެ ފަގީރު 77 ގައުމަކުން 85 ބިލިއަން ޑޮލަރު އެކިއެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި ހޭދަކުރާނެ ކަމަށް ބެލެއެވެ. މީގެތެރެއިން 40 އިންސައްތަ އަކީ މުއްސަނދި ގައުމުތަކަށް ދައްކަންޖެހޭ އަދަދުތަކެކެވެ. ބާކީ ބަޔަކީ ބައިނަލްއަގްވާމީ ފަރާތްތަކާއި އަމިއްލަ ފަރާތްތަކެވެ. ލަފާ ކުރެވޭ ގޮތުން ދުނިޔޭގެ 64 ގައުމަކުން އެގައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރާ ހޭދަ އެގައުމުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ކުރާ ހޭދައަށްވުރެ ބޮޑުވާނެ އެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު

28 އޯގަސްޓު 2017
ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
19 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

19 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
08 ޖުލައި 2017

ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި

08 ޖުލައި 2017
ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު