Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ20 ސަމިޓް

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

ދެ ލީޑަރުން ވިދާޅުވެފައި ވަނީ ދެގައުމުގެ ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ބޭނުންފުޅުވާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 7 ޖުލައި 2017 | ހުކުރު 06:46
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ޖަރުމަނުގެ ހެމްބާގް ސިޓީގައި ހުކުރު ދުވަހު ފެށޭ ޖީ20 ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓިން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެ ލީޑަރުން ވިދާޅުވެފައި ވަނީ ދެގައުމުގެ ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ. ރަޝިޔާ އާއި އެމެރިކާގެ ގުޅުން ގޯސްވެފައި ވަނީ ސީރިޔާ މައްސަލަ އާއި، ޔޫކްރެއިން މައްސަލަ އާއި އަދި އެެމރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މިފަހަރުގެ ޖީ20 ސަމިޓްގައި ބޮޑަށް ޑޮމިނޭޓް ކުރާނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އާއި ބައިނަލްއަގްވާމީ ވިޔަފާރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަމިޓާ ގުޅިގެން ބޮޑެތި މުޒާހަރާތައް ދަނީ ކުރެވެމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރައީސް ޕޫޓިން އާއި ރައީސް ޓްރަމްޕް ބައްދަލު ކުރައްވާނީ ޖަރުމަނު ގަނޑިން މެންދުުރު ފަހު އެވެ. ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މީޑިއާއާ ބައްދަލު ކުރައްވާނެ ކަން އަދި ކަށަވަރެއް ނުވެއެވެ.

ޖީ20 އަކީ 19 ގައުމަކާއި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. ޖީ20 ގެ ގައުމުތަކުން އަހަރަކު އެއް ފަަހަރު ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ މާލީ އަދި އިގްތިސާދީ މައްސަލަތަކާ މަޝްވަރާ ކުރުމަށް ބައްދަލު ކުރެއެވެ.

އިގްތިސާދީ އަދި މާލީ މައްސަލަތަކަށް ސަމިޓުގައި ބޮޑަށް އަލިއަޅުވާލެވުނަސް އެހެނިހެން ބޮޑެތި މައްސަލަތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި، ލޭބާ ގަވާއިދުތަކާއި އަދި ކައުންޓާޓެރަރިޒަމްގެ މައްސަލަތަކަށް ވެސް ސަމިޓުގައި އަލިއަޅުވާލައެވެ.

މިފަހަރުގެ ޖީ20 ސަމިޓް އޮންނާނީ ޖަރުމަނުގެ ހެމްބާގް ގައި ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު