Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ20 ސަމިޓް

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

މިއަހަރުގެ ޖީ20 ސަމިޓް ވަނީ ހޮނިހިރު ދުވަހު ނިމިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 ޖުލައި 2017 | އާދީއްތަ 09:30
މުޒާހަރާގެ ބައިވެރިން ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން

މުޒާހަރާގެ ބައިވެރިން ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން

މިއަހަރުގެ ޖީ20 ސަމިޓް ހޮނިހިރު ދުވަހު ނިމިފައި ވާއިރު، ސަމިޓާ ގުޅިގެން ފެށުނު މުޒާހަރާތައް އާދީއްތަ ދުވަހުވެސް ކުރިއަށްދާ ކަމަަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖީ20 ސަމިޓް ގެ ނިންމުން ބޭއްވި ޝެންޒެން ޑިސްޓްރިކްޓް މުޒާހިރީން އެއްވެ މުޒާހަރާ ދަނީ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ވެހިކަލްތަކުގައި ރޯކޮށް އަދި ފުޅި ފަދަ ތަކެތިން ފުލުހުންނަށް ހަމަލާދެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި އަދި މުޒާހިރީން ކޮންޓްރޯލް ކުުރުމަށްޓަކައި ޓިއާ ގޭހާއި އަދި ވޯޓާ ކެނަން، ފުލުހުން ދަނީ ބޭނުން ކުރަމުންނެވެ.

މިހާތަނަށް 213 އެއްހާ ފުލުހުން ބުރާސްފަތި ދުވަހުން ފެށިގެން ޒަޚަމްވެފައިވާ އިރު 143 މީހަކު ވަނީ ފުލުހުންގެ ބަންދަށް ގެންދެވިފައެވެ. މުޒާހަރާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ސައްހަ އަދަދެއް ނޭނގެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް 12000 މީހުން ބައިވެރިވެގެން ކުރި މުޒާހަރާއެއްގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގާފައެވެ.

ޖީ20 އަކީ 19 ގައުމަކާއި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. ޖީ20 ގެ ގައުމުތަކުން އަހަރަކު އެއް ފަަހަރު ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ މާލީ އަދި އިގްތިސާދީ މައްސަލަތަކާ މަޝްވަރާ ކުރުމަށް ބައްދަލު ކުރެއެވެ. މިއަހަރުގެ ޖީ20 ސަމިޓް އޮތީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށެވެ.

އިގްތިސާދީ އަދި މާލީ މައްސަލަތަކަށް ސަމިޓުގައި ބޮޑަށް އަލިއަޅުވާލެވުނަސް އެހެނިހެން ބޮޑެތި މައްސަލަތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި، ލޭބާ ގަވާއިދުތަކާއި އަދި ކައުންޓާޓެރަރިޒަމްގެ މައްސަލަތަކަށް ވެސް ސަމިޓުގައި އަލިއަޅުވާލައެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި

08 ޖުލައި 2017
ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
07 ޖުލައި 2017

ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި

07 ޖުލައި 2017
ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު