Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީީ20 ސަމިޓް

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

ހުކުރު ދުވަހު ފެށުނު ސަމިޓް ނިމޭނީ ހޮނިހިރު ދުވަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ޖުލައި 2017 | ހޮނިހިރު 03:34
މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށް

މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށް

ޖަރުމަނުގެ ހެމްބާގް ސިޓީގައި ހުކުރު ދުވަހު ފެށުނު ޖީ20 ސަމިޓްގެ ފުރަތަމަ ދުވަސް ނިމި ދެވަނަ ދުވަސް ފެށުނު އިރު ވެސް މުޒާހަރާތައް ކުރިއަށް ދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ 20 ގައުމުގެ ސަމިޓް ކުރިއަށް ދާއިރު އެންޓި-ކެޕިޓަލިސްޓް މުޒާހިރީންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

ފުލުހުން ބުނެފައި ވަނީ މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި 196 ފުލުހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި 83 މުޒާހިރީން ވަގުތީ ގޮތުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި 19 މުޒާހިރީއަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.

ހުކުރު ދުވަހު ޖީ20 ސަމިޓް ފެށުނު އިރު، މުޒާހިރީން ދަނީ ކާރުތަކުގައި ރޯކޮށް ފިހާރަތައް ލޫޓުވަމުންނެވެ.

ފުލުހުންނާ ދެކޮޅަށް މުޒާހިރީން ދަނީ ގަލާއި ފުޅި ފަދަ ތަކެތި ބޭނުން ކުރަމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުުމަށް ފުލުހުން ދަނީ ވޯޓާ ކެނަން ވެސް ބޭނުން ކުރަމުންނެވެ.

ޖީ20 އަކީ 19 ގައުމަކާއި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. ޖީ20 ގެ ގައުމުތަކުން އަހަރަކު އެއް ފަަހަރު ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ މާލީ އަދި އިގްތިސާދީ މައްސަލަތަކާ މަޝްވަރާ ކުރުމަށް ބައްދަލު ކުރެއެވެ.

އިގްތިސާދީ އަދި މާލީ މައްސަލަތަކަށް ސަމިޓުގައި ބޮޑަށް އަލިއަޅުވާލެވުނަސް އެހެނިހެން ބޮޑެތި މައްސަލަތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި، ލޭބާ ގަވާއިދުތަކާއި އަދި ކައުންޓާޓެރަރިޒަމްގެ މައްސަލަތަކަށް ވެސް ސަމިޓުގައި އަލިއަޅުވާލައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު