Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަަލަ

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

އެމެރިކާ އިން ވަނީ ދާދި ފަހުން އުތުރު ކޮރެެއާ އިން ކުރި މިސައިލް ޓެސްޓްއާ ގުޅިގެން ވެސް އިންޒާރު ދީފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 17 މެއި 2017 | ބުދަ 08:46
އުތުރު ކޮރެއާ އިން އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން

އުތުރު ކޮރެއާ އިން އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދު ކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފިއެެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ "ގައުމުތަކުން ސަޕޯޓު ކުރަންވީ އުތުރު ކޮރެއާ އަށް ނޫނީ އަހަރަމެންނަށް ކަމަށެވެ." އުތުރު ކޮރެއާގެ މައްސަލާގައި ބައެއް ގައުމުތަކުން ގެންދަނީ އދ, އިން އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެގައުމުތަކުން ދޭން ޖެހޭ އެއްބާރުލުން ނުދެމުންނެވެ.

ނިކީ ހޭލީ އުތުރު ކޮރެއާ އަށް ތާއިދުކުރާ ގައުމުތަކަށް ވިދާޅުވީ، އުތުރު ކޮރެއާ އަށް ތާއިދު ކުރާ ގައުމުތަކަށް ވެސް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތިބީ ތައްޔާރަށް ކަމަށެވެ. އުތުުރު ކޮރެއާ ހިމެނޭ ސަރަހައްދުގައި، އެގައުމުގެ އެންމެ ގާތް ބައިވެރިޔާ އަކީ ޗައިނާއެވެ. އެހެން ނަމަވެސް ނިކީ ހޭލީ ވިދާޅުވީ އެމެރިކާ އާއި ޗައިނާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަަށް މަސައްކަތް ކުރުމަށްޓަކައި އާ ގަރާރަކަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުުތުރު ކޮރެއާ އަށް ތާއިދު ކުރާ ގައުމުތަކަށް ނިކީ ހޭލީ އިންޒާރު ދެއްވީ ހޯމަ ދުވަހު ބޭއްވުނު އދ. ގެ ސެކިޔުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުުމުގެ ކުރިންނެވެ. ހޯމަ ދުވަހު ބޭއްވި އދ. ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ އުތުރު ކޮރެއާ އިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓް ކުށްވެރިކޮށް އަދި އާ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

އުތުރު ކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު