Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އޭޝިއާ

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު

އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް އަށް މިއަހަރު ކުރަމުންދާ ވިއްސާރާގައި ލިބޭ ގެއްލުންތައް ބޮޑު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 އޯގަސްޓު 2017 | ހޯމަ 08:23
ނޭޕާލްގެ އާންމުންތަކެއް ރައްކާތެރި ހިސާބަކަަށް ދާން މަސައްކަތް ކުރަނީ

ނޭޕާލްގެ އާންމުންތަކެއް ރައްކާތެރި ހިސާބަކަަށް ދާން މަސައްކަތް ކުރަނީ

އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި މަރުވި މީހުން އަދަދު 1200 އަށް އަރައިފި ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ތިން ގައުމަށް ކޮންމެ އަހަރަކުވެސް ޖޫން އިން ސެޕްޓެމްބަރު މަހަަށް ކުރާ މޫސުމީ ވިއްސާރާގައި އާންމުކޮށް ފެންބޮޑުވެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބެއެވެ. އެހެން ނަަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ލިބޭ ގެއްލުންތައް ބޮޑު ކަމަށް ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ބުނެއެވެ. އެގޮތުން އެ ތިން ގައުމުގެ ބައެއް ވިލެޖުތަކަށް އެހީދިނުމަށް ދަތިވެފައިވާ ކަމަށާއި އާާންމުން ކާބޯތަކެއްޗާއި އަދި ސާފުފެނުން ދުވަސްތަކަކަށް މަހުރޫމުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ހޮނިހިރު ދުވަހު ފެންބޮޑުވެފައިވާ ބިހާރު ސްޓޭޓުގެ މަތިން ދަތުރު ކުރައްވާ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. އަދި އެހީގެ ގޮތުގައި އެ ސްޓޭޓަށް 78 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ބިހާރުގެ އޮފިޝަލުން ހުކުރު ދުވަހު މީޑިއާތަކަށް ވިދާޅުވެފައި ވަނީ ފެންބޮޑުވުމުގައި ގުޅިގެން އެ ސްޓޭޓުން ވޭތުވެދިޔަ މަދުދުވަސްތަކުގައި އެކަނިވެސް، 379 މީހުން މަރުވެފައިވާ ކަމަށެވެ.

ނޭޕާލް އާއި ބޭހޭގޮތުން އދ އިން ބުނެފައި ވަނީ 150 މީހުން އެގައުުމުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވެފައިވާ ކަމަށާއި އަދި 90،000 ގެ ހަލާކުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝް އާއި ގުޅޭގޮތުން ލިބޭ ރިޕޯޓުތަކަށް ބަލާއިރު އެގައުމަށް ކުރަމުންދާ ވިއްސާރައިގައި މަދުވެގެން 134 މީހުން މަރުވެފައިވެއެވެ. އަދި 5.7 މިލިއަން މީހުންނަށް އަސަރުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު