Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ރަޝިޔާ

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

އެމެރިކާ އިން ބުނެފައި ވަނީ "ދެވަނަ ބައްދަލުވުމެއް ނުބާއްވަވާ ކަމަށާއި ރޭގަނޑުގެ ފަރީއްކޮޅަށް ފަހު ވަރަށް ކުރުކޮށް ވާހަކަފުޅު ދެއްކެވީ ކަމަށް"

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 21 ޖުލައި 2017 | ހުކުރު 11:55
ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓިންގެ ފުރަތަމަ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓިންގެ ފުރަތަމަ ބައްދަލުކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިންގެ "ސިއްރު" ބައްދަލުކުރެއްވުމެއް ދާދިފަހުން ބޭއްވުނު ޖީ20 ސަމިޓުގައި ބޭއްވެވިކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފިއެވެ.

މިކަން ދޮގުކުރަމުން ރަޝިޔާއިން ބުނީ ރޭގަނޑުގެ ފަރީއްކޮޅެއްގައި ދެބޭފުޅުން ނުރަސްމީ ގޮތެއްގައި ވާހަކަފުޅުދެއްކެވި ކަމަށާއި އިތުރު ގޮތަކަށް އެހެން ބަޔަކު ވާހަކަ ފެތުރުމަކީ "ޔަގީނުންވެސް މޮޔަކަމެއް" ކަމަށެވެ.

ރައީސް ޕޫޓިންގެ ޕްރެސް ސެކްރެޓަރީ ޑިމިޓްރީ ޕެސްކޮވް، ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެއްވެސް ސިއްރު ބައްދަލުވުމެއް ދެގައުމުގެ ވެރިން ނުބާއްވަވާ ކަމަށާއި ރަސްމީ ގޮތުން ދެގައުމުގެ ވެރިން ބައްދަލު ކުރެއްވި ކަމަށާއި އެއަށްފަހު އެކި ފަހަރު މަތިން ދެގައުމުގެ ވެރިން ހާވާސާގައި ކަންކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރެއްވި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން "ސިއްރު" ބައްދަލުކުރެއްވުމެއް ބޭއްވެވިކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން އެމެރިކާގެ ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ވީއޯއޭއިން ބުނީ ދެ ރައީސުން "ދެވަނަ ބައްދަލުކުރެއްވުމެއް ނުބާއްވަވާ ކަމަށާއި ރޭގަނޑުގެ ފަރީއްކޮޅަށްފަހު ވަރަށް ކުރުކޮށް ވާހަކަފުޅު ދެއްކެވި" ކަމަށެވެ. ދެގައުމުގެ ވެރިން ވަނީ ޖީ20 ސަމިޓުގައި ރަސްމީކޮށް ބައްދަލުކުރެއްވުމެއް ބާއްވަވާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން އާއި ކުރެއްވި ބައްދަލުވުމުގެ އޮފިޝަލް ރިކޯޑުތަކެއް އެމެރިކާ ސަރުކާރަކުނެތެވެ. ސަބަބަކީ އެމެރިކާގެ އޮފިޝަލެއް ދެބޭފުޅުންގެ އަރިހުގައި ނެތުމެވެ. ދެ ރައީސުން ބައްދަލު ކުރެއްވެވީ އެކަހެރިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު