Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖީ20 ސަމިޓް

ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި

މިއީ މި ދެ ރައީސުންގެ ފުރަތަމަ ބައްދަލުކުރެއްވުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 7 ޖުލައި 2017 | ހުކުރު 14:46
ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީން ބައްދަލުކުރެއްވުން

ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީން ބައްދަލުކުރެއްވުން

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕޫޓިން ބައްދަލުކުރައްވައިފިއެވެ.

މީގެ ކުރިން އެކި ފަހަރުމަތިން، ފޯނުން ވާހަކަފުޅު ދައްކަވާފައި ވީނަމަވެސް، މިއީ މި ދެ ރައީސުންގެ ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުމެވެ.

މިހާރު ކުރިއަށްދާ ޖީ-ޓުވެންޓީ ސަމިޓުގައި ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްޞީލް އަދި އެއްވެސް ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީ ބައްދަލުވުން ފެށުމުގެ ކުރިން، ފޮޓޯނަގައި، ވީޑިއޯ ކުރުމަށް މީޑީއާއަށް ފުރުސަތު ދިން ވަގުތު ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުންވެސް ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ބައްދަލުވުމުން އުފާކުރައްވާކަން ހާމަކުރައްވާފައެވެ.

އެ ވަގުތުކޮޅު ގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޓްރަމްޕް ވިދާޅުވީ، ކުރިން (ފޯނުން) ދެބޭފުޅުންނަށް މުހިއްމު ވާހަކަފުޅުތަކެއް ދެކެވިފައިވާ ކަމަށާ، މިއަދު ދެޤައުމުގެ ދެމެދުގައި ފެށިގެން މިދާ މަޝްވަރާތަކަކީ ކުރިއަށްއޮތްތާ ދެމިގެންދާނެ މަޝްވަރާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމަށްވެސް ކަންތައްތަކެއް ފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕޫޓިން ވިދާޅުވީ ދެ ރައީސުންނަށް މީގެ ކުރިން ފޯނުން ވާހަކަފުޅު ދެއްކެވިފައިވާ ކަމަށާއި، ނަމަވެސް ފޯނު މެދުވެރިކޮށް ދެކެވޭ ވާހަކައަކީ އެންމެ ފުރިހަމަ ވާހަކަ ނޫން ކަމަށެވެ.

އެމަނިކުފާނުވެސް ވިދާޅުވީ، މި ބައްދަލުކުރެއްވުމާއި ގުޅިގެން ވަރަށް އުފާ ކުރައްވާ ކަމަށާ، މި ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމަށްވެސް ފައިދާތަކެއް ވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ނިމިގެންދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔަސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒުފޯރުވައި، އިންތިޚާބީ ސިސްޓަމްތައް ހެކު ކުރިކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ދެ ރައީސުންވެސް ސަމާލުކަން ދެއްވާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ބައްދަލުކުރެއްވުމުގައި ކުރިއަށްދާ މަޝްވަރާތަކާއި ގުޅޭ މައުލޫމާތު ދެ ޤައުމުންވެސް ފަހުން މީޑިއާއަށް ހާމަ ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު