Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ރަޝިޔާ

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

ވައިޓް ހައުސް އިން ބުނީ "ދެވަނަ ބައްދަލުވުމެއް ނުބާއްވަވާ ކަމަށާއި ރޭގަނޑުގެ ފަރީއްކޮޅަށް ފަހު ވަރަށް ކުރުކޮށް ވާހަކަފުޅު ދެއްކެވީ ކަމަށް"

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 ޖުލައި 2017 | ބުދަ 06:22
ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީންގެ ފުރަތަމަ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓީންގެ ފުރަތަމަ ބައްދަލުކުރެއްވުމުގެ ތެރެއިން

މި ޖުލައި މަހުގެ ކުރީކޮޅު ޖަރުމަނުގައި ބޭއްވުނު ޖީ20 ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަދި ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓީން ދެވަނަ ފަހަރަށް، ކުރިން ހާމަ ކުރުމަކާއި ނުލާ ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް ވައިޓް ހައުސްގެ އޮފިޝަލުން އަންގާރަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.

ދެގައުމުގެ ރައީސުން ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވީ ޖީ20 ސަމިޓްގައި ޖުލައި 7 ވަނަ ދުވަހުއެވެ. މި ބައްދަލުވުން ދެގަޑިއިރަށް ދެމިގެން ދިޔައެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އެނގިގެން ދިޔައީ ފުރަތަމަ ބައްދަލުވުން ބޭއްވި ދުވަހު، އެއަށް ފަހު ހަމަ އެދުވަހު ރޭގަނޑުގެ ފަރީއްކޮޅުގެ ތެރޭގައި ދެގައުމުގެ ވެރިން ބައްދަލު ކުރެއްވިއެވެ. މި ސިއްރު ބައްދަލުވުން މީޑިއާ އަށް ފެންމަތިވުމުން ރައީސް ޓްރަމްޕް ވަނީ ޓްވިޓާގައި އެއީ ދޮގު ރިޕޯޓުތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ދެ ރައީސުންގެ ސިއްރު ބައްދަލުވުން ދިޔައީ ގާތްގަނޑަކަށް ގަޑިއެއްހާ އިރަށެވެ. އަދި މަޝްވަރާ ކުރެއްވި ކަންކަމެއް ނޭނގެއެވެ.

ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ވީއޯއޭ އިން ބުނީ ދެ ރައީސުން "ދެވަނަ ބައްދަލުވުމެއް ނުބާއްވަވާ ކަމަށާއި ރޭގަނޑުގެ ފަރީއްކޮޅަށް ފަހު ވަރަށް ކުރުކޮށް ވާހަކަފުޅު ދެއްކެވީ ކަމަށެވެ."

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން އާއި ކުރެއްވި ބައްދަލުވުމުގެ އޮފިޝަލް ރިކޯޑުތަކެއް އެމެރިކާ ސަރުކާރަކު ނެތެވެ. ސަބަބަކީ އެމެރިކާގެ އޮފިޝަލެއް ދެބޭފުޅުންގެ އަރިހު ނެތުމެވެ. ދެ ރައީސުން ބައްދަލު ކުރެއްވީ ވަކިންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު