Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ޝަރީއަތް

އަދީބު ބޭސްފަރުވާ އަށް ފޮނުވުމަކީ ޕީޖީގެ ޒިންމާއެއް ނޫން، އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާޠިލް ކޮށްފި

14 ޖުލައި 2020 | އަންގާރަ 06:23

އިއުތިރާފުގެ އެއްބަސްވުންތައް ހަދާފައިވަނީ ގާނޫނާ އެއްގޮތަކަށް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ޖުލައި 2020 | އަންގާރަ 06:23
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާޠިލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

Advertisement - newsAdvertisement

އަދީބުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކާ ގުޅިގެން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއާ އާދިބާ ދެމެދު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ހެދިފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް، އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުހުމުގައި ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެ، ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި ގާޒީ ވިދާޅުވީ، ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް އަދީބަށް ޝަރުތުކޮށް، މަޖުބޫރު ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އަދި ބައިނަލްއަގްވާމީ މުއާހަދާތާކާވެސް ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެގޮތަށް ގާޒީ ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ، އޭނާ އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އަދި ރަނގަޅަށް ބޭސްފަރުވާ ނުކުރެވި، 3 އަހަރު ވެފައިވާތީ އާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ކުރީގެ ސަރުކާރުން އެ ފުރުސަތު ދީފައި ނުވާތީ ކަމަށެވެ. އަދި ސަރުކާރުން ބަދަލުވުމުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް އެދުމުން، ހަމައެކަނި އޮތް ގޮތަކީ، ކުށަށް އިއުތިރާފު ވުމާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ޕީޖީއާއެކު އެއްބަސްވުންކަމަށް އަދީބު ވިދާޅުވެފައިވާތީއެވެ.

ގާޒީ ވިދާޅުވީ، ސިއްހީ ހިދްމަތަކީ ހަމަގޮތެއްގައި އެންމެނަށް ވެސް ލިބެން ޖެހޭ އަސާސީ ހިދުމަތެއް ކަމަށާއި އަދި ހާއްސަކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބެން ޖެހެނީ ޝަރުތު ކޮށްގެން ނޫން ކަމަށާއި، އެއީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ގައިދީންނަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަކަށާއި އެއީ ކަރެކްޝަންގެ ޒިންމާއެއް ކަމަށެވެ. އަދި ގައިދީއެއް ބޭސްފަރުވާ އަށް ފޮނުވުމަށް ޝަރުތު ކުރުމަކީ "ޓޯޗާ"ގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މުހިއްމު އަނެއް ކަމަކަށް ގާޒީ ފާހަގަކުރެއްވީ، 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ބަންދުން ދޫކޮށްލަން އަމުރުކުރި ބޭފުޅުންގެ ތެރޭގައި އަދީބު ވެސް ހިމެނޭއިރު، އެ އަމުރުގައި އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ތަހުގީގުތަކާމެދު ޝައްކު ކޮށްފައިވާއިރު، އަލުން ދައުވާކުރި 7 ދައުވާ އުފުލާފައިވަނީ ވެސް، ހަމަ އެ ތަހުގީގުތަކުގެ މައްޗަށް ކަމަށެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ، މި 7 ދައުވާ އަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، އަދި އެސެޓް ރިކަވަރީ ކޮމިޝަނާއެކު ހިންގި ޖޮއިންޓް ތަހުގީގެއް ކަމަށް ވިދާޅުވި ނަމަވެސް، ކުށަށް އިއުތިރާފުވުމާއި ތަހުގީގީގަށް އެއްބާރުލުން ދިނުމުގެ އެއްވެސް އެއްބަސްވުމެއްގައި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އެއްވެސް ފަރާތަކުން ސޮއި ކުރައްވާފައިނުވާއިރު، އެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، އޭރުވެސް އެމްއެމްޕީއާރުސީގެ ތަހުގީގު ހިންގެވުމުގައި އިސްކޮށް ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އަދި ޕީޖީ ބިޝާން ކަމަށެވެ.

ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ޕީޖީ ބިޝާމާއެކު އަދީބު ފުރަތަމަ އެއްބަސްވުން ހެދީ، މިދިއަ އަހަރުގެ ޖޫން 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން 9 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ވެސް ހަދާފައިވެއެވެ.

އެ އެއެއްބަސްވުންތާއެކު، ޕީޖީ ބިޝާމް ވަނީ، އަދީބުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި، އިތުރު އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ.

ޕީޖީގެ އޮފީހުން، އަދީބުގެ މައްޗަށް އުފުލު 7 ދައުވާއާއެކު ހުށަހެޅި ހަމައެކަނި، 25 ސެޕްޓެމްބަރު 2019 ހެދި އެއްބަސްވުން އެކަންޏެވެ.

އެހެންކަމުން ގާޒީ ވަނީ، އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި، ކުރިން ވެފައިވާ އެއްބަސްވުންތައް ވެސް ޝަރީއަތަށް ހުށަހެޅުމަށް އެދިފައެވެ.

ގާޒީ ވިދާޅުވީ، ފުރަތަމަ ވެފައިވާ ދެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން، އޭގައިވާ ކަންކަން ބެލުމުން، އިޖުރާއީ ގޮތުން ގޮސްކޮށް ހިންގާފައިވާ ގިނަ ކަންކަން ފާހަގަ ކުރެވުނު ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ކުށަށް އިއުތިރާފުވުމާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ޕީޖީއާއެކު ކުރިންވި އެއްބަސްވުންތަކަކީ، ޖިނާއީ އިޖުރާއަތުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އިއުތިރާފުގެ އެއްބަސްވުމަށް ވާސިލުވުމަށް ހެދިފައިވާ އެއްބަސްވުން ތަކެއް ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާ ފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާ އާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފު ވެއްޖެނަމަ ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް