Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންނަށް ހުކުމްކުރުން

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ފްރީ އެން ފެއަރ ޖަސްޓިސް ސިސްޓަމެއް އެކަމަނާ ބޭނުން ނުވާ މިންވަރު އެކަމުން ހާމަވަނީ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 07:31
ރާާއްޖެޓީވީގެ ދެ ނޫސްވެރިން، ސަން އޮންލައިންގެ ނޫްސްވެރިޔަކާއެކުގައި ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑުކޮށްލައިގެން

ރާާއްޖެޓީވީގެ ދެ ނޫސްވެރިން، ސަން އޮންލައިންގެ ނޫްސްވެރިޔަކާއެކުގައި ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑުކޮށްލައިގެން

ރާއްޖެޓީވީގެ ދެ ނޫސްވެރިން ޖަލަށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދުމުން ހާމަވަނީ، ޕީޖީގެ އިންސާނިއްޔަތު ކަމެއް ނެތް މިންވަރުކަމަށް އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާ، މުހައްމަދު ވިސާމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް އިއްވާއިރު، ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލަކީ ޒުވާނުންނަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމަށެވެ. ރޮޒައިނާ ވިދާޅުވީ މި ސަރުކަރުގެ ތެރެއިން ޒުވާނުންނަށް ނުހައްގު އެތައް އަދަބެއް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ލީވާން އާއި ވިސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ނިންމާފައިވާއިރު، އަދަބު ކަނޑައެޅުމަށް ވަކި ޝަރީއަތެއް ބޭއްވުމަށް ވަނީ އަންގާރަ ދުވަހަށް ތައާވަލްކޮށްފަ އެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ރާއްޖެޓީވީގެ ދެ ނޫސްވެރިން ޖަލަށްލައިދިނުމަށެވެ. އެކަމަށް އިޝާރަތްކުރައްވާ ރޮޒައިނާ ވިދާޅުވީ، ނޫސްވެރިޔަކު، ނޫސްވެރިޔާގެ ވާޖިބު އަދާކުރުމުން އޭނާ ޖަލަށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރައްވާނީ، އެކަމަނާގެ "ގޮތެއް ފޮތެއް ނެތުމުން" ކަމަށެވެ.

"އެކަމުން ހާމަވަނީ، އެކަމަނާގެ އިންސާނިއްޔަތުކަމެއް ނެތް މިންވަރު. ފްރީ އެން ފެއަރ ޖަސްޓިސް ސިސްޓަމެއް އެކަމަނާ ބޭނުން ނުވާ މިންވަރު އެކަމުން ހާމަވަނީ. އަޅުގަނޑުމެންނަށް ފެންނަނީ އެކަމަނާ ދެކޭގޮތުގައި ފުލުހުންގެ މުއައްސަސާއަކީވެސް ރައްޔިތުންނަށް އަނިޔާކުރަން ހުންނަ ތަނެއް ކަމަށް ޕީޖީން ބޭނުންވާ މިންވަރު" ރޮޒައިނާ ވިދާޅުވި އެވެ.

ވިސާމާއި ލީވާންގެ މައްޗަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ދައުވާ އުފުލާފައިވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، އެކަން ހުއްޓުވުމަށް ލީވާނާއި ވިސާމް މަސައްކަތްކޮށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެއެވެ. އެކަމަށް ވިސާމާއި ލީވާން ވަނީ އިންކާރުކޮށްފަ އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ވިސާމާއި ލީވާނުގެ މައްޗަށް އުުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

ދައުވާ ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ދައުލަތުގެ ވަކީލު ވަނީ ދެ ނޫސްވެރިންނަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ހުށަހަޅާފަ އެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު